މިއަށް ފަހު އަހަރެން އެނބުރި ޖެރޫސަލަމަށް އައިސް ބައިތުލް މަޤްދިސްގައި ދުޢާ ކުރަން އިންދާ އަހަންނަށް ހޭލާ ހުއްޓާ ހުވަފެނެއް ފަދައިން ފެނުނީ މާތް ސާހިބާ މި ފަދައިން ބުނި އަޑު. ’އަވަސް ކުރާށޭ. ވިހާ ވެސް އަވަހަކަށް ޖެރޫސަލަމުން ދާށޭ. އެއީ ކަލޭ އަހަރެންނާއި މެދު ބުނާ އެއްވެސް ބަހެއް އަދި ހެއްކެއް ވިޔަސް މި ރަށުގެ މީހުން ގަބޫލެއް ނު ކުރާނޭ.‘