Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:4 - ކިތާބުލް މުޤައްދަސާ

4 ތިޔަ ހުރިހާ އެންމެންނަކީ އެއް ހަށިގަނޑެއް ފަދަ ބައެކެވެ. މާތްރަސްކަލާނގެ ރޫޙުފުޅަކީ ހަމައެކަނި އެންމެ ރޫޙު ފުޅެކެވެ. މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި އެކަލާނގެ މީސްތަކުންގެ ގޮތުގައި ތިޔަބައިމީހުން ޚިޔާރު ކުރެއްވި ހިނދު ތިޔަބައިމީހުންނަށް ލިބިދިނީ ހަމައެކަނި އެންމެ އުންމީދެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:4
28 ပူးပေါင်းရင်းမြစ်များ  

އެހެންވީމާ އެންމެހާ ޤައުމުތަކަށް ގޮސް އަހަރެންގެ އަސްޙާބީން އުފައްދާ. މަތިވެރި ބައްޕާފުޅާއި ދަރިކަލުންނާއި އަދި މާތްރޫޙުފުޅުގެ ނަންފުޅުމަތީ އެމީހުން ތައުބާގެ ހިނެވުމުން ހިނަވާ. ހަމައެހެންމެ އަހަރެން ތިޔަބައިމީހުންނަށް ކިޔަމަންތެރިވުމަށް އަމުރުކުރި އެންމެހާ ކަންތައްތައް އެބައިމީހުންނަށް އުނގަންނައިދީ. އަދި އަހަރެން ބުނަން. ދުނިޔެ ނިމިގެން ދިއުމަށް ދާންދެން ތިޔަބައިމީހުންނާއި އެކުގައި ދާއިމަށް އަހަރެން ވާނަން.⁠“


ނަމަވެސް މިހާރު އަހަރެމެން ވެސް އަދި އެމީހުން ވެސް ދިންނެވިފައި މި ވަނީ މާތްރަސްކަލާނގެ އީސާގެފާނު މެދުވެރިކޮށް ދެއްވި މަތިވެރި ނިޢުމަތްފުޅުގެ ސަބަބުންކަން އަހަރެމެން އެނގި ގަބޫލު ކުރަން.⁠“


ތިޔަބައިމީހުންގެ ހިތްއަލިކުރެއްވުން އެދި އަހަރެން ދުޢާ ދަންނަވަމެވެ. އޭރުން އެކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކަށް ދެއްވުމަށް އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވި އުންމީދަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގިގެންވާނެއެވެ. އަދި އެކަލާނގެ މުޤައްދަސްކުރެއްވި ފަރާތްތަކަށް އެކަލާނގެ ދެއްވާ ތަރިކައިގެ މަތިވެރިކަމާއި މުއްސަނދިކަން ތިޔަބައިމީހުންނަށް ވިސްނޭނެއެވެ.


އަދި ސަލީބުގައި އޮންނަވާ އެކަލޭގެފާނު އަވަހާރަވެ ވަޑައިގެންނެވުމަކީ އެ ދެ ބައިގެ މެދުގައި ވީ ފަސާދަ ނެތިކުރެއްވުމެވެ. އެ ސަލީބު މާނަކޮށްދެނީ މި ދެބައި އެއްބައިވަންތަކަމާއެކު އެއް ހަށިގަނޑެއް ފަދައިން އެބައިމީހުން ސުލްޙަކުރައްވާ މާތްރަސްކަލާނގެ ޙަޟްރަތަށް އިޢާދަ ކުރެއްވިކަމެވެ.


އެއީ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެން ހުރިހާ އެންމެންނަށް، ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން ފަރާތްތަކާއި އަދި ބަނީއިސްރާއީލުގެ ދަރިކޮޅަށް އެއް ރޫޙުފުޅެއްގައި ބައްޕާފުޅުގެ ޙަޟްރަތަށް ވާސިލުވުމުގެ ކުޅަދާނަކަން ލިބިދިނުމަށް ވެސް މެއެވެ.


އަދި، އެކަލޭގެފާނާއި އެކުގައި ތިޔަބައިމީހުން އެއްބައިވަންތަވުމުން، އަލްމަސީޙު މެދުވެރިވެ ވަޑައިގެން ތިޔަބައިމީހުންނާއި އެހެނިހެން މަސީޙިންނާއި ގުޅުން އުފައްދުވައެވެ. މިގޮތުން މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން އެކަލާނގެ ވޮޑިގެންވާ މި މުޤައްދަސް ބިނާއެއް ކަމުގައި ތިޔަބައިމީހުންނަށް ލައްވައެވެ.


މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި އެކަލާނގެ މީސްތަކުންފަދައިން އެދެވޭ ގޮތުގައި ޙަޔާތާއިގެން ކުރިއަށް ދިއުމަށް މާތްސާހިބާގެ ގައިދީއެއްގެ ގޮތުން އަހަރެން ތިޔަބައިމީހުންނަށް އިލްތިމާސް ކުރަމެވެ.


ވީމާ، އަހަރެމެން ހުރިހާ އެންމެންނަކީ އެކަލޭގެފާނުގެ ހަށިކޮޅުގައިވާ އެކިއެކި ބައިތަކެވެ.


މި ކަމަކީ އުޑުގައި ތިޔަބައިމީހުންނަށްޓަކައި ބެހެއްޓިފައިވާ ތަކެއްޗާމެދު ތިޔަބައިމީހުން ކުރާ އުންމީދުގެ ނަތީޖާއެވެ. މި އުންމީދު ތިޔަބައިމީހުންނަށް ލިބިފައި ވަނީ ހެޔޮޚަބަރުފުޅުގެ ތެދު ރިސާލަތު ތިޔަބައިމީހުންނަށް ލިބުނު ހިނދުން ފެށިގެންނެވެ.


އަލްމަސީޙުގެ ފަރާތްޕުޅުން ލިބޭ ހިތްހަމަޖެހުން ތިޔަބައިމީހުންގެ ހިތްތަކުގެ މައްޗަށް ބާރުވެރި ކުރުވާށެވެ. އެހެނީ ތިޔަ އެންމެންނަށް ވެސް ގޮވާލެވުނީ އެއް ހަށިގަނޑެއްގެ ގޮތުގައި ދިރިއުޅުމަށެވެ. ވީމާ އަބަދުވެސް ޝުކުރު ކުރުން މަތީ ދެމިތިބޭށެވެ.


އަހަރެމެންގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ އަހަރެމެންދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އެކަލާނގެ އަހަރެމެންނާއިމެދު އޯގާތެރިވެ ވޮޑިގަންނަވައި ނިމުމެއް ނުވާ ހިތްހަމަޖެހުމާއި އަދި ފުރިހަމަ އުންމީދު އަހަރެމެންނަށް ދެއްވިއެވެ. އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙާއި އަދި މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު ތިޔަބައިމީހުންނަށް ހިތްވަރު ދެއްވާ، އަބަދުވެސް ހެޔޮ އަމަލު ކުރުމަށާއި ހެޔޮބަސްތައް ބުނުން މަތީގައި ދެމި ތިބުމުގައި އެހީތެރިވެ ދެއްވާށިއެވެ.


މި ސިޓީ އަކީ އީސާގެފާނުގެ މަންދޫބެއްގެ ގޮތުގައި މާތްރަސްކަލާނގެ އަދި އަހަރެމެން ހަމައެކަނި ދިންނަވާ ފަރާތުގެ އަމުރުފުޅަށް ހަމަޖެއްސެވި، އެކަލާނގެ މަންދޫބެއް ކަމުގައިވާ ޕައުލް ލިޔާ ސިޓީއެކެވެ. މި ހަމަޖެއްސެވުމަކީ އަހަރެމެންގެ އުންމީދު ކަމުގައިވާ އީސާ އަލްމަސީޙުގެ ހަމަޖެއްސެވުމެކެވެ.


މި ގޮތަށް ތެދުވެރިކަމުގައި ދެމިހުރުމުން ނިމުންނުވާ ޙަޔާތް ލިބުމުގެ އިތުބާރު ލިބިދޭނެއެވެ. އެއީ ޒަމާން ފެށުމުގެ ކުރިން އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިންނެވެ. އަދި އެކަލާނގެ ދޮގެއް ނަހައްދަވައެވެ.


އަހަރެމެން މިވަނީ އުންމީދުން ފުރިފައެވެ. އަހަރެމެން މިތިބީ މަތިވެރިކަލާނގެ އަދި އަހަރެމެން ދިންނަވާ ފަރާތް އީސާ އަލްމަސީޙު އެކަލާނގެ މަތިވެރި ނޫރުފުޅާއެކު ވަޑައިގަންނަވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.


އަހަރެމެން ކުށްވެރި ނުވާކަމަށް އެކަލާނގެ އިޢުލާން ކުރެއްވި ސަބަބަކީ އެކަލާނގެ ނިޢުމަތްފުޅުގެ މަތިވެރި ކަމެވެ. އަދި މިހާރު އަހަރެމެން މި ވޭތުކުރާ ޙަޔާތަކީ ނިމުންނުވާ ޙަޔާތެއްކަން ޔަޤީންކަމާއެކު އެނގެއެވެ.


އީސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުންނަށް އީމާންތެރި ވެވެނީ އެކަލޭގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރުއްވައި މަތިވެރި ޖަލާލަތުކަން ދެއްވި ކަމުންނެވެ. އެއީ ތިޔަބައިމީހުން އެކަލާނގެއަށް އުންމީދުކޮށް އިތުބާރުކުރާނެ ގޮތް މެދުވެރި ވުމަށްޓަކައެވެ.


އެހެންވީމާ، އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމަށް އިންތިޒާރު ކުރަމުން ގެންދާ ފަރާތްތައް ތިބޭނީ ފާފައިން އެއްކިބާވެ، އެކަލޭގެފާނު ހުންނެވި ފަދައިން ތާހިރުކަން މަތީގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ