Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:11 - ކިތާބުލް މުޤައްދަސާ

11 އަހަރެމެންގެ ތެރެއިން މަންދޫބުންގެ ގޮތުގައާއި، ނަބީންގެ ގޮތުގައާއި، ދިންނެވުން ލިބޭ އުފާވެރި ޚަބަރު ފާޅުކުރާ މީހުންގެ ގޮތުގައާއި، ދީނީ އިރުޝާދުވެރިންނާއި އަދި އެދުރުންގެ ގޮތުގައި އަލްމަސީޙު ބައެއް ފަރާތްތައް ޚިޔާރު ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:11
19 ပူးပေါင်းရင်းမြစ်များ  

އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ މީހުންގެ ތެރޭގައި ނަބީއިންނާއި އެދުރުބޭކަލުން ހިމެނުނެވެ. މި ބޭކަލުންނަކީ ބަރުނައްބާސް އާއި، ސިމިޔާނު އާއި (މީނާގެ ނަމަކަށް ކަޅު މީހާއޭ ވެސް ކިޔުނެވެ.) އަދި ގަލީލީގެ ވެރިއަކަށް ހުންނެވި ހެރޮދުގެ ގޭގައި ބޮޑުވި މަނައޭނު އާއި ޒައިރީނުގެ ރައްވެއްސެއް ކަމުގައިވާ ލޫސިޔުސް އާއި، އަދި ޝާއުލް އެވެ.


އެހެން ކަމުން އަހަރެން ކަލޭމެންނަށް ބުނަން. ކަލޭމެންގެ އަމިއްލަ ނަފްސުތަކާ މެދު ބަލައިގެން ރައްކާތެރިވެގެން އުޅޭ. އަދި މާތްރޫޙުފުޅު ކަލޭމެންނާއި ހަވާލު ކުރި މީހުން ކަމުގައި ވާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުންގެ މައްޗަށް ގެރިބަކަރި ހުއިހައްޕާ މީހަކު އޭނާގެ ގެރިބަކަރިތަކަށް ކާންދީ ބަލަހައްޓާ ފަދައިން ކަމޭހިތައިގެން ބަލާތި. އެ ޖަމާޢަތުގެ މީހުންނަކީ ޚޮދު އެކަލޭގެފާނުގެ ލޭ ފޮދުން އަގު ދައްކާ ގަނެފައިވާ ބަޔެއް. އެމީހުންގެ މައްޗަށް ކަލޭމެން ބޮޑުން ކަމުގައި ލެއްވީ މާތްރޫޙުފުޅު.


އަނެއްދުވަހު އަހަރެމެން ކައިސަރިޔާއަށް ދިޔައީމެވެ. އެ ރަށަށް ގޮސް އަހަރެމެން ދިޔައީ ދިންނެވުން ލިބޭ އުފާވެރި ޚަބަރު ފާޅު ކުރާ މީހެއް ކަމުގައިވާ ފިލިޕުގެ ގެއަށެވެ. މީނާއަކީ އެތައް އަހަރެއް ކުރިން މީސްތަކުންނަށް ކާތަކެތި ބެހުމަށް އީސާގެފާނުގެ މަންދޫބުންނަށް އެހީވެދިނުމަށް ހޮވުނު ހަތްމީހުންގެ ތެރެއިން އެކަކެވެ.


އަހަރެމެން ހުރިހާ އެންމެންނަކީ ބިނާކުރެވިފައިވާ ޢިމާރާތުގެ ބައެކެވެ. މަންދޫބުންނާއި ނަބީންނަކީ އެ ޢިމާރާތުގެ ބިންގައު ފަދައިންވާ ބައެއްމެއެވެ. އަދި އެ ޢިމާރާތުގެ އެންމެ މުހިންމު ބުންޔާދަކީ އަލްމަސީޙު އީސާގެފާނުގެ އަމިއްލަ ނަފްސުފުޅެވެ.


މާޒީގައި ވީ ޖީލުތަކަށް މިސިއްރު މާތްރަސްކަލާނގެ ހާމަ ނުކުރައްވައެވެ. ނަމަވެސް މިއަދު އެކަލާނގެ މާތްރޫޙުފުޅު މެދުވެރި ކުރައްވާ އެކަލާނގެ މަންދޫބުންނާއި ނަބީންނަށް މި ސިއްރު ހާމަކޮށްދެއްވިއެވެ.


މުޤައްދަސް ފަތްފުށްތަކުގައި ބަޔާން ކުރައްވާފައިވާ ފަދައިންނެވެ. ”⁠އެކަލޭގެފާނު އެންމެ އުސް ތަނުގެ މައްޗަށް އެރުއްވި ހިނދު، އެތަކެއް ގައިދީންނެއް ސަފުތަކުގައި ހިންގާފައިގެން ދިޔައޭ. އަދި މީސްތަކުންނަށް އެކަލޭގެފާނު ގިނަގުނަ ނިޢުމަތްތައް ދެއްވިއޭ.⁠“


އެކަމަކު ކޮންމެ ޙާލަތެއްގައި ވެސް ތިބާގެ ވިސްނުން ސާފުކަމާއެކު ބަހައްޓާށެވެ. މާތް ސާހިބާއަށްޓަކައި އުފުލަންޖެހޭ ވޭން ބަރުދާސްތު ކުރާށެވެ. އަލްމަސީޙުގެ ކިބަޔަށް މީސްތަކުން ގެނައުމަށް މަސައްކަތް ކުރާށެވެ. ތިބާއަށް މާތްރަސްކަލާނގެ ދެއްވި އުނގަންނައި ދިނުމާއެކު މަސައްކަތް ފުރިހަމަ ކުރާށެވެ.


މިހާރު ކަލޭމެން ތިއީ އެދުރުންގެ ގޮތުގައި ތިބެންޖެހޭ މީހުންނެވެ. އެކަމަކު ކަލޭމެންނަށް އަދިވެސް މި ޖެހެނީ މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތަކުގެ އެންމެ އަސާސީ ކަންތައް ވެސް ބުނެދޭށެވެ. ކަލޭމެންނީ އަދިވެސް ހަރުކާނާ ނުކެވޭ ކިރުބޯ ޅަދަރިންތަކެއް ފަދަ ބައެކެވެ.


އަހަރެންގެ ލޮބުވެތި އެކުވެރިންނޭވެ! ތިޔަބައިމީހުން ހަނދާނުގައި ބަހައްޓަންވީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ މަންދޫބުން ތިޔަބައިމީހުންނަށް އުނގަންނައިދިން ތަކެއްޗެވެ.


ސުވަރުގޭގެ އަހުލުވެރިން އުފަލުގައިވާށެވެ. އެހެނީ އެ ސަހަރުގެ ނިމުން ހުރިގޮތާއި މެދު ވެސްމެއެވެ! މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ނަބީބޭކަލުންނާއި މަންދޫބުން އުފަލުގައިވާށެވެ. އެހެނީ ތިޔަބައިމީހުންނާއި މެދު އެ ސަހަރު އަމަލުކުރި ކުރުމުގެ ޢުޤޫބާތް މާތްރަސްކަލާނގެ އެ ސަހަރަށް ދެއްވައިފިއެވެ!


ސަހަރުގެ ފާރު ރާނާފައި ވަނީ ބިންގަލުގައި ބާރަ ގާ ޖަހައިގެންނެވެ. އެއިން ކޮންމެ ގަލެއްގައި ޅަކަންބަޅީގެ ބާރަ މަންދޫބުންގެ ނަން ލިޔެވިގެންވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ