Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 3:9 - ކިތާބުލް މުޤައްދަސާ

9 އަދި މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވީ ރޭއްވެވުން ފުރިހަމަ ވެފައި ވަނީ ކޮންގޮތަކަށްތޯ މީސްތަކުންނަށް ދައްކައި ދިނުމަށެވެ. މާތްރަސްކަލާނގެއީ އެންމެހާ ތަކެތި ޚަލްޤު ކުރެއްވި ފަރާތެވެ. މާޒީވެ ދިޔަ ޒަމާންތަކުގައި އެކަލާނގެ ވަންހަނާ ކުރެއްވި ސިއްރު ވަނީ ހިފަހައްޓަވާފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 3:9
38 ပူးပေါင်းရင်းမြစ်များ  

އަހަރެން މިތަކެތި ތިޔަބައިމީހުންނަށް އުނގަންނައި ދެމުން މިގެންދަނީ އަނދިރީގަ. ނަމަވެސް އަހަރެން ބޭނުންވަނީ މިތަކެތި ތިޔަބައިމީހުން އަލިކަމުގެ ތެރޭގައި ބުނެދިނުމަށް. ތިޔަބައިމީހުންނަށް އިވިގެންވާ ކަންތައް ތިޔަބައިމީހުންގެ ކަންފަތް ކައިރީގައި ސިއްރުސިއްރުން ބުނެވިފައިވީ ކަމުގައިވިޔަސް ގޭގޭގެ ފުރާޅުމަތީގައި ތިބެ ތިޔަބައިމީހުން ހަރުއަޑުން އެތަކެތި ގޮވަމުން ދޭ.


މީގެ ސަބަބުން ނަބީބޭކަލުން މެދުވެރި ކުރައްވައި މާތްރަސްކަލާނގެ ދެއްވި މި ވަޙީބަސްފުޅު ތެދުކަން ހާމަވެގެން ހިނގައްޖެއެވެ. ”⁠އަހަރެން މީހުންނަށް މުޚާތަބު ކުރާނީ މާނަފުން ވާހަކަތަކުން. ދުނިޔެ އުފެއްދެވީއްސުރެން ވަންހަނާ ކުރެވިގެންވާ ކަންތައްތައް އަހަރެން ބުނެދޭނަން.⁠“


ދެން ރަސްގެފާނު އެމަނިކުފާނުގެ ކަނާތްޕުޅު ފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ބައްޕާފުޅު ތިޔަބައިމީހުންނަށް ބަރަކާތް ލައްވައިފި! ދުނިޔެ އުފެއްދެވުމުގެ ކުރިން ތިޔަބައިމީހުންނަށް ޓަކައި ތައްޔާރު ކުރެވިފައިވާ ރަސްކަން ލިބިގަތުމަށް އާދޭ.


އެހެންވީމާ އެންމެހާ ޤައުމުތަކަށް ގޮސް އަހަރެންގެ އަސްޙާބީން އުފައްދާ. މަތިވެރި ބައްޕާފުޅާއި ދަރިކަލުންނާއި އަދި މާތްރޫޙުފުޅުގެ ނަންފުޅުމަތީ އެމީހުން ތައުބާގެ ހިނެވުމުން ހިނަވާ. ހަމައެހެންމެ އަހަރެން ތިޔަބައިމީހުންނަށް ކިޔަމަންތެރިވުމަށް އަމުރުކުރި އެންމެހާ ކަންތައްތައް އެބައިމީހުންނަށް އުނގަންނައިދީ. އަދި އަހަރެން ބުނަން. ދުނިޔެ ނިމިގެން ދިއުމަށް ދާންދެން ތިޔަބައިމީހުންނާއި އެކުގައި ދާއިމަށް އަހަރެން ވާނަން.⁠“


އަދި މި ގޮވާލެއްވުން ދުނިޔޭގެ ހުރިހާ ޤައުމަކަށް ގޮވާލެވޭނެ. މި ގޮވާލެއްވުމަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙުގެ ނަންފުޅުގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމުން އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމުގެ ގޮވާލެއްވުން. މި ގޮވައިލެއްވުން ދުނިޔޭގެ ޤައުމުތަކަށް ފެތުރޭނީ ޖެރޫސަލަމުން.


ބައްޕާފުޅާއި އަހަރެންނާއި މިއީ އެކައްޗެއް.⁠“


ނަމަވެސް އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ބައްޕާފުޅު ވެސް މަސައްކަތް ކުރެއްވުން ހުއްޓައެއް ނުލައްވާ. އެހެންވީމާ އަހަރެން ވެސް މަސައްކަތް ހުއްޓައެއް ނުލާނަން.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ނަމަވެސް ހަމަ ޔަޤީން ކަށަވަރު. ދަރިކަލުންނަކަށް އެއްވެސް ކަމެއް އެކަންޏެއް ނުކުރެއްވޭނެ. ދަރިކަލުން ކުރައްވާ ހުރިހާ ކަމަކީ ވެސް ބައްޕާފުޅު ކުރައްވާތީ ދަރިކަލުންނަށް ފެންނަ ކަންތައް. އެއީ ދަރިކަލުން ކުރައްވަނީ ހަމަ ބައްޕާފުޅު ކުރައްވަމުން ގެންދަވާ ކަންތައްތައް.


މިއީ އެތައް ޒަމާނެއްގެ ކުރިން ތިމަންކަލާނގެ ކުރެއްވި ވަޢުދުފުޅެކޭ.⁠‘⁠“


ދުނިޔެ އުފެއްދެވުމުގެ ކުރިން މާތްރަސްކަލާނގެ އަހަރެމެން ޚިޔާރު ކުރެއްވީ އަލްމަސީޙާއި އެކުގައި އެއްބައިވަންތަ ކަމުގައިވުމަށެވެ. އެއީ އަހަރެމެން ބަދުނާމުތަކުން އެއްކިބާކުރުވާ މާތް ކުރެއްވުމަށެވެ. އެކަލާނގެ ލޯބިވެ ވޮޑިގެންނެވުމުގެ ސަބަބުން އީސާ އަލްމަސީޙު މެދުވެރި ކުރައްވާ އަހަރެމެން ވަނީ އެކަލާނގެ ދަރިންގެގޮތުގައި ޚިޔާރު ކުރައްވާފައެވެ. އެއީ އެކަލާނގެ އެދިވޮޑިގަންނަވާ އަދި އުފާފުޅުވެވޮޑިގަންނަވާ ގޮތުގެ މަތިންނެވެ.


ތިޔަބައިމީހުންނަށް އެހީތެރިވެދިނުމަށްޓަކައި އަހަރެންގެ މައްޗަށް މާތްރަސްކަލާނގެ ނިޢުމަތްފުޅުން އަހަރެން ޚިޔާރު ކުރެއްވި ގޮތުގެ ވާހަކަ ތިޔަބައިމީހުން ވާނީ ހަމަ ޔަޤީނުން ވެސް އަޑުއަހާފައެވެ.


އަދި އަހަރެންނަށްޓަކައި ވެސް ދުޢާ ކޮށްދޭށެވެ. އެއީ ބަސްބުނުމަށް އަހަރެން ތައްޔާރުވާހިނދު ބިރުވެތިނުވެ ހެޔޮ ބަސް ބުނުމުގެ ކުޅަދާނަކަން މާތްރަސްކަލާނގެ ދެއްވުމަށެވެ. އޭރުން ހެޔޮޚަބަރުފުޅާއި މެދުގައި ވީ ސިއްރު ފައުޅުކުރުމުގެ ހިތްވަރު އަހަރެންނަށް ލިބިދެއްވާނެއެވެ.


އެކަމަކު ތިޔަބައިމީހުން މި ޙަޤީޤަތް ގަބޫލުކޮށް އޭގެ މަތީގައި ސާބިތުވެ ތިބެން ޖެހެއެވެ. ތިޔަބައިމީހުންނަށް ހެޔޮޚަބަރުފުޅު ލިބުނު ހިނދުން ފެށިގެން ތިޔަބައިމީހުންނަށް ލިބުނު މި ޔަޤީންކަމާ ދުރަށް ބެހިގެން ނުގޮސް ތިބޭށެވެ. އެ ހެޔޮޚަބަރުފުޅު މުޅި ދުނިޔޭގައި ވަޢުޡު އިއްވެމުން ދިޔައެވެ. އަދި މާތްރަސްކަލާނގެ އަހަރެން، ޕައުލް ޚިޔާރު ކުރެއްވީ ހެޔޮޚަބަރުފުޅު އިޢުލާނު ކުރުމަށް ވެސްމެވެ.


މި ރިސާލަތަކީ އިސްވެ ދިޔަ ގަރުނުތަކާއި ދަރިފަސްކޮޅުތަކަށް ސިއްރު ކުރެވިފައިވާ ކަންތަކެއް ވެސް މެއެވެ. އެކަމަކު މިއަދު މިވަނީ މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނަށް އެކަންތައް އެނގި ފާޅުވެފައެވެ.


އެހެނީ ތިޔަބައިމީހުން ތިޔަތިބީ މިދުނިޔެއަށް މަރުވެފައެވެ. ތިޔަބައިމީހުންގެ އަސްލު ޙަޔާތް ވަނީ އަލްމަސީޙާއެކު މާތްކަލާނގެ ކިބަފުޅުގައި ރައްކާތެރި ކުރެވިފައެވެ.


އަދި ތިޔަބައިމީހުން ދުޢާކުރާ ހިނދު އަހަރެމެންނަށްޓަކައި ވެސް ދުޢާކޮށްދޭށެވެ. އެއީ މާތްރަސްކަލާނގެ ރިސާލަތު އަންގައި ދިނުމަށް ގިނަ ފުރުސަތު ލިބުމަށް އެދިއެވެ. އަދި އަލްމަސީޙާ ބެހޭގޮތުން ކުރީގައި އެނގިފައި ނުވާ ޚަބަރުފުޅުތައް ހުރިހާ އެންމެންނަށް އުނގަންނައި ދެވޭނެ ގޮތް މެދުވެރި ވުމަށް އެދިއެވެ. އަހަރެން ޖަލުގައި ހައްޔަރު ކުރެވި ހިލިހިލާ ޖެހިފައި ވަނީ ވެސް އެ ސަބަބަށްޓަކައެވެ.


މާތްސާހިބާ ތިޔަބައިމީހުން ދެކެ ލޯބިވެ ވަޑައިގަންނަވާ އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުގައި އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެހެނީ ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ދެއްވުމުގައި މާތްރަސްކަލާނގެ ވަނީ ތިޔަބައިމީހުން ފުރަތަމައިން ޚިޔާރު ކުރައްވާފައެވެ. އެކަލާނގެ މާތްރޫޙުފުޅުން ތިޔަބައިމީހުން ވަނީ ޤުދުސީ ކުރައްވާފައެވެ. އަދި ތެދު ބަސްފުޅާއިމެދުގައި އީމާންވުމުން ތިޔަބައިމީހުން ވަނީ ސަލާމަތް ވެގެން ވެސް މެއެވެ.


އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.


އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވައި އެކަލާނގެއަށް މުޤައްދަސް ބައެއްގެ ގޮތުގައި އަހަރެމެން ލެއްވިއެވެ. އެއީ ފަހަރެއްގައި ވެސް އަހަރެމެންގެ އަމަލުތައް ހުރި ގޮތަކުން ނޫނެވެ. ނަމަވެސް އެކަލާނގެ އަމިއްލަ މަގުސަދަށްޓަކައި ލެއްވި މަތިވެރި ނިޢުމަތްފުޅެކެވެ. މި ނިޢުމަތްފުޅަކީ އީސާ އަލްމަސީޙު މެދުވެރި ކުރައްވާ ދުނިޔެ އުފެއްދެވުމުގެ ކުރިން އެކަލާނގެ އަހަރެމެންނަށް ދެއްވި މަތިވެރި ނިޢުމަތެކެވެ.


ނަމަވެސް މާތްސާހިބާ އަހަންނަށް ހިތްވަރު ދެއްވުމަށް އަހަރެންގެ ގާތު ހުންނެވިއެވެ. އެއީ އަލްމަސީޙުގެ އުފާވެރި ޚަބަރު ހުރިހާ ބަނީއިސްރާއީލުނޫން ދަރިކޮޅުގެ މީހުންނަށް ފެށުނީއްސުރެން ނިމެންދެން އަންގައިދީ އެމީހުން ލައްވާ އަޑު އެހުވީމެވެ. އެކަމުން އަހަރެން ބަނޑުހައި ވެފައިވާ ސިންގާއެއްގެ ޝިކާރައަކަށްނުވެ ސަލާމަތްވިއެވެ.


މި ގޮތަށް ތެދުވެރިކަމުގައި ދެމިހުރުމުން ނިމުންނުވާ ޙަޔާތް ލިބުމުގެ އިތުބާރު ލިބިދޭނެއެވެ. އެއީ ޒަމާން ފެށުމުގެ ކުރިން އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިންނެވެ. އަދި އެކަލާނގެ ދޮގެއް ނަހައްދަވައެވެ.


ދުނިޔެ އުފެއްދުވުމުގެ އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެކަލޭގެފާނު ޚިޔާރު ކުރެއްވީ މި މަގުސަދަށްޓަކައެވެ. ނަމަވެސް މިފަހަކަށް އައިސް މީސްތަކުންނަށް ފެނިދެނިވި ގޮތެއްގައި އެކަލޭގެފާނު ވަނީ މި ދުނިޔެއަށް ވަޑައިގަންނަވާފައެވެ. އަދި އެކަލޭގެފާނު މިފަދައިން އަމަލު ކުރެއްވީ ތިޔަބައި މީހުންނަށްޓަކައެވެ.


ދުނިޔޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންގެ ތެރެއިން ދުނިޔެ ޚަލްޤު ކުރެއްވުމުގެ ކުރިން ޤަތުލުކުރެވިފައިވާ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެން ނުވާ ހުރިހާ ފަރާތްތަކެއް މި ކަނޑު ދާއްބައަށް އަޅުކަން ކުރާނެއެވެ.


އެއަށް ފަހު، ދުނިޔޭގައި ތިބި މީސްތަކުންނާއި، އެންމެހައި ޤައުމުތަކާއި، އެންމެހައި ޤަބީލާތަކާއި، އެންމެހައި ބަހުރުވަތަކުންނާއި އަދި އެންމެހައި ނަސްލުތަކަށް ދާއިމީ ހެޔޮޚަބަރުފުޅު އިޢުލާންކުރަމުން ވަރަށް މަތިން ވައިގެ ތެރޭގައި އުދުހެމުން ގެންދިޔަ މަލާއިކަތަކު އަހަރެން ދުށީމެވެ.


ތިބާއަށް މިހާރު ތިޔަ ފެންނަ ދާއްބައަކީ އެއްއިރެއްގައި ދިރިއުޅެފައިވާ، އެކަމަކު މިހާރު ދިރިނޫޅޭ އެއްޗެއް. އޭތި ފޫނެތް ފުން ވަޅުގަނޑުން އަލުން ނުކުމެގެން އަންނާނެ. އެކަމަކު އޭތި ނައްތާލެވޭނެ. ބިންމަތީގައި ތިބި އެބައެއްގެ ނަންތައް ޙަޔާތުގެ ފޮތުގައި ލިޔެވިފައި ނުވާ މީހުންނަށް، މިއީ ހައިރާންވާ ވަރުގެ ކަމެއް. އެހެނީ އެފޮތުގައި ލިޔެވިފައިވާ ނަންތަކަކީ ޚަލްޤު ކުރެއްވުމުގެ މާކުރީގައިވެސް ލިޔެވިފައިވާ ނަންތަކެއް. އެމީހުން ހައިރާންވަނީ އެއް އިރެއްގައި ދިރި އުޅެފައިވާ، އެކަމަކު މިހާރު ދިރި ނޫޅޭ ދާއްބައެއް އަލުން ދިރިގެން އަންނަތަން ފެނުމުން.


”⁠އަޅަމެންގެ ސާހިބުވަންތަ ރަސްކަލާކޮ! ޖަލާލަތާއި ގަދަރާއި ބާރު ލިބިގަތުމަށް އިނބަރަސްކަލާނގެ ކިބަފުޅަށް އެކަށީގެންވޭ. އެހެނީ ހުރިހާ ތަކެއްޗެއް ޚަލްޤު ކުރެއްވީ އިނބަރަސްކަލާނގެމެ. އަދި އިނބަރަސްކަލާނގެ ރުހިވޮޑިގެންވާ ފަދައިން އެތަކެއްޗަށް ދިރިހުރުމާއި އަދި ޙަޔާތު ދެއްވިން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ