Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:6 - ކިތާބުލް މުޤައްދަސާ

6 އެންމެހާ ޚަލްޤުތަކުންގެ ވަނީ އެންމެ ކަލާނގެއެކެވެ. އަދި ބައްޕާފުޅެވެ. އެކަލާނގެ ބާރުފުޅު އަހަރެމެން ހުރިހާ އެންމެންގެ މައްޗަށް ހިންގަވަނީ ހުރިހާ އެންމެން މެދުވެރި ކުރައްވައެވެ. އަހަރެމެންގެ ހުރިހާ އެންމެންގެ މެދުގައި އެކަލާނގެ ވޮޑިގެންވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:6
31 ပူးပေါင်းရင်းမြစ်များ  

”⁠އުޑުތަކާއި ބިން ހެއްދެވި އެންމެ މަތިވެރި ރަސްކަލާނގެ ޙަޟްރަތުން ތިބާއަށް ނިޢުމަތް ލެއްވުމަށް އަހަރެން އެދެން. ހުރިހާ ތަޢުރީފެއް ޙައްޤުވެގެން ވަނީ ދުޝްމަނުންގެ މައްޗަށް ތިބާއަށް ފަތަޙަ ދެއްވި އެންމެ މަތިވެރި ރަސްކަލާނގެއަށް.⁠“ އެއަށް ފަހު އަބްރާމްގެ ޣަނީމާ މުދަލުގެ ދިހަބައިކުޅަ އެއްބައި މަލްކީޞާދިޤުއަށް ވެދުން ކުރެއްވިއެވެ.


އަޅަމެން ވަސްވާސްތަކުގެ ތެރެއަށް ވެއްޓިދާފަދަ މަގެއް އަޅަމެންނަށް ނުދައްކަވައި ޝައިތާނާގެ ކިބައިން ރައްކާތެރި ކުރައްވާފާނދޭވެ!⁠‘


ވީމާ ތިޔަބައިމީހުން ދުޢާ ދަންނަވާ ހިނދު މިފަދައިން ދުޢާ ދަންނަވާ: ’⁠އުޑުގައި ވޮޑިގެންވާ އަޅަމެންގެ ބައްޕާފުޅާ! އިނބަރަސްކަލާނގެ ނަންފުޅަށް މާތްކޮށް ޤަދަރު ކުރުމަށް އަޅަމެންނަށް އެހީތެރިވެ ވޮޑިގަންނަވާ ފާނދޭވެ!


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންދެކެ މީހަކު ލޯބިވާނަމަ އެމީހަކު އަހަރެން އެންގި ބަސްތަކާއި އެއްގޮތަށް ކަންތައް ކުރާނެ. އޭރުން އެމީހަކު ދެކެ އަހަރެންގެ ބައްޕާފުޅު ވެސް ލޯބިވެވޮޑިގެންވާނެ. އަދި ބައްޕާފުޅާއި އަހަރެން އެމީހަކުގެ ގާތަށް އައިސް އެމީހެއްގެ ކިބައިގައިވާނެ.


އިނބަރަސްކަލާނގެ އަކީ ކޮބައިކަން އަޅުގަނޑު އެމީހުންނަށް އަންގައިދިނިން. އަދި އެކަންތައް އިތުރަށް ވެސް އަންގަމުން ގެންދާނަން. އެއީ ބައްޕާފުޅު އަޅުގަނޑު ދެކެ ވާ ލޯބި އެމީހުންގެ ކިބައިގައި ވެސް ވާނެ ގޮތް މެދުވެރި ވުމަށްޓަކައި. އެގޮތުން އެމީހުންގެ ކިބައިގައި އަޅުގަނޑު ވެސް ވުމަށްޓަކައި.⁠“


”⁠އަހަރެން ހިފަހައްޓަން ނޫޅޭ!⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠އަދިއެއް އަހަރެން ބައްޕާފުޅުގެ އަރިހަކަށް ނުދަން. ކަލޭ ގޮސް އަހަރެންގެ އަޚުން ހޯދާ! ގޮސް އެމީހުން ގާތު ބުނޭ، އަހަރެން މިދަނީ އަހަރެންނާއި ކަލޭމެންގެ ބައްޕާފުޅު، އަދި އަހަންނާއި ކަލޭމެންގެ ވެސް ކަލާނގެ އަރިހަށޭ.⁠“


އެހެނީ އެންމެހާ ވެރިންގެ މައްޗަށާއި، ބާރާއި ނުފޫޒުވެރި ހުރިހާ އެންމެންގެ މައްޗަށާއި އަދި ރަސްރަސްކަލުންގެ މައްޗަށް އަލްމަސީޙު ވެރިކަން ހިންގަވާނީ މި ޒަމާނުގައި އެކަންޏެއްމެ ނޫނެވެ. ނަމަވެސް އަންނާން އޮތް ޒަމާނުގައި ވެސް މިފަދައިން ވެރިކަން ހިންގަވާނެއެވެ.


އަދި، އެކަލޭގެފާނާއި އެކުގައި ތިޔަބައިމީހުން އެއްބައިވަންތަވުމުން، އަލްމަސީޙު މެދުވެރިވެ ވަޑައިގެން ތިޔަބައިމީހުންނާއި އެހެނިހެން މަސީޙިންނާއި ގުޅުން އުފައްދުވައެވެ. މިގޮތުން މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން އެކަލާނގެ ވޮޑިގެންވާ މި މުޤައްދަސް ބިނާއެއް ކަމުގައި ތިޔަބައިމީހުންނަށް ލައްވައެވެ.


އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުން ތިޔަބައިމީހުންގެ ހިތްތަކުގައި އަލްމަސީޙު ވުމަށެވެ. އަހަރެންގެ ދުޢާއަކީ ތިޔަބައިމީހުންގެ ކިބައިގައި ލޯބި މޫލައި އަށަގެންފައި ވުމެވެ.


މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަދި އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށާއި އީމާންތެރިކަމުގައި ވީ ހުރިހާ އެންމެންނަށް ސުލްޙަވެރިކަން ދެއްވާށިއެވެ. އަދި އަލްމަސީޙާއި މެދު ލޮބިވެތިވެ އީމާންތެރިކަމާއެކުގައި ކުރިޔަށް ދިއުމަށް މިންވަރު ކުރައްވާށިއެވެ.


އަހަރެމެންނީ މާތްރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ ބައެއް ނަމަ އަހަރެމެން ވާނީ މާތްރަސްކަލާނގެ އާ ގުޅި ލާމެހިފައެވެ. އަދި އެކަލާނގެ ވާނީ އަހަރެމެންނާ ގުޅިލާމެހިފައި ވެސްމެއެވެ. އެކަލާނގެ އަހަރެމެންނާ ގުޅި ލާމެހިފައިވާކަން އަހަރެމެންނަށް އެނގެނީ މާތްރޫޙުފުޅު އަހަރެމެންގެ ކިބައިގައި ވާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ