އެފޭސުސްގެ މަސީޙީންނަށް ސިޓީ 4:10 - ކިތާބުލް މުޤައްދަސާ10 އަދި މި ޢިބާރާތުގެ މާނަ މިފަދައިން ވެސް ބުނެދެއްވައެވެ. މި ދުނިޔޭގެ އެންމެ ފުންމިނަށް ފީނެއްވި ކަލޭގެފާނާއި އަދި އެންމެ އުހަށް އެރުއްވި ކަލޭގެފާނު ތަފާތެއް ނެތްކަމެވެ. އެހެނީ، މުޅި މި ކާއިނާތު ފުރާފުރިހަމަ ކޮށްދެއްވާނީ އެކަލޭގެފާނެވެ. အခန်းကိုကြည့်ပါ။ |
އެހެން ކަމުން އެމީހުން ބުންޏެވެ. ”މިފަދަ އެއްޗެއް އިރާލައިގެން ބަހާނެ ކަމެއް ނެތް. މި ލިބެނީ ކާކަށްތޯ ބަލަން އޭގެ މައްޗަށް ގުރުއަތުލާން ހިނގާ.“ މިހެން ކަންތައް ވުމުގެ ސަބަބުން ބާވައިލެއްވުނު ފޮތުގައި ޣައިބުގައި ލިޔެވިގެންވީ ބަސްފުޅުތައް ތެދަކަށް ވިއެވެ. އެހެނީ މިފަދައިން ލިޔެވިގެންވެއެވެ. ”އަހަރެންގެ އަންނައުނު އެމީހުން އެކަކު އަނެކަކަށް ބަހާލިއެވެ. އަދި އަހަރެންގެ ގައިގައި ވީ ރިދާކޮޅު ލިބޭނެ މީހަކު ބެލުމަށް އެމީހުން ގުރުއަތުލިއެވެ.“ އެމީހުން އެފަދައިން ކަންތައްކުރި އިރު،
މާތްރަސްކަލާނގެ އީސާގެފާނު އުޑަށް އުފުއްލަވައިފި. އެކަލޭގެފާނު މިހާރު ވަނީ އެކަލާނގެ ކަނާއަތް ފަރާތުގައި ސުވަރުގޭގައިވާ އެންމެ މަތިވެރި ތަހުތުކޮޅުގަ. ބައްޕާފުޅު ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން އީސާގެފާނަށް މާތްރޫޙުފުޅު ދެއްވި. އަދި އީސާގެފާނު އެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި. ތިޔަބައިމީހުންނަށް ތި ފެނި އިވޭ ކަންތައްތަކަކީ އެއީ.
އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.