Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:32 - ކިތާބުލް މުޤައްދަސާ

32 އޭގެބަދަލުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ހަމްދަރުދީގެ ހިތަކުން ބަލާށެވެ. އަދި އަލްމަސީޙު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް މަޢާފު ދެއްވި ފަދައިން އެކަކު އަނެކަކަށް މަޢާފު ދޭށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:32
34 ပူးပေါင်းရင်းမြစ်များ  

އިނބަރަސްކަލާނގެ ވަޢުދުފުޅާ އެއްގޮތަށް އިނބަރަސްކަލާނގެ އިރާދަފުޅުން މިއޮތްހާ ބޮޑެތިކަންތައް އިނބަރަސްކަލާނގެ ޚާދިމަށް ޓަކައި ތިޔަ ކުރައްވަމުން ގެންދަވަނީ. އަދި އެކަންތައް މިއަޅާއަށް ހާމަވެސް ތިޔަ ކޮށް ދެއްވަވަނީ.


ހެޔޮމީހުން އެމީހުންގެ ޖަނަވާރުތަކަށް ވެސް ހެޔޮވާނެއެވެ. ނުބައިމީހާ އެތަކެއްޗަށް ވެސް އަނިޔާވެރި ވާނެއެވެ.


ބޯހަމަޖެހޭ މީހުންގެ ރުޅި ކޮންޓްރޯލް ކުރާނެއެވެ. މީހުންގެ ފަރާތުން ލިބޭ އުނދަގޫތަކަށް ކެތްކޮށް އެކަމާ އަޅާނުލާ މީހުންނަށް އިޙްތިރާމް ލިބިގެންވެއެވެ.


ވަފާތެރިކަން އިންސާނާއާ ދިމާއަށް މީހުންގެ ހިތްތައް ލަންބުވާލައެވެ. ދޮގުވެރިކަމަށް ވުރެން ފަގީރުކަން ވެސް މާހެވެވެ.


އަޅަމެންނާއިމެދު ނުބައިކޮށް އަމަލުކުރާ ފަރާތްތަކަށް އަޅަމެން މަޢާފްދޭ ފަދައިން އަޅަމެންގެ ފާފަތައް ވެސް އިނބަރަސްކަލާނގެ ފުއްސަވާފާނދޭވެ!


ތިޔަބައިމީހުން ތެދުވެ ދުޢާކުރާހިނދު އެއްވެސް މީހަކާމެދު ނުރުހުންތެރިވާ އެއްވެސްކަމެއް އޮތަސް ވެސް އެމީހަކަށް މަޢާފުކުރޭ. އޭރުން އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ތިޔަބައިމީހުންގެ ފާފަތައް ޢަފޫކޮށްދެއްވާނެ.


މަތިވެރި މާތްރަސްކަލާނގެ އެފަދައިން ކަންކުރެއްވީ އެކަލާނގެ އަހަރެމެންގެ މައްޗަށް ހަމްދަރުދީވެ ވޮޑިގެން ވާތީ. މާތްރަސްކަލާނގެ އެކަލާނގެ ޚާއްސަ ކުރައްވާފައިވާ ބޭކަލުން އަހަރެމެންގެ ތެރެއަށް ވިދާ ބަބުޅާ އައްޔެއް ފަދައިން ފޮނުއްވާނެ.


އަޅަމެންގެ މައްޗަށް ނުބައިކޮށް ކަންކުރާ މީހުން ކުރާ ކަންތައްތައް އަޅަމެންގެ ހިތުން ފޮހެލާ ނައްތާލާ ފަދައިން އިނބަރަސްކަލާނގެ އަޅަމެން ކުރާ ކުށްތައް ވެސް ފުއްސަވާފާނދޭ. އަޅަމެން ނުބައި ކަމެއް ކުރުމަށް މެދުވެރިކޮށްފާނޭ ފަދަ މަގެއް އަޅަމެންނަށް ނުދައްކަވާފާނދޭ.⁠‘⁠“


ކަލޭގެ އަޚާ ދުވާލަކު ހަތް ފަހަރު ކަލެއާ ދޭތެރޭ ނުބައިކޮށް ކަންތައް ކޮށްފައި ހަތް ފަހަރު ކަލޭގެ ކައިރިއަށް އައިސް ’⁠އަހަންނަށް މަޢާފުކުރާށޭ⁠‘ ބުންޏަސް އެހުރިހާ ފަހަރަކު ވެސް ކަލޭ އޭނާއަށް މަޢާފު ކުރާތި.⁠“


ކަލޭމެން ކަލޭމެންގެ ދުޝްމިނުން ދެކެ ލޯބިވޭ. އެބައިމީހުންނަށް ހެޔޮކޮށް ހިތާ ރަނގަޅަށް ކަންތައް ކުރޭ. އަދި ކަލޭމެން ކައިރީ މީހަކު ދަރަންޏަށް އެއްޗެއް ދޭން އެދެފި ނަމަ އެއެއްޗެއް އަނބުރާ ލިބުމަށް އުންމީދު ނުކޮށް އެމީހަކަށް އެ އެއްޗެއް ދީ. އޭރުން ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވާ ޘަވާބު ބޮޑުވާނެ. އަދި ކަލޭމެންނަކީ އެންމެމަތިވެރި ފަރާތުގެ ދަރިން ކަމުގައި ވާނެ. އެއީ އެކަލާނގެއީ ޝުކުރުވެރި ނުވާ މީހުންނަށާއި ނުބައިނުލަފާ މީހުންނަށް ވެސް އޯގާތެރިވެ ވޮޑިގެންވާ ކަލާނގެ.


”⁠އެހެން މީހުންގެ ނުރަނގަޅުކަމާއި މެދު ވާހަކަދައްކާ ފާޑު ނުކިޔާ. އެއިރުން ކަލޭގެ ނުރަނގަޅުކަން ބަލާފައި އެކަމާ މެދު ވެސް ފާޑެއް ނުކިޔޭނެ. އެހެން މީހުން ކުށްވެރި ނުކުރޭ. އެއިރުން ކަލޭ ވެސް ކުށްވެރިއެއް ނުކުރެވޭނެ. ކަލެއާ ދޭތެރޭ އެހެން މީހުން ކުރާ ނުބައި ކަންތަކަށް މަޢާފްކޮށް އެކަންތައް ހިތުން ފޮހެލަންޏާ މާތްރަސްކަލާނގެ ވެސް ކަލެއާ ދޭތެރޭ ކަންތައް ކުރައްވާނީ އެފަދައިން.


އެ ރަށުގެ މީހުން އަހަރެމެންނަށް ވަރަށް ހެޔޮކޮށް ހިތާ ކަން ކުރިއެވެ. އޭރު ވިއްސާރަވެ މޫސުން ވަނީ ވަރަށް ފިނިވެފައެވެ. އެހެން ކަމުން އަހަރެމެންނަށް ހޫނު ދިނުމަށްޓަކައި އެ ރަށުގެ މީހުން އަތިރިމަތީގައި ބޮޑު އަލިފާންގަނޑެއް ރޯކުރިއެވެ.


ތިޔަބައިމީހުން ކުރާ ކޮންމެ ކަމެއްގައި މާތްރަސްކަލާނގެއީ ނަމޫނާ ކަމުގައި ބަލާށެވެ. ސަބަބަކީ ތިޔަބައިމީހުންނީ އެކަލާނގެ ލޯބިވާ ދަރިންނެވެ.


އަހަރެމެން މަތިވެރިކަމެއް ދެނީ ކެތްތެރިވެ އީމާންތެރިކަމުގައި ދެމިތިބޭ މީހުންނަށެވެ. އައްޔޫބުގެފާނުގެ ކެތްތެރިވެ ވަޑައިގަތުމާއި އަދި އެކަލޭގެފާނު ކެތްތެރިވެ ވަޑައިގަތުމުން ސާހިބުވަންތަކަލާނގެ އެކަލޭގެފާނަށް އެންމެފަހުން އެހީތެރިވެ ވޮޑިގެންނެވީ ހެޔޮ ގޮތުގައިކަން ކަލޭމެން ވާނީ އަޑު އަހާފައެވެ. ސާހިބުވަންތަކަލާނގެ މިފަދައިން އަމަލުކުރެއްވި ސަބަބަކީ އެކަލާނގެއީ އޯގާވަންތަ އަދި ރަޙުމަތްވަންތަ ރަސްކަލާނގެ ކަމުގައިވުމެވެ.


ކަލާނގެ ރުހިވޮޑިގަންނަވާ ގޮތްތައް އަޚުވަންތަކަމުގެ ކުލުނާ އެކުލައްވާށެވެ. އެ އަޚުވަންތަކަމުގެ ކުލުނުގައި ލޯބި ހިމަނާށެވެ.


ނަމަވެސް އަހަރެމެންގެ ފާފަތަކަށް އިޢުތިރާފު ވުމުން އެކަލާނގެ އަހަރެމެންގެ ފާފަތައް އަފޫ ކުރައްވައި އަހަރެމެންގެ ކުށްފާފަތައް ފިއްލަވައި ދެއްވާނެއެވެ. އެހެނީ އެކަލާނގެއަކީ އިތުބާރު ކުރެވޭ އަދުލުވަންތަ ކަލާނގެއެވެ.


އީމާންކަން މަތީ ތިބި އަހަރެންގެ ދަރިންނޭވެ! ތިޔަ ދަރިންނަށް މިފަދައިން އަހަރެން މިލިޔަނީ، އަލްމަސީޙުގެ ނަންފުޅު މެދުވެރި ކުރައްވާ ތިޔަބައިމީހުންގެ ފާފަތައް މާތްރަސްކަލާނގެ އަފޫކޮށްދެއްވާތީއެވެ.


”⁠މާތްރަސްކަލާނގެ ބޫޢަޒަށް ރަޙުމަތް ލައްވާށި!⁠“ ނުޢުމީ ބުންޏެވެ. ”⁠އެކަލާނގެއީ ދިރިތިބި މީހުންނަށާއި މަރުވެފައިވާ މީހުންނަށް އޯގާވަންތަ ކަލާނގެ. ބޫޢަޒު އަކީ އަހަރެންގެ ގާތް ތިމާގެ މީހެއް. އަދި އޭނާ އަކީ އަހަރެމެންނަށް ބަލަދުއަރާ މީހުންގެ ތެރެއިން ވެސް ހިމެނޭ އެކަކު.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ