Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:26 - ކިތާބުލް މުޤައްދަސާ

26 ފާފަވެރި ވެދާފަދަ މިންވަރަށް ތިޔަބައިމީހުން ރުޅި ނާންނާށެވެ. އަދި ރުޅިވެރިކަމުގައި ތިއްބާމެ އިރު އޮއްސުނަ ނުދޭށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:26
22 ပူးပေါင်းရင်းမြစ်များ  

މިޞްރުގެ ހުރިހާ ވަޒީރުން އައިސް އަޅުގަނޑުގެ ކުރިމައްޗަށް ބިންމައްޗަށް ވެއްޓި ކުރުނީސްކޮށް މިހެން އާދޭސް ކުރާނެ. ’⁠މިރަށުން ކަލޭމެން އަވަހަށް ދާށޭ. ކަލޭމެން ދާއިރު ކަލޭމެންގެ މީހުން ވެސް ގެންދާށޭ.⁠‘ އޭރުން އަޅުގަނޑު މިރަށުން ފައިބައިގެން ހިނގައިދާނަން!⁠“ ދެން މޫސާގެފާނު ވަރަށް ކޯފާވެ ހުންނަވައިގެން އެތަނުން ވަޑައިގެންފިއެވެ.


ރުޅިމަޑުމީހާގެ ކިބައިގައި ހަމަ ވިސްނުން ހުންނާނެއެވެ. ރުޅިގަދަ މީހާ ކުރާނީ މޮޔަ ކަންތަކެވެ.


ބޯހަމަޖެހޭ މީހުންގެ ރުޅި ކޮންޓްރޯލް ކުރާނެއެވެ. މީހުންގެ ފަރާތުން ލިބޭ އުނދަގޫތަކަށް ކެތްކޮށް އެކަމާ އަޅާނުލާ މީހުންނަށް އިޙްތިރާމް ލިބިގެންވެއެވެ.


އުތުރުން ޖެހޭ ވަޔާއެކު ވާރޭ އަންނަ ހެން ދެބަކުޓުވާ ދުލަކުން ރުޅިވެރިކަން އުފައްދައެވެ.


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިމާގެ އަޚާ ދެކެ ރުޅިއައިސްގެން ވެސް ނުވާނެ. ނޫނީ ތިމާ އަދާލަތުގެ ކުރިމައްޗަށް ގެންދަން ޖެހިދާނެ. ތިމާގެ އަޚާއަކީ މޮޔައެކޭ ކިޔައި ހުތުރުއެއްޗެހި ގޮވާ މީހާ ވެސް އަދާލަތުގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނެ. އަދި އަނެކާއަކީ ސޮހޮލެކޭ ބުނާ މީހާއަށް ނަރަކައިގެ އަލިފާނުން ސަޒާ ދެވޭނެ.


އެބޭކަލުންގެ މިޢަމަލު އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު ކޯފާވެ ވަޑައިގަންނަވާ އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠އެ ތުއްތު ކުދިންތައް އަހަރެންގެ ކައިރިއަށް އައުން މަނާ ނުކުރޭ! އެ ކުދިން އަހަރެންގެ ކައިރިއަށް އަޔަދީ! މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިގެން ވަނީ މި ކުދިން ފަދަ މީސްތަކުންނަށް.


އީސާގެފާނު ކޯފާވެވަޑައިގެންހުންނަވާ ވަށައިގެންވީ މީސްތަކުންނާއި ދިމާއަށް ބައްލަވައި ލެއްވިއެވެ. ނަމަވެސް އެމީހުންގެ ގޮތްދޫނުކުރުމާއި ހިތްހަރު ކަމުގެ ސަބަބުން އެމީހުންނާއި މެދު އެކަލޭގެފާނު އެވަގުތު ވެސް ހިތާމަ ކުރެއްވިއެވެ. ދެން އަތް ވައުވެފައި ވީ ފިރިހެނާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިބާގެ އަތް ދަމާލާ.⁠“ އެ ފިރިހެނާ އޭނާގެ އަތް ދަމާލިއެވެ. އަދި އޭނާގެ އަތް ފުރިހަމައަށް ރަނގަޅު ވިއެވެ.


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވޭ. ހަނދާނުގައި މިކަން ބަހައްޓާށެވެ! އަނެކުންގެ ވާހަކަތައް ޝައުގުވެރިކަމާއެކު އަޑުއަހާށެވެ. ކަލޭމެންގެ ވާހަކަތަކަށް ފަސްޖެހޭށެވެ. ސިނގުރުޅި ނަންނާށެވެ.


ސަބަބަކީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ އިޚުލާސްތެރި ޙަޔާތެއްގައި ވުމަށް ކަލޭމެންނަށް ރުޅި އެހީތެރިވެ ނުދޭނޭތީއެވެ.


ޔޫނަތައިން އައި ރުޅީގައި އޭނާ އިން ގޮނޑިން ތެދުވިއެވެ. އޭނާ ކެއުން ހުއްޓާލައި ޖާފަތް ދޫކޮށް ހިނގައްޖެއެވެ. އޭނާ ހުރީ ދާއޫދާ މެދު ބައްޕާފުޅު މިކަންތައް ކުރައްވާ ލަދުގަންނަން ޖެހޭ ފަދަ ގޮތާ މެދު ނުރުހިފަ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ