އެފޭސުސްގެ މަސީޙީންނަށް ސިޓީ 3:21 - ކިތާބުލް މުޤައްދަސާ21 މާތްރަސްކަލާނގެއީ އަބަދަށްމެ މަސީޙީ ޖަމާޢަތުގައްޔާއި އީސާ އަލްމަސީޙާއި މެދުގައި ވީ އުޖާލާކަމެއް ކަމުގައިވާށި އެވެ! އާމީން. အခန်းကိုကြည့်ပါ။ |
އަދި މިހުރިހާ ކަމެއް ގެނެސްދެނީ އެކަލާނގެއަށްޓަކައި އަހަރެމެން ޙަމްދާއި ސަނާ ކިޔުމަށެވެ. ސަބަބަކީ އަހަރެމެންނަށްޓަކައި އެކަލާނގެ ލެއްވި ޙައިރާން ކުރުވަނިވި ނިޢުމަތްފުޅެވެ. އެ ނިޢުމަތްފުޅު އެކަލާނގެ އަހަރެމެންނަށް ދެއްވީ އަގަކާއިނުލައެވެ. އެއީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ދަރިކަލުން، އަލްމަސީޙު މެދުވެރިކުރައްވައެވެ.
އަހަރެންގެ ދުޢާއަކީ އަހަރެމެން އެންމެންގެ ކިބައިގައި އެ މަތިވެރި ކަލާނގެ ރުހިވޮޑިގެންވާނެ ފަދަ ހެޔޮކަންތައް ކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ލެއްވުމެވެ. އީސާގެފާނު މެދުވެރިވެ އެކަލާނގެ ރުހިވޮޑިގަންނަވާ ފަދައިން ކަންތައް ކުރެވޭނެ ގޮތް އަހަރެމެންގެ ކިބައިގައި ލައްވާށިއެވެ. ހުރިހާ ވެސް ޖަލާލަތުކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!
އަދި މިހާރު މާތްރަސްކަލާނގެ ތިޔަބައިމީހުން ބިނާ ކުރައްވަނީ އެކަލާނގެ ރޫޙާނީ ގެކޮޅުގައި ވީ ދިރިހުރި ހިލަތަކެއްފަދައިންނެވެ. މީގެ އިތުރުން ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ އިމާމުން ތަކެކެވެ. އަދި ތިޔަބައިމީހުންނީ އީސާ އަލްމަސީޙުގެ އެހީތެރިކަމާއެކު މާތްރަސްކަލާނގެއަށް ހުށަހެޅޭ ރޫޙާނީ ޤުރުބާންތައް ހުށަހަޅައިދެވޭފަދަ މާތް އިމާމުންތަކެކެވެ.