Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:24 - ކިތާބުލް މުޤައްދަސާ

24 އޭރުން ތިޔަބައިމީހުންނީ އާ ބައެއްގެ ގޮތުގައި ލައްވަވައެވެ. އެ އާ އިންސާނާ ވެގެން ވަނީ މާތްރަސްކަލާނގެ އާއި އެއްފަދައިންނެވެ. އެހެންވީމާ، އެކަލާނގެ ފަދައިން ތިޔަބައިމީހުންގެ އަމަލުތަކުގައި ސާލިޙުވަންތަކަމާއި އަދި މާތްކަން ހުންނާންވާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:24
30 ပူးပေါင်းရင်းမြစ်များ  

މިއީ އާދަމްގެފާނުގެ ދަރިފަސްކޮޅު އުފެދުނު ގޮތުގެ ވާހަކައެވެ. މާތްކަލާނގެ އިންސާނުން ހެއްދެވީ އެކަލާނގެ ސިފަފުޅާ އެއްގޮތަށެވެ.


އަދި އޭރުން އަހަރެމެންގެ މުޅި އުމުރުމެ އެކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމުގައާއި ޞާލިޙު ކަން މަތީ ދެމިތިބެވޭނެ.⁠“


ތެދު ބަސްފުޅާ އެއްގޮތް ވާގޮތުގެ މަތިން އެމީހުންނަކީ އިނބަރަސްކަލާނގެ އަށް ޚާއްސަ ކުރެވިފައިވާ ބައެއް ކަމުގައި ލައްވަވާށި. އެހެނީ އިނބަރަސްކަލާނގެ ބަސްފުޅަކީ ޙައްޤު ތެދު.


ކަލޭމެން ތައުބާގެ ހިނެވުމުން ހިނައިގަތް ހިނދު، ގައިގައި ލީ ހެދުމެއް ފަދައިން، ކަލޭމެންގެ ގައިގައި ވެސް އީސާގެފާނު ހެދުމެއް ފަދައިން ލެވިގެން ދިޔައެވެ.


ޚިތާނު ކުރުމާއި ނުކުރުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫނެވެ. މުހިންމު ކަމަކީ އަހަރެމެންނަކީ ބަދަލުވެފައިވާ އާ ބަޔަކަށް ވުމެވެ.


އަހަރެމެންނަކީ މާތްރަސްކަލާނގެ އުފެއްދި އުފެއްދެވުމެވެ. އެކަލާނގެ އަހަރެމެން އަލްމަސީޙު އީސާގެފާނާއި ގުޅި އަލުން އުފެއްދެވީ އެކަލާނގެ ކުރައްވަން އެދިވޮޑިގަންނަވާ ހެޔޮކަންތައް ކުރުމަށެވެ. އެއީ އެކަލާނގެ މާކުރީގައި ވެސް އަހަރެމެން ލައްވާ ކުރުވަން ހަމަޖައްސަވާފައިވާ ކަންތައްތަކެކެވެ.


މާތްރަސްކަލާނގެ ދެއްވި ފުރިހަމަ ދަހަނާ އަޅާށެވެ. އޭރުން ޝައިތާނާގެ މަކަރުވެރި ނުބައި ރޭވުންތަކާއި ދެކޮޅަށް ތެދުވެ ސާބިތުވެ ތިބުމުގެ ކުޅަދާނަކަން ތިޔަބައިމީހުންނަށް ލިބިދޭނެއެވެ.


އަހަރެމެން ހުރިހާ ބާވަތެއްގެ ފާފަތަކަކުން ސަލާމަތް ކުރެއްވުމަށްޓަކައި އަދި އަހަރެމެން ތޯހިރު ގޮތުގައި ލެހެއްޓެވުމަށް އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ވަނީ ދެއްވަވާފައެވެ. އެކަލާނގެ އެދިވޮޑިގެން ވަނީ އަހަރެމެން އެކަލާނގެ އަމިއްލަ މީހުންގެ ގޮތުގައިވެ، ހެޔޮ ކަންތައް ކުރުމުގައި ޝައުޤުވެރި ވުމަށެވެ.


އެކަމަކު އެދަރިކަލުންނަށް އެކަލާނގެ ވަޙީ ކުރެއްވީ މި ފަދައިންނެވެ. ”⁠ކަލާނގެއަކީ ތިޔައީއެވެ. ކަލޭގެފާނުގެ ރަސްކަން ދާއިމަށް ދެމެހެއްޓިގެން ވާނެއެވެ. ކަލޭގެފާނުގެ މީހުންގެ މައްޗަށް އަދުލުވެރިކަމާއެކު ވެރިކަން ކުރަމުން ގެންދާނެއެވެ.


ކަލޭމެން ސުލްޙަވެރިކަމާއެކު އެންމެންނާއެކު އެކުއުޅެވޭތޯ ބަލާށެވެ. އަދި ތާހިރު މުޤައްދަސް ދިރިއުޅުމެއް އުޅޭށެވެ. އެފަދަ ދިރިއުޅުމެއް ނޫޅެ މާތްރަސްކަލާނގެ ޙަޟްރަތަކަށް ނުދެވޭނެއެވެ.


އަލަށް އުފަންވި ތުއްތު ކުއްޖަކު މައިމީހާގެ ކިރަށް އެދިގެންވާފަދައިން ތިޔަބައިމީހުން މާތްރަސްކަލާނގެ ރޫޙާނީ ޚާލިސް ކިރަށް އެދިގެންވާށެވެ. އެއީ ތިޔަބައިމީހުންނަށް ލިބިގެންވާ ދިންނެވުމުގައި ފުރިހަމައަށް ހެދިބޮޑެތި ވުމަށެވެ.


މިގޮތުގެ މަތީން އެކަލާނގެ އަހަރެމެންނަށް ވަނީ އެކަލާނގެ ވަޢުދުފުޅު ކުރެއްވިފަދައިން އަގުހުރި ހަދިޔާތަކެއް ދެއްވާފައެވެ. އެއީ މިހަދިޔާތަކުގެ އެހީގައި ދުނިޔޭގައިވާ ފާހިޝް ފަނާކުރަނިވި އެދުންތަކުން ތިޔަބައިމީހުން ސަލާމަތްވާނެ ފަދައިން ވުމަށެވެ. އަދި ތިޔަބައިމީހުންނަށް އެކަލާނގެ އިލާހީ ފިތުރަތުގައި ޙިއްސާވާނެ ހެން ވުމަށް ވެސް މެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ