އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:19 - ކިތާބުލް މުޤައްދަސާ19 ހަމައެހެންމެ ހެޔޮ ގޮތަކީ ކޮބައިކަން އެބައިމީހުންގެ އިޙުސާސްތަކުގައި ނުވޭމެއެވެ. އަދި އެބައިމީހުން ވަނީ އިންތިހާއަށް ދަހިވެތިވެގެންނެވެ. ހަމައެހެންމެ، އެބައިމީހުންގެ ވަގުތުތައް ހޭދަކުރަނީ އެބައިމީހުންގެ ޖިސްމުތަކުން އެންމެހާ މުޑުދާރު އަމަލުތައް ކުރުމުގައެވެ. အခန်းကိုကြည့်ပါ။ |
ކަލާނގެވަންތަކަން ގަބޫލުނުކުރާ ފަރާތްތަކުން މާޒީގައި އުފާކުރި ކަންތައްތަކުގައި ތިޔަބައިމީހުންގެ ވަގުތުތައް ވެސް ވަނީ ބޭކާރު ކޮށްލާފައެވެ. ޖިންސީ ފާފަވެރިކަމާއި، ފާޙިޝް އެދުންތަކާއި، މަސްތުވުމާއި، ދިޔޯގެކުޅި ކުޅުމާއި، މަސްތުވުމަށްޓަކައި ބޮޑެތި ޖާފަތްތައް ބޭއްވުމާއި އަދި މާތްރަސްކަލާނގެ ފިޔަވައި އެހެނިހެން ތަކެއްޗަށް އަޅުކަން ކޮށްފައެވެ.
ހިތާމައެއް ހުރީ އެމީހުންނަށެވެ! އެބައިމީހުން ނަކަލު ކުރީ ޤާޔިން އޭނާގެ އަޚާ އާއިމެދުގައި ކަންތައްކުރި ގޮތެވެ. އަދި ފައިސާގެ ދަހިވެތި ކަމުގައި ބަލްޢާމު ކުރިފަދަ ކުށްތައް ކުރިމެއެވެ. ހަމައެހެންމެ މާތްރަސްކަލާނގެ ކިބަފުޅަށް ޤޫރަޙު އުރެދުނު ފަދައިން އެބައިމީހުން އުރެދުމުގެ ސަބަބުން ޤޫރަޙު ނެތިކުރެއްވި ފަދައިން އެބައިމީހުން ވެސް ނެތިކުރައްވާނެއެވެ.