އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:9 - ކިތާބުލް މުޤައްދަސާ9 ”އެކަލޭގެފާނު މައްޗަށް އެރުއްވި ހިނދު“ މީގެ މާނައަކީ ކޮބައިހެއްޔެވެ؟ މި ޢިބާރާތް މާނަ ކޮށްދެނީ އަލްމަސީޙު މި ދުނިޔޭގެ އެންމެ ފުނަށް ވެސް ފީނެއްވިއެވެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ ނޫން ފަރާތަކަށް އުޑަށް އަރާވޮޑިގަންނަވައި ބިމަށް ފައިބާ ވޮޑިއެއް ނުގަނެވޭނެއެވެ. ވައިރޯޅި އެފަރާތެއްގެ އަތްޕުޅު ތެރޭގައި ހިފަހައްޓަވަނީ ކޮންފަރާތަކުން ހެއްޔެވެ؟ ރަޖާގަނޑެއްހެން ކަނޑު އޮޅާލައްވަނީ ކޮންފަރާތަކުން ހެއްޔެވެ؟ މިއޮތް ފުޅާ ދުނިޔެ އުފެއްދެވީ ކޮން ފަރާތަކުން ހެއްޔެވެ؟ އެކަލާނގެ އާއި އެކަލާނގެ ދަރިކަލުންގެ ނަންފުޅު އެނގެންޏާ ނިކަން ބުނެބަލާށެވެ!
އެކަމަކު ކުޑަ ހިނދުކޮޅަކަށް މަލާއިކަތުންނަށް ވުރެން ދަށްކޮށް އީސާގެފާނު ހުންނެވިތަން އަހަރެމެންނަށް ފެނުނެވެ. އެހެން އެވީ މާތްރަސްކަލާނގެ ނިޢުމަތްފުޅުން އެންމެހާ މީސްތަކުންގެ ބަދަލުގައި އެކަލޭގެފާނު އަވަހާރަވެ ދިއުމަށްޓަކައެވެ. މިހާރު މި ފެންނަނީ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ތާޖު ބެހެއްޓެވި ޖަލާލަތު ކަމާއި ޝަރަފުވެރިކަން ދެއްވާފައި އެކަލޭގެފާނު ހުންނެވި ތަނެވެ. އެކަން އެހެން އެވީ މީސްތަކުންނަށްޓަކައި އެކަލޭގެފާނަށް އަވަހާރަވުމުގެ ރަހަ ފެނިވަޑައިގެންނެވި ކަމުންނެވެ.