Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 2:7 - ކިތާބުލް މުޤައްދަސާ

7 މާތްރަސްކަލާނގެ މިފަދައިން އަމަލު ކުރެއްވީ އީސާ އަލްމަސީޙު ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން އެކަލާނގެ އަހަރެމެންނާއިމެދު އޯގާތެރިވެ ވޮޑިގަންނަވައި ދެއްވާ އަދަދު ނުކުރެވޭނެ މަތިވެރި ނިޢުމަތްފުޅު ކުރިމަގުގައިވާ ޒަމާންތަކަށް ދެއްކެވުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 2:7
13 ပူးပေါင်းရင်းမြစ်များ  

އަލްމަސީޙާއި އެކުގައި އަހަރެމެން އެއްބައިވަންތަ ކަމުގައި ވުމުން އެކަލޭގެފާނުގެ ޤުރުބާނުގެ ލޭފޮދުން އަހަރެމެން ވަނީ ފާފަތަކުން މިނިވަން ކޮށްދެއްވާފައެވެ. އޭގެ މާނައަކީ އަހަރެމެންގެ ފާފަތައް ވަނީ އަފޫކުރައްވާފައެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅުގެ ތަނަވަސްކަން އެހައިމެ ބޮޑެވެ.


ނަމަވެސް މާތްރަސްކަލާނގެ ރަޙުމަތްފުޅުގެ މަތިވެރިކަން ބޮޑެވެ. އަދި އެކަލާނގެ އަހަރެމެން ދެކެ ނުހަނު ލޯބިވެ ވޮޑިގަންނަވައެވެ.


މާތްރަސްކަލާނގެއީ އަބަދަށްމެ މަސީޙީ ޖަމާޢަތުގައްޔާއި އީސާ އަލްމަސީޙާއި މެދުގައި ވީ އުޖާލާކަމެއް ކަމުގައިވާށި އެވެ! އާމީން.


މާޒީގައި ވީ ޖީލުތަކަށް މިސިއްރު މާތްރަސްކަލާނގެ ހާމަ ނުކުރައްވައެވެ. ނަމަވެސް މިއަދު އެކަލާނގެ މާތްރޫޙުފުޅު މެދުވެރި ކުރައްވާ އެކަލާނގެ މަންދޫބުންނާއި ނަބީންނަށް މި ސިއްރު ހާމަކޮށްދެއްވިއެވެ.


އޭރުން ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ދާ ގޮތުގެ ސަބަބުން މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅަށް މަތިވެރި ޝަރަފު ލިބިދެއްވާނެއެވެ. އަދި އެކަލޭގެފާނާއި އެކުގައި ތިޔަބައިމީހުން ވުމުން ތިޔަބައިމީހުން ވެސް ޝަރަފްވެރި ވާނެއެވެ. މި ހުރިހާ ކަމެއް ޙާސިލުވުމުގެ ސަބަބަކީ އަހަރެމެންގެ ރަސްކަލާނގެއާއި އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ ނިޢުމަތްފުޅުން ވެސް މެއެވެ.


އެކަމަކު މާތްރަސްކަލާނގެ، އަހަރެމެން ދިންނަވާ ފަރާތް، އަހަރެމެންނަށް ދައްކައިދެއްވީ ލޯތްބާއި އޯގާތެރި ކަމެވެ.


ނަމަވެސް އެބޭކަލުންނަށް އަންގަވައިދެއްވި ގޮތުގައި މި ޙާދިސާތައް ހިނގައިދާނީ އެބޭކަލުންގެ ޙަޔާތުގެ ދުވަސްތަކުގައެއްނޫނެވެ. އޭގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ތިޔަބައިމީހުންގެ ޙަޔާތުގައެވެ. އަދި މިއަދު ހެޔޮޚަބަރުފުޅު އިޢުލާނު ކުރެވި، ސުވަރުގެއިން ލިބިގެންވާ މާތްރޫޙުފުޅު ލިބިގެންވާ ބަޔަކު ތިޔަބައިމީހުންނަށް އެބަސްފުޅުން ވަޢުޡު އިއްވައިދެއެވެ. މަލާއިކަތުން ވެސް ޝައުގުވެރިކަމާއެކު މި ކަންތައްތައް ދެކެން ބޭނުންވެފައި ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ