Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 3:14 - ކިތާބުލް މުޤައްދަސާ

14 މާތްރަސްކަލާނގެ ޙިކުމަތްވަންތަކަމާ އަދި އެކަލާނގެ ރޭއްވެވުމުގެ ކުޅަދުންވަންތަކަމާ މެދު އަހަރެން ވިސްނާހިނދު އަހަރެން ކަކޫމައްޗަށް ތިރިވެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެއަށް ދުޢާ ދަންނަވަމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 3:14
16 ပူးပေါင်းရင်းမြစ်များ  

ދެން އެކަލޭގެފާނު އެމީހުންނާއި ތަންކޮޅެއް ދުރަށް ވަޑައިގެން ކަކޫފުޅު މައްޗަށް ތިރިވެ ދުޢާފުޅު ކުރައްވަން ފެއްޓެވިއެވެ.


ޕައުލް މި ވާހަކަތައް ދެއްކުމަށް ފަހު ކަކޫމައްޗަށް ތިރިވެ އެމީހުންނާއި އެކު މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރިއެވެ.


ނަމަވެސް ހަމަ އެ ހަފްތާ ހަމަވުމާއި އެކު އަހަރެމެން އަނެއްކާވެސް އަހަރެމެންގެ ދަތުރުގައި ކުރިއަށް ދިޔައީމެވެ. އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ ހުރިހާ ފިރިހެނުން އެމީހުންގެ އަނބިންނާއި ދަރިންނާއި އެކު އަތިރިމައްޗަށް އަހަރެމެން ފުރުވަން އައެވެ. އަދި އެތާނގައި އަހަރެމެން އެންމެން ކަކޫ މައްޗަށް ތިރި ވެ މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރީމެވެ.


އޭނާ ބިންމަތީ ކަކޫ ޖަހައިގެން އޮވެ ރޮއެގަތެވެ. ”⁠މާތްސާހިބާ. އެމީހުންގެ މި ފާފައިގެ އަޒާބު އެމީހުންނަށް ނުދެއްވާފާނދޭ.⁠“ ހަމަ އެހެން ބުނެ ނިމުނު ވަގުތު އޭނާގެ ފުރާނަ ދިޔައެވެ.


ޕަތަރަސް އެތާނގައި ތިބި އެންމެންނަށް އެތަނުން ދިއުމަށް އެންގިއެވެ. ދެން ޕަތަރަސް ކަކޫމައްޗަށް ތިރިވެ ދުޢާ ކުރިއެވެ. ދެން ތަބިތާގެ ގަބުރާއި ދިމާއަށް އެނބުރި އޭނާ ބުންޏެވެ. ”⁠ތަބިތާ، ތެދުވޭ.⁠“ އެހެން ބުނުމާއި އެކު ތަބިތާގެ ދެ ލޯ ހުޅުވުނެވެ. އަދި އޭނާއަށް ޕަތަރަސް ފެނުމާއި އެކު ތެދުވެ އިށީނެވެ.


އެންމެހާ ހަމްދާ ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާއަލްމަސީޙުގެ ބައްޕާފުޅު މާތްރަސްކަލާނގެއަށެވެ. އެއީ އަހަރެމެން އަލްމަސީޙާއި އެކުގައި ވީ އެއްބައިވަންތަކަމުން އެކަލާނގެ އަހަރެމެންނަށް އުޑުތަކުގެ ހުރިހާ ރޫހާނީ ރަޙުމަތެއްލެއްވިއެވެ.


މި ދުނިޔޭގައްޔާއި އަދި އުޑުގައި ވީ އެންމެހައި ފަރާތްތަކަށް ދިރުންލިބިގެން ވަނީ އެކަލާނގެ ކިބަފުޅުންނެވެ.


އެހެންވީމާ، މިދުނިޔެ އާއި ސުވަރުގޭގެ އިތުރުން އަދި މަރުވެ ދިޔަ ހުރިހާ އެންމެން އީސާގެފާނުގެ ނަންފުޅަށް ސަޖިދަ ކޮށް އަޅުކަން ކުރާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ