އެފޭސުސްގެ މަސީޙީންނަށް ސިޓީ 3:16 - ކިތާބުލް މުޤައްދަސާ16 އެކަލާނގެ ނޫރުފުޅުގެ މުއްސަނދިކަމުން ތިޔަބައިމީހުންގެ ހިތްތައް އެކަލާނގެ ރޫޙުފުޅުގެ ބާރުން ވަރުގަދަ ކޮށްދެއްވުމަށް އެދި އަހަރެން ދުޢާ ދަންނަވަމެވެ. အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުންގެ ހިތްއަލިކުރެއްވުން އެދި އަހަރެން ދުޢާ ދަންނަވަމެވެ. އޭރުން އެކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކަށް ދެއްވުމަށް އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވި އުންމީދަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގިގެންވާނެއެވެ. އަދި އެކަލާނގެ މުޤައްދަސްކުރެއްވި ފަރާތްތަކަށް އެކަލާނގެ ދެއްވާ ތަރިކައިގެ މަތިވެރިކަމާއި މުއްސަނދިކަން ތިޔަބައިމީހުންނަށް ވިސްނޭނެއެވެ.
މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންގެ ތެރެއިން އަހަރެންނީ އެންމެ ނިކަމެތި އިންސާނާއެވެ. ނަމަވެސް މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާ އަހަރެން ޚިޔާރު ކުރެއްވީ ބަނީއިސްރާއީލު ދަރިކޮޅުގެ އަހުލުވެރިން ނޫން ދަރިކޮޅުތަކަށް އަލްމަސީޙުގެ ރަޙުމަތްފުޅާއި ބަރަކާތާއި ނިޢުމަތްފުޅަކީ މިން ކުރެވޭނޭ ކަމެއް ނޫންކަމުގެ ހެޔޮޚަބަރުފުޅު ދިނުމަށެވެ.
މާތްކަލާނގެ އެ މީހުންނަށް މި ފާޅު ކުރައްވަނީ ހައްދެއް ނެތްފަދަ އިއްޒަތްތެރި އަދި ސިއްރެކެވެ. މި ސިއްރަކީ ބަނީއިސްރާއީލުން ނޫން މީހުންގެ ކިބައިގައި ވެސް އަލްމަސީޙު ވާނެ ކަމުގެ ވާހަކައެވެ. އެހެންކަމުން އެކަލޭގެފާނުގެ ޖަލާލަތުކަން އައުމުން ތިޔަބައިމީހުންނާ ވެސް އެ ޖަލާލަތުކަން ޙިއްސާވެގެން ދާނެ ކަމުގެ މަތިވެރި އުންމީދު ތިޔަބައިމީހުންނަށް ލިއްބައިދޭނެ ކަމުގެ ޔަޤީންކަމެވެ.
އަހަރެންގެ މަގުސަދަކީ އެމީހުންނަށް ހިތްވަރު ދިނުމެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ލޮބުވެތިވެ އެއްބައިވަންތަކަމާއެކު ގުޅި ލާމެހިފައިވުމެވެ. އަހަރެންގެ އެދުމަކީ އެމީހުންނަށް މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ރޭވުންތަކާ ބެހޭ ޚަބަރުތައް ކަމަށްވާ އަލްމަސީޙާ ބެހޭ ޚަބަރުތައް، އެމީހުންނަށް ފުރިހަމައަށް ޔަޤީންކުރެވި އޮޅުންފިލުވައި ދިނުމެވެ.
ނަމަވެސް މާތްސާހިބާ އަހަންނަށް ހިތްވަރު ދެއްވުމަށް އަހަރެންގެ ގާތު ހުންނެވިއެވެ. އެއީ އަލްމަސީޙުގެ އުފާވެރި ޚަބަރު ހުރިހާ ބަނީއިސްރާއީލުނޫން ދަރިކޮޅުގެ މީހުންނަށް ފެށުނީއްސުރެން ނިމެންދެން އަންގައިދީ އެމީހުން ލައްވާ އަޑު އެހުވީމެވެ. އެކަމުން އަހަރެން ބަނޑުހައި ވެފައިވާ ސިންގާއެއްގެ ޝިކާރައަކަށްނުވެ ސަލާމަތްވިއެވެ.