Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:7 - ކިތާބުލް މުޤައްދަސާ

7 ނަމަވެސް އަލްމަސީޙުގެ ދީލަތިކަމާއެކުގައި އެކަލާނގެ ނިޢުމަތްތައް އަހަރެމެންނަށްޓަކައި ބައިބައި ކުރައްވާ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށް ބައެއް ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:7
13 ပူးပေါင်းရင်းမြစ်များ  

ކޮންމެ ޚާދިމަކަށް ވެސް އޭނާ ޙަވާލުކުރީ އެމީހެއްގެ ގާބިލުކަން ހުރި މަސައްކަތެއް. އޭގެތެރެއިން އެއް ޚާދިމަށް ފަސްހާސް ރަން ފައިސާފޮތި އޭނާ ދިން. އަނެއް ޚާދިމަށް ދެހާސް ރަން ފައިސާފޮތި އޭނާ ދިން. އަދި ދެން ހުރި ޚާދިމަށް ރަނުގެ އެއްހާސް ރަން ފައިސާފޮތި ދިން. ދެން އޭނާ އޭނާގެ ދަތުރު ފެށި.


އެހެނީ އެކަލޭގެފާނު ފޮނުއްވެވީ މާތްރަސްކަލާނގެ. އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލާނގެ ބަސްފުޅު. އެއީ މާތްރަސްކަލާނގެ މާތްރޫޙުފުޅު އެކަލޭގެފާނުގެ ކިބައިގައި ވަކި ވަގުތެއް ވަކި މިންވަރެއް ނެތި ވާތީ.


ތިޔަބައިމީހުންނަށް އެހީތެރިވެދިނުމަށްޓަކައި އަހަރެންގެ މައްޗަށް މާތްރަސްކަލާނގެ ނިޢުމަތްފުޅުން އަހަރެން ޚިޔާރު ކުރެއްވި ގޮތުގެ ވާހަކަ ތިޔަބައިމީހުން ވާނީ ހަމަ ޔަޤީނުން ވެސް އަޑުއަހާފައެވެ.


މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންގެ ތެރެއިން އަހަރެންނީ އެންމެ ނިކަމެތި އިންސާނާއެވެ. ނަމަވެސް މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާ އަހަރެން ޚިޔާރު ކުރެއްވީ ބަނީއިސްރާއީލު ދަރިކޮޅުގެ އަހުލުވެރިން ނޫން ދަރިކޮޅުތަކަށް އަލްމަސީޙުގެ ރަޙުމަތްފުޅާއި ބަރަކާތާއި ނިޢުމަތްފުޅަކީ މިން ކުރެވޭނޭ ކަމެއް ނޫންކަމުގެ ހެޔޮޚަބަރުފުޅު ދިނުމަށެވެ.


އޭގެ އިތުރުން މި ބަސްފުޅުތަކަށް ހެކި ދެއްކެވުމަށް އެތައް ބާވަތެއްގެ މުޢުޖިޒާތްތަކާއި ހައިރާންވާފަދަ އެތައް އަލާމާތްތަކެއް މާތްރަސްކަލާނގެ ދެއްކެވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ގޮތެއްގެ މަތިން އެމީހުންނަށް މާތްރޫޙުފުޅުގެ ހަދިޔާތައް ދެއްވިއެވެ.


އަނެކުންނަށް ޚިދުމަތް ކުރުމަށްޓަކައި މާތްރަސްކަލާނގެ، އެކަލާނގެ މަތިވެރި ރޫޙުފުޅުން ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަލާނގެވަނީ ރޫޙާނީ މަތިވެރި ހަދިޔާތަކެއް ދެއްވާފައެވެ. އެގޮތުގެ މަތިން މީސްތަކުންނާއިމެދު ތިޔަބައިމީހުން ރަނގަޅަށް ޚިދުމަތް ކުރާށެވެ. ތިޔަބައިމީހުންގެ ފުށުން މާތްރަސްކަލާނގެ ނިޢުމަތްފުޅު ފެނިގެންދާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ