Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:3 - ކިތާބުލް މުޤައްދަސާ

3 މާތްރަސްކަލާނގެ މާތްރޫޙުފުޅުން އެންމެ އެދެވޭގޮތުގައި ތިޔަބައިމީހުންގެ ހިތްތަކުގައި އެއްބައިވަންތަކަން ބިނާ ކުރުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. ސުލްޙަވެރި ގޮތުގައި ތިބެ މިކަންތައް ކުރާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:3
16 ပူးပေါင်းရင်းမြစ်များ  

އޭގައި ހާރޫނުގެ ބޯ ވަންނަވަރުގެ ބާގަނޑެއް ކަނޑައި ގިރުއާނެއް ގޮތުގައި އެ ބާގަނޑުގެ ކައިރިފަށް ވިޔެފައި ބަހައްޓާ. އެއީ އެ ފޮތިގަނޑު ވީދުނަ ނުދިނުމަށް.


ރަސްކަމެއް ބައިބައި ވެއްޖެ ކަމަށްވާ ނަމަ އެ ރަސްކަމެއް ރޫޅި ހިނގައިދާނެ.


ނަމަވެސް އަހަރެން ކަލޭމެންނަށް އާ އަމުރެއް ކުރަން. އެ އަމުރަކީ ކަލޭމެން އެކަކު އަނެކަކު ދެކެ ލޯބިވޭ. ހަމަ އަހަރެން ކަލޭމެން ދެކެ ލޯބިވީ ފަދައިން ކަލޭމެން ވެސް އެކަކު އަނެކަކު ދެކެ ލޯބިވާތި.


އަހަރެމެން އެންމެން އީމާންތެރިކަމުގެ ތެރޭގައި އެއްބައިވަންތަވެ، މާތްރަސްކަލާނގެ ދަރިކަލުންނާއި މެދު އަހަރެމެންނަށް ދޭހަވުމަށް ދާންދެން މިކަންތައްތައް ކުރިއަށް ދާނެއެވެ. އޭރުން އަހަރެމެން ތަސައްރަފު ފުދިގެންވާނީ އަލްމަސީޙާއި އެއްފަދައިންނެވެ. އޭރުން އަހަރެމެން އެކަލޭގެފާނު ފަދައިން ފުރިހަމަ ވެގެންވާނެ ވެސް މެއެވެ.


ތިޔަ ހުރިހާ އެންމެންނަކީ އެއް ހަށިގަނޑެއް ފަދަ ބައެކެވެ. މާތްރަސްކަލާނގެ ރޫޙުފުޅަކީ ހަމައެކަނި އެންމެ ރޫޙު ފުޅެކެވެ. މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި އެކަލާނގެ މީސްތަކުންގެ ގޮތުގައި ތިޔަބައިމީހުން ޚިޔާރު ކުރެއްވި ހިނދު ތިޔަބައިމީހުންނަށް ލިބިދިނީ ހަމައެކަނި އެންމެ އުންމީދެކެވެ.


އެބައިމީހުން ކުރި މަސައްކަތާއި މެދު ލޯތްބަކާއިއެކު އެބައިމީހުންނަށް ޚާއްސަގޮތެއްގައި ޤަދަރު ކުރާށެވެ. ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކަށް ސުލްޙައިގައިވާށެވެ.


ކަލޭމެން ސުލްޙަވެރިކަމާއެކު އެންމެންނާއެކު އެކުއުޅެވޭތޯ ބަލާށެވެ. އަދި ތާހިރު މުޤައްދަސް ދިރިއުޅުމެއް އުޅޭށެވެ. އެފަދަ ދިރިއުޅުމެއް ނޫޅެ މާތްރަސްކަލާނގެ ޙަޟްރަތަކަށް ނުދެވޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ