އެފޭސުސްގެ މަސީޙީންނަށް ސިޓީ 3:10 - ކިތާބުލް މުޤައްދަސާ10 މި އުސޫލުގެ މަތިން މި ޒަމާނުގައި މަސީޙީ ޖަމާޢަތުގެ މެދުވެރި ކުރެއްވުމާއި، އުޑުތަކުގައިވާ ރޫޙާނީ އިސްވެރިންނާއި ބާރުވެރިންނަށް ވަނީ އެކަލާނގެ ތަފާތު ޙިކުމަތްތެރިކަން އެނގިފައެވެ. အခန်းကိုကြည့်ပါ။ |
އެހެނީ އުޑުގައި ވާނަމަ ވާހައި ތަކެއްޗަކާއި ބިމުގައިއާއި އަދި ފެންނަ ނުފެންނަ ހުރިހާ ތަނެއްގައިވާހައި އެއްޗެއްމެ މާތްކަލާނގެ އުފެއްދެވީ އެކަލޭގެފާނު މެދުވެރިކުރައްވައެވެ. އަދި އެހުރިހާ ތަކެއްޗެއް އުފެއްދެވީ ވެސް އެކަލޭގެފާނަށްޓަކައެވެ. އެއީ ދުނިޔޭގެ ވެރިކަމާއި، އެވެރިކަމުގެ ބާރާއި އެވެރިކަން ކުރާ ރަސްރަސްކަލުންނާއި އެރަސްރަސްކަލުންގެ ތަޙުތުތައް ކަމުގައި ވިޔަސްމެ އެވެ.
އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.
ނަމަވެސް އެބޭކަލުންނަށް އަންގަވައިދެއްވި ގޮތުގައި މި ޙާދިސާތައް ހިނގައިދާނީ އެބޭކަލުންގެ ޙަޔާތުގެ ދުވަސްތަކުގައެއްނޫނެވެ. އޭގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ތިޔަބައިމީހުންގެ ޙަޔާތުގައެވެ. އަދި މިއަދު ހެޔޮޚަބަރުފުޅު އިޢުލާނު ކުރެވި، ސުވަރުގެއިން ލިބިގެންވާ މާތްރޫޙުފުޅު ލިބިގެންވާ ބަޔަކު ތިޔަބައިމީހުންނަށް އެބަސްފުޅުން ވަޢުޡު އިއްވައިދެއެވެ. މަލާއިކަތުން ވެސް ޝައުގުވެރިކަމާއެކު މި ކަންތައްތައް ދެކެން ބޭނުންވެފައި ވެއެވެ.