އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:15 - ކިތާބުލް މުޤައްދަސާ15-16 އޭގެބަދަލުގައި ތެދުބަހުން ވާހަކަ ދައްކައި އެކަކު އަނެކަކާ މެދު ލޮބުވެތި ގޮތުގައިވާނެއެވެ. އޭރުން އަހަރެމެން ހެދި ބޮޑެތިވަމުން ދާނީ އަލްމަސީޙާއި އެއްފަދައިންނެވެ. އެކަލޭގެފާނީ މަސީޙީ ޖަމާޢަތުގެ ބޮލެވެ. އެއީ އެކަލޭގެފާނުގެ ބޮލާއި ހަށިގަނޑު ފަދައިންނެވެ. މި ހަށިގަނޑު އެކަލޭގެފާނު ގުޅުވައި ހިފެހެއްޓެވީ ފުރިހަމަ ގޮތުގައެވެ. އެއިން ކޮންމެ ގުނަވަނެއް އެ ގުނަވަނަކަށް ޚާއްސަ ކުރެވިފައިވާ މަސައްކަތެއް ކުރުމުން އެހެނިހެން ގުނަވަންތައް ހެދި ބޮޑެތިވުމަށް އެހީތެރި ވެދެއެވެ. އެހެންވީމާ، މުޅިހަށިގަނޑު ދުޅަހެޔޮ ކަމާއެކު ހެދިބޮޑުވެގެން ދަނީ ފުރިހަމަ ލޯތްބާއި އެކުގައެވެ. အခန်းကိုကြည့်ပါ။ |
ދުނިޔެ އުފެއްދެވުމުގެ ކުރިން މާތްރަސްކަލާނގެ އަހަރެމެން ޚިޔާރު ކުރެއްވީ އަލްމަސީޙާއި އެކުގައި އެއްބައިވަންތަ ކަމުގައިވުމަށެވެ. އެއީ އަހަރެމެން ބަދުނާމުތަކުން އެއްކިބާކުރުވާ މާތް ކުރެއްވުމަށެވެ. އެކަލާނގެ ލޯބިވެ ވޮޑިގެންނެވުމުގެ ސަބަބުން އީސާ އަލްމަސީޙު މެދުވެރި ކުރައްވާ އަހަރެމެން ވަނީ އެކަލާނގެ ދަރިންގެގޮތުގައި ޚިޔާރު ކުރައްވާފައެވެ. އެއީ އެކަލާނގެ އެދިވޮޑިގަންނަވާ އަދި އުފާފުޅުވެވޮޑިގަންނަވާ ގޮތުގެ މަތިންނެވެ.