Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:31 - ކިތާބުލް މުޤައްދަސާ

31 ކުށަށް މަޢާފު ނުކުރުމާއި، ޤަދަރުޅިއައުމުންނާއި، ރުޅިވެރި ބަސްތަކުން ހަޅޭ ލެވުމާއި، އަނެކުން ހިތުގައި ޖެހޭފަދަ ބަހުރުވައިން މުޚާތަބު ކުރުމާއި، ގަސްދުގައި އަނެކުންނަށް އަނިޔާވެރިވުމުން އެއްކިބާވާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:31
62 ပူးပေါင်းရင်းမြစ်များ  

މިކަމާއި ގުޅިގެން ޢީސޫގެ ހިތުގައި ޔަޢުޤޫބުގެފާނުގެ މައްޗަށް ގަދަވެގެންވާ ޙަސަދަވެރިކަމެއް އުފެދިގެން ދިޔައެވެ. އެއީ ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މަކަރު ހެއްދެވުމުގެ ސަބަބުންނެވެ. އެގޮތުން ޔަޢުޤޫބުގެފާނު އަވަހާރަ ކޮށްލުމަށްޓަކައި ޢީސޫ، އެކަލޭގެފާނުގެ ހިތުގެ ތެރޭގައި މިފަދައިން ރާވަމުން ގެންދިޔައެވެ. ”⁠އަހަރެންގެ ބައްޕާފުޅު އަވަހާރަވީހާ އަވަހަކަށް އެކަލޭގެފާނުގެ މައްޗަށް އަހަރެން ހިތާމަ ކޮށް ނިމުމުން އަހަރެން ޔަޢުޤޫބު މަރާލާނަން.⁠“


ނަމަވެސް އެބައިމީހުންގެ މި ރޭވުން ރައޫބައިންއަށް އަޑުއިވުނު ހިނދު އެކަލޭގެފާނު ސަލާމަތް ކުރެއްވުމުގެ ނިޔަތުގައި މިފަދައިން ބުންޏެވެ. ”⁠އެކަލޭގެ މަރައިލާނޭ ކަމެއްނެތް.


ނަމަވެސް ޔޫސުފުގެފާނުގެ އެންމެހާ އަޚުން އެކަލޭގެފާނުދެކެ ނުހަނު ނަފްރަތު ކުރެއެވެ. ސަބަބަކީ އެކަލޭގެފާނުގެ ބަފައިކަލުން އެންމެ ރުހިލައްވާ ދަރިކަލުންނަކީ އެކަލޭގެފާނު ކަމުގައި ވުމުންނެވެ. އަދި އެކަލޭގެފާނުގެ އެންމެހާ އަޚުން ހެޔޮބަހެއް އެކަލޭގެފާނާއިމެދު ބުނުމުގެ ބަދަލުގައި ހަރުކަށިކޮށް މުޚާތަބު ކުރޭމެއެވެ.


ދެން ޤާޔީން ގޮސް އޭނާގެ ކޮއްކޮގާތު ބުންޏެވެ. ”⁠ހިނގާ ދަނޑުތެރެއަށް ދާން.⁠“ ދެން ދަނޑުތެރެއަށް ދެވުމުން ޤާޔީން އޭނާގެ ކޮއްކޮއަށް ހަމަލަދީ މަރާލިއެވެ.


އަދި މިކަމާ އަބްޝާލޫމް އޭނާގެ ބޭބެ އަމްނޫން ދެކެ ވަރަށް ނަފްރަތު ވެއްޖެއެވެ. އޭގެފަހަކުން އޭނާ ރަނގަޅަކަށް ވެސް ނުބަޔަކަށް ވެސް އަމްނޫންއާ އަނގަޔަކުން ނުބުނެއެވެ. އަބްޝާލޫމް މިހާވަރަށް މި ނަފްރަތުވީ އަމްނޫން އޭނާގެ ކޮއްކޮގެ އިތްފަތް ނަގާލައި އަގުވައްޓާލީމައެވެ.


އެކަމަކު އޭނާ އަޅުގަނޑަށް ކެހިދީފައި ކަލޭގެފާނުގެ އަރިހަށް ގޮސް ކަލޭގެފާނު އަރިހު އަޅުގަނޑު ބަދުނާމު ކޮށް ނެތިމޮށުނީ. އަޅުނގަޑުގެ ސާހިބު ރަސްގެފާނު ތިޔައީ މާތްކަލާނގެ މަލާއިކަތެއް ފަދަ ބޭކަލެއް. ކަލޭގެފާނު ހިތްޕުޅާވާ ގޮތެއް ހައްދަވާ.


އިސްރާއީލީން ބުންޏެވެ. ”⁠ދާއޫދުގެފާނުގެ ރަސްކަމުގެ މައްޗަށް ދިހަ ގުނަ ޙައްޤު އަހަރެމެންނަށް އޮންނާނެ. އެހެންވީ އިރު އެކަލޭގެފާނުގެ މައްޗަށް ކަލޭމެންނަށް ވުރެ އަހަރެމެން މާއައުލާކަން ބޮޑުވާނެ. ކަލޭމެންގެ ކުރިމަތީގައި އަހަރެމެން ތިޔަހާ ނިކަމެތި ކޮށްލަނީ ކީއްވެތަ؟ ރަސްގެފާނު އަނބުރާ ގެންދަން ފުރަތަމަ ވާހަކަ ދެއްކީ ވެސް އަހަރެމެންނެއް ނޫންތަ؟⁠“ އެކަމަކު ޔަހޫޛާގެ މީހުން އިސްރާއީލީން ދެރަކޮށްލައިފިއެވެ. އިސްރާއީލީންގެ ބަހަށް ވުރެން ޔަހޫޛާގެ ބަސް ގަދަ ކޮށްފިއެވެ.


ނަފްރަތުން އުފެދޭނީ އަރައިރުމެވެ. ލޯބި އަނެކާއަށް މަޢާފު ދޭނެއެވެ. ކުރެވޭ ކުށްތައް ފޮރުވައި ދޭނެއެވެ.


ނަފްރަތުކަން ހިތުގައި ފޮރުވައިގެން ހުންނާނީ ދޮގުވެރިޔާއެވެ. ނެތިމޮށޭ މީހާ އަކީ މޮޔައެކެވެ.


ރުޅިގަދަ މީހާ ކުރާނީ މޮޔަ ކަންތަކެވެ. އިތުބާރު ނުހިފޭ މީހާ ދެކެ މީހުން ކުރާނީ ނަފުރަތެވެ.


ދެބަކުޓުވުމުގެ ބަސްތައް ނިކަން މީރުވާނެއެވެ. އެ ބަސްތައް އަނގަޔަށް ވިރި ބަނޑުތެރެއަށް ފައިބައެވެ.


ރަސްގެފާނުގެ ކޯފާއެކޭ ސިންގާގެ ހޭރުމެކޭ އެއްފަދައެވެ. ރަސްގެފާނުގެ ރުހުން ގަސްތަކަށް ފައިބާ ޝަބްނަމްގެ ތިކިތަކެއް ފަދައެވެ.


އުތުރުން ޖެހޭ ވަޔާއެކު ވާރޭ އަންނަ ހެން ދެބަކުޓުވާ ދުލަކުން ރުޅިވެރިކަން އުފައްދައެވެ.


ދަރު ނެތް އުނދުނުގައި އަލިފާނެއް ރޮލެއް ނުވެއެވެ. ދޭތެރެޖެއްސުމެއް ނެތް ނަމަ އަރައިރުން ވުން ހުއްޓިދެއެވެ.


ރުޅިއައިސްފައި ހުންނަ މީހާ ތަޅާފޮޅުމެއް ފަށައިގަނެއެވެ. ރުޅި އަވަސް މީހާ ހުރިހާ ބާވަތެއްގެ ފާފައަކަށް އަރައިގަނެއެވެ.


ބުއްދިވެރިޔަކު އިންސާފުގެ ކުރިމައްޗަށް މޮޔައަކު ގެންގޮސްފިނަމަ އެމީހާ އެކަމާ މަލާމާތް ކުރެއެވެ. އެކަމުން ލިބޭ ފައިދާއެއް ނެތެވެ.


އަދި ދޮގުހެކި އޮއްސާ މީހުންގެ އަނގަތަކެވެ. އާއިލާތައް ރޫޅަމުން ހިނގާ މީހުންގެ ދޫތަކެވެ.


ރަށުގެ އެންމެންގެ މެދުގައި ރުޅިވެރިކާމާއި އޮޅުންބޮޅުންތައް ފެތުރުނެވެ. އަދި އެންމެން އެއް ފަހަރާ ގޮސް ޕައުލްގެ ގަޔަށް އަރާގަތެވެ. އަދި އޭނާ ހިފަހައްޓާ ހައްޔަރުކޮށްގެން ބައިތުލް މަޤްދިސްގެތެރެއިން ނެރުނެވެ. އަދި ހަމަވަގުތުން އެމީހުން ބައިތުލް މަޤްދިސްގެ ދޮރާށި ލައްޕާ ތަޅުލިއެވެ.


ބުދަށް އަޅުކަންކުރުން، ފަންޑިތަ ސިހުރު ހެދުން، މީހުންނަށް ނަފްރަތު ކުރުން، މީހުންނާ ނުގުޅުން، މީހުންނާއި ހަސަދަވެރިވުން، ރުޅިއައުން، އަމިއްލަ އެދުންބޮޑުވުން، ބައިބައިވުން އުފެއްދުން، އެމީހަކާ އެއްބަސްނުވާ އެންމެންނަކީ ނުބައި މީހުން ކަމުގައި ދުށުން،


ތިޔަބައިމީހުން ކުރީގައި އުޅެމުން ގެންދިޔަ ދިރިއުޅުމާއި އެ ނަފްސު ދޫކޮށްލާށެވެ. މާޒީގައި ތިޔަބައިމީހުންގެ ޙަޔާތުގައި އުޅެމުންގެންދިޔަ މަކަރުވެރި އެދުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން އުޅެގެންނުވާނެއެވެ. އެއީ ބަރުބާދުވުމުގެ ގޮތްތަކެވެ.


އަހަރެމެން ހުރިހާ އެންމެންނަކީ އެއްހަށިގަނޑެއްގެ ވެރި ބައެކެވެ. އެހެންވެ ތިޔަބައިމީހުން ދޮގުހެދުން ހުއްޓާލައި އެކަކު އަނެކަކަށް ތެދުބުނާށެވެ.


ފާފަވެރި ވެދާފަދަ މިންވަރަށް ތިޔަބައިމީހުން ރުޅި ނާންނާށެވެ. އަދި ރުޅިވެރިކަމުގައި ތިއްބާމެ އިރު އޮއްސުނަ ނުދޭށެވެ.


ފިރިންނޭވެ! ތިޔަބައިމީހުންގެ އަނބިންނަށް ލޯބި ދޭށެވެ. އެކަނބަލުންނާ މެދު ހަރުކަށި ނުވާށެވެ.


ނަމަވެސް މިހާރު ތިޔަބައިމީހުން ތިބެންޖެހޭނީ ރުޅިވެރިކަމާއި، ރުޅިއައިސް ހަމައިން ނެއްޓުމާއި، ނަފްރަތު ކުރުމާއި ދެބައޮޑުވުމާއި ހަޑިހުތުރު ބަސްތަކުން އެއްކިބާވެގެންނެވެ.


މިގޮތުގެ މަތިން މިފަދަ އަންހެނުން ވާންޖެހޭނީ އިޙްތިރާމް ލިބިގެންވާ، އަނެކުންނާމެދު ނެތިމޮށުމުން އެއްކިބާ ވެގެންވާ ބައެއްގެ ގޮތުގައެވެ. އެކަނބަލުންގެ އަމަލުތަކުގައި ނަފްސުގެ މައްޗަށް ބާރުފޯރުވުމާއެކު ވަފާތެރިކަން މަތީ ދެމިހުރުމުގެ އާދަ ހިފަހައްޓަންވާނެއެވެ.


އޭނާ އަކީ މަސްތުވުމާއި އަނިޔާވެރިކަމާއި މަޖުބޫރުން ކަންތައްތައް ކުރުވާ މީހެއް ކަމުގައި ވެގެން ނުވާނެއެވެ. އޭނާއަކީ ހިތްހެޔޮ އަރާރުމަށް ލޯބިނުކުރާ އަދި ފައިސާ އާއި މުދަލަށް ދަހިވެތި ވެގެންނުވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ.


މީގެ އިތުރުން މިފަދަ ކުދިންގެ ކަންނެތްކަމާއި އެއްގެއިން އަނެއް ގެއަށް ވާހަކަ އުފުލުމުގައި ވަގުތު ދުއްވާލެވެއެވެ. އަދި އަނެކުންގެ ދިރިއުޅުމުގެ ތެރެއަށް ވަދެ އެކުދިންނާ ނުބެހުނަސް ބެހި ބަސްބުނެ ހަދައެވެ.


އަދިވެސް ތަކުރާރުކޮށް ބުނަމެވެ. ޖާހިލު ކަމާއި ބޭކާރު މޮޔަ ވާހަކަތައް ދެއްކުމުން ދުރުހެލިވާށެވެ. މިފަދަ ކަންތައްތަކަކީ މައްސަލަތައް އުފެދުމަށް މަގުފަހި ކުރުވާ ކަންކަމެވެ.


އަދި ހިތުގައި ލޯތްބާއި މަޢާފު ދިނިމެއް ނުވާ ޙާލުގައެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމެއް ނެތި މީހުންގެ އަނބުރާ ބެހުމުގައެވެ. އަނިޔާވެރިވެ ހެޔޮ ކަންތަކަށް ނަފްރަތު ކުރުމުގައެވެ.


މަސީޙީ ޖަމާޢަތުގެ ބޮޑުންނަކީ މާތްރަސްކަލާނގެ މަސައްކަތުގައި ހޭދަކުރާ ބައެކެވެ. އެހެންވީމާ އެމީހުންނަކީ ޤަދަރު ލިބިގެންވާ ބަޔަކު ކަމުގައި ވާންޖެހޭނެއެވެ. ބޮޑާކަމާއެކު ދިރިއުޅުމާއި، ކުއްލި ރުޅިއައުމާއި، މަސްތުވެގެންވުމާއި، އަނިޔާވެރިވުމުގެ އިތުރުން ކަންކަމުގައި ޚިޔާނާތްތެރި ވުމުން އެއްކިބާވެ ތިބޭ ބައެއް ކަމުގައި ވާންޖެހޭނެއެވެ.


ހަމަ މިފަދައިން މާތްކަލާނގެ ދެކެ އެކަށީގެންވާފަދަ ގޮތަކަށް ޚިދުމަތްކުރާ މީހެއް ފަދައިން ދިރިއުޅުން ވޭތުކުރުމަށް އުމުރުން ދުވަސްވީ އަންހެނުންނަށް ބުނެދޭށެވެ. އެމީހުން ނެތިމޮށުމާއި މަސްތުވުމުގެ އަޅުންނަށް ވެގެން ނުވާނެއެވެ. އޭގެބަދަލުގައި އަނެކުންނަށް ރަނގަޅުގޮތް ދައްކައިދޭ ބަޔަކަށް މިފަދަ އަންހެނުން ވުމަށް ބުނެދޭށެވެ.


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވޭ. ހަނދާނުގައި މިކަން ބަހައްޓާށެވެ! އަނެކުންގެ ވާހަކަތައް ޝައުގުވެރިކަމާއެކު އަޑުއަހާށެވެ. ކަލޭމެންގެ ވާހަކަތަކަށް ފަސްޖެހޭށެވެ. ސިނގުރުޅި ނަންނާށެވެ.


ނަމަވެސް ކަލޭމެންގެ ހިތްތައް ހިތި ޙަސަދަވެރިކަމާއި އަމިއްލަ އެދުންތަކުގެ ޝަޢުޤުވެރިކަމުގައި ވާނަމަ ކަލޭމެންނީ ބުއްދިވެރި ބައެއް ކަމުގައި ބުނެ އަޑުއުފުލައި ބޮޑާނުވާށެވެ. އެއީ ތެދާ ދެކޮޅަށް ބުނާ ބުހުތާން ދޮގެކެވެ.


އަޚުންނާއި އުޚުތުންނޭވެ! އެކަކު އަނެކަކަށް ހިތުގައި ޖެހޭ ފަދަ ބަސްތައް ބުނެ ނަހަދާށެވެ. ކަލޭމެން އެކަކު އަނެކަކަށް ފާޑުކިޔައި އަދި އެކަކު އަނެކަކު ކުށްވެރި ކުރުމުގައި ނުވާށެވެ. އެހެނީ ކަލޭމެންނަށް ފާޑު ކިޔައި ކުށްވެރި ކުރެވެނީ މާތްރަސްކަލާނގެ މަތިވެރި ޤާނޫނަށެވެ. އަދި ކަލޭމެން އެޤާނޫނަށް އިންސާފު ކުރުމުގައިވާނަމަ ކަލޭމެންނީ އެ ޤާނޫނަށް ކިޔަމަންތެރިކަން އަދާކުރާނޭ ބައެއް ނޫނެވެ. ނަމަވެސް އެއާއި މެދު އިންސާފު ކުރުމަށް އެދޭނޭ ފަރާތެއްމެއެވެ.


އެންމެހައި ނުބައި ނިޔަތްތަކާއި، ދޮގު ހެދުމާއި، މުނާފިޤުވުމާއި، އަދި ޙަސަދަވެރިވުމުންނާއި ނެތިމޮށުންތަކުން އެއްކިބާވެ ތިބޭށެވެ!


އަހަރެމެންނަކީ ޤާއިން ފަދަ ބައެއް ނޫނެވެ. އޭނާ މިލްކުވެގެންވީ ޝައިތާނާއަށެވެ. އަދި އޭނާ އޭނާގެ ކޮއްކޮ ހާބީލް މަރައިލިއެވެ. ޤާޔިން އޭނާގެ ކޮއްކޮ ގަތުލު ކުރީ ކީއްވެ ހެއްޔެވެ؟ އެއީ ޤާޔިން ކުރީ ނުބައިވެގެންވީ އަމަލުތަކެއް ކަމުންނެވެ. ނަމަވެސް އޭނާގެ ކޮއްކޮ ކުރި އަމަލުތަކަކީ ސާލިޙު އަމަލުތަކެއް ކަމުންނެވެ.


އެއްވެސް އަޚަކު ނުވަތަ އުޚުތަކު އަނެކާ އާ މެދު ނަފްރަތު ކުރާނަމަ އޭނާއަކީ ގާތިލެއް މެއެވެ. އަދި އެފަދަ ގާތިލުންގެ ކިބައިގައި ނިމުންނުވާ ޙަޔާތެއް އެކުލެވިފައެއް ނުވެއެވެ.


އެއަށް ފަހު، ހަރުއަޑަކުން ސުވަރުގެއިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު އަތުވެއްޖެ! މި ހިނދު މާތްރަސްކަލާނގެ، އެކަލާނގެ ދިންނެވުމާއި، ކުޅަދުންވަންތަކަމާއި އަމުރުވެރިކަމާއި އަދި ރަސްކަންފުޅާއި އެކަލާނގެ ހާއްސަކުރެއްވި އަލްމަސީޙުގެ އަމުރު މަޢުރޫފުވެރިކަން އައިއްސި. އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ރޭގަނޑާއި ދުވާލު އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ތުހުމަތު ކުރި ޝައިތާނާ މި ހިނދު އެ ވަނީ ދުނިޔޭގެ ތެރެއަށް އެއްލާލެވިފަ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ