Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:29 - ކިތާބުލް މުޤައްދަސާ

29 ހަޑިހުތުރު ބަސްތަކުން ތިޔަބައިމީހުންގެ ދޫ ރައްކާތެރިކުރާށެވެ. ވަގުތާ ޙާލަތަށް ބަލައި މީހުންނަށް ފައިދާހުރި ހެޔޮބަސްތަކުން މުޚާތަބުކުރާށެވެ. އޭރުން އެބަސްތަކުގެ އަޑުއިވޭ ފަރާތްތަކަށް ހިތްވަރު ލިބިދޭނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:29
41 ပူးပေါင်းရင်းမြစ်များ  

ވިޔާނުދާ ބަސްތައް ބުނާ މީހާ ވެއްޓޭނީ އޭނާ ކޮނުނު އަނދަވަޅަށެވެ. އެކަމަކު ހެޔޮމީހާ އެއަނދަވަޅަކަށް ނުވެއްޓޭނެއެވެ.


ރަނގަޅު ދަނޑިވަޅުގައި ދޭ ރަނގަޅު ޖަވާބަކުން އެންމެން އުފާކުރުވައެވެ.


ޙިކުމަތްތެރިޔާގެ ދުލުން ބޭރުވާ ބަސްތަކުން ތަންދޮރު އޮޅުންފިލައެވެ. މޮޔަމީހާގެ ހިތުގައި ހުންނާނީ ޖާހިލު ބަސްތަކެވެ.


ޙިކުމަތްތެރިން އެނގޭނީ އެމީހުން ތަންދޮރު ދަންނަ މިންވަރަކުންނެވެ. ހިތްހެޔޮކަމާއެކު ބުނާ ބަސްތަކުން މީހުން އޭނާގެ މައްޗަށް ލެނބެއެވެ.


މި އުސޫލުން، ތިޔަބައިމީހުންގެ ކިބާގައިވާ އަލިކަން ވެސް މީސްތަކުންނަށް ފެންނަންވާނެ. ތިޔަބައިމީހުންގެ ކިބައިން ފެންނަ ހެޔޮ ޢަމަލުތަކަށްޓަކައި މީސްތަކުން އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅަށް އެބައިމީހުން ޙަމްދުކުރާނެ.⁠“


އެކަލޭގެފާނު ވިދާޅުވި މަތިވެރި މިބަސްފުޅުތަކުގެ ސަބަބުން އެމީހުން ހައިރާންވިއެވެ. ދެން އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިއީ ޔޫސުފުގެ ދަރިފުޅެއް ނޫން ތަ؟ އެފަދަ މަތިވެރި ބޭކަލަކަށް ވުމުގެ ދަޢުވާ ކުރުމުގެ ޙައްޤު އޭނާއަށް ދިނީ ކާކު؟⁠“


ޔަޙުޔާގެފާނުގެ އެ ދެ އަސްޙާބީންނަށް އެކަލޭގެފާނު މިހެން ވިދާޅުވި އަޑުއިވުމުން އެމީހުން އީސާގެފާނާއި އެކު އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ.


އެހެންވީމާ، މުޤައްދަސް ކުރެވިގެންވާ ފަރާތްތަކުން ދަސްކޮށްދޭންވީ މާތްރަސްކަލާނގެ ކިބަފުޅަށް ޚިދުމަތް ކުރުމަށެވެ. އަދި އެކަލޭގެފާނުގެ ހަށިގަނޑު ކަމުގައިވާ މަސީޙީ ޖަމާޢަތް ވަރުގަދައަށް ހެދި ބޮޑުވާނޭ ގޮތުންނެވެ.


ހިތްގައިމުކަމާއި ޝައުގުވެރިކަން އެކުލެވޭ ގޮތުގައި އެމީހުންނާ ވާހަކަ ދައްކާށެވެ. އޭރުން އެމީހުންގެ ސުވާލުތަކަށް ރަނގަޅުގޮތުގައި ޖަވާބު ދެވޭނެއެވެ.


އެހެންވީމާ، އެކަކު އަނެކަކަށް ހިތްވަރު ދޭށެވެ. އަދި އެކަކު އަނެކަކަށް ވަރުގަދަ އީމާންތެރިކަމެއްގައި ހެދި ބޮޑުވެދާށެވެ. އެއީ މިހާރު ވެސް ތިޔަބައިމީހުން އަމަލު ކުރަމުން ގެންދާ ފަދައިން ވެސް މެއެވެ.


އީމާންނުވެތިބި އަވަށްޓެރިން ތިޔަބައިމީހުންނީ ވިޔާނުދާ ބައެއް ކަމުގައި ބުނެ ބަދުނާމުކުރާނެއެވެ. ނަމަވެސް ތިޔަބައިމީހުންގެ ހެޔޮ އަމަލު ތައް އެބައިމީހުން ބަލާނެއެވެ. އަދި ޤިޔާމަތް ދުވަހުން މާތްރަސްކަލާނގެ މަތިވެރިކަމާމެދު ސަނާ ކިޔާނެއެވެ.


ހަމަ މިގޮތުގެ މަތިން ފިރިންނަށް އަނބިން ވެސް ބޯލަނބައި ކިޔަމަންތެރިވާން ޖެހޭނެއެވެ. ފިރިން ހެޔޮޚަބަރުފުޅު އަޑުއަހަން ދެކޮޅުވެރިވިޔަސް ތިޔަބައިމީހުން ކުރާ ތަޤުވާވެރި ހެޔޮ އަމަލުތައް ފެނި އެމީހުންނަށް އެބަސްފުޅުތައް ގަބޫލުކުރެވޭނެއެވެ. އެއީ އެވާހަކަ ދުލުން ނުބުނި ކަމުގައި ވިޔަސްމެއެވެ.


ކުށްތަކުގެ ތެރޭގައި އުޅުމަށް ފަހު އެކަންތަކުން ކިރިޔާ ސަލާމަތް ވެފައި ތިބި މީހުންނަށް އެދޮގު އެދުރުންގެ އަގެއްނެތް ފޮނިބަސްތަކުންނާއި ހަށިތަކުގެ ޝަހުވަތުގެ ދަންތުރައިގައި ޖައްސައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ