އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:25 - ކިތާބުލް މުޤައްދަސާ25 އަހަރެމެން ހުރިހާ އެންމެންނަކީ އެއްހަށިގަނޑެއްގެ ވެރި ބައެކެވެ. އެހެންވެ ތިޔަބައިމީހުން ދޮގުހެދުން ހުއްޓާލައި އެކަކު އަނެކަކަށް ތެދުބުނާށެވެ. အခန်းကိုကြည့်ပါ။ |
ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.
އޭގެބަދަލުގައި ތެދުބަހުން ވާހަކަ ދައްކައި އެކަކު އަނެކަކާ މެދު ލޮބުވެތި ގޮތުގައިވާނެއެވެ. އޭރުން އަހަރެމެން ހެދި ބޮޑެތިވަމުން ދާނީ އަލްމަސީޙާއި އެއްފަދައިންނެވެ. އެކަލޭގެފާނީ މަސީޙީ ޖަމާޢަތުގެ ބޮލެވެ. އެއީ އެކަލޭގެފާނުގެ ބޮލާއި ހަށިގަނޑު ފަދައިންނެވެ. މި ހަށިގަނޑު އެކަލޭގެފާނު ގުޅުވައި ހިފެހެއްޓެވީ ފުރިހަމަ ގޮތުގައެވެ. އެއިން ކޮންމެ ގުނަވަނެއް އެ ގުނަވަނަކަށް ޚާއްސަ ކުރެވިފައިވާ މަސައްކަތެއް ކުރުމުން އެހެނިހެން ގުނަވަންތައް ހެދި ބޮޑެތިވުމަށް އެހީތެރި ވެދެއެވެ. އެހެންވީމާ، މުޅިހަށިގަނޑު ދުޅަހެޔޮ ކަމާއެކު ހެދިބޮޑުވެގެން ދަނީ ފުރިހަމަ ލޯތްބާއި އެކުގައެވެ.
އެހާ ގިނަ ބަޔަކު އަހަރެމެންގެ ވަށައިގެން ހެކިވާން އެބަވެއެވެ. ވީމާ އަހަރެމެން ކުރިއަށް ދިއުމަށް ހުރަސްއަޅާ ހުރިހާ ކަމަކުން އެއްކިބާ ވަމާހެއްޔެވެ؟ ޚާއްސަކޮށް ފާފަތަކުންނެވެ. އަހަރެމެން ބަނދެލާފައިވާ ފާފައިން ހަށިފޮޅާލަމާ ހިނގާށެވެ! އަހަރެމެންގެ ކުރިމަތީގައި މިވާ ރޭސް ކާމިޔާބު ކުރުމުގެ އަޒްމުގައި ދުއްވައިގަންނަމާ ހިނގާށެވެ!
ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.“