Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 2:3 - ކިތާބުލް މުޤައްދަސާ

3 އަހަރެމެން އެންމެން ވެސް މާޒީގައި ޙަޔާތު ވޭތުކުރީ އެފަދައިންނެވެ. އަހަރެމެންގެ ޖިސްމާއި ބުއްދީގެ މައްޗަށް ބާރު ހިންގީ އަމިއްލަ އެދުންތަކެވެ. އަހަރެމެންގެ އަމަލުތަކުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާގެ ވޭން އަހަރެމެން އުފުލަން ޖެހޭނެވެ. އޭރު އަހަރެމެން ހުރިހާ އެންމެންނަކީ އެފަދަ މީހުންނާއި ތަފާތެއްނެތް ބައެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 2:3
54 ပူးပေါင်းရင်းမြစ်များ  

އާދަމްގެފާނު ދުނިޔޭގައި އުޅުއްވާތާ ސަތޭކަ ތިރީސް އަހަރު ވެފައި ވަނިކޮށް އެކަލޭގެފާނަށް އެކަލޭގެފާނުގެ ސިފަފުޅާ އެއްގޮތް ފިރިހެންދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ފިރިހެން ދަރިކަލުންނަށް ދެއްވި ނަމަކީ ޝީޘް އެވެ.


އިންސާނުންގެ ނުބައިކަމުގެ ބޮޑުކަން ދުނިޔޭގައިވާ މިންވަރު މާތްރަސްކަލާނގެ ދެކެވޮޑިގެންވިއެވެ. އެމީހުންގެ ހިތުގައި އަބަދުވެސް އުފެދެނީ ނުބައިނުލަފާ ޚިޔާލުތައް ކަން އެކަލާނގެ ދެނެވޮޑިގެންވިއެވެ.


އޭގެ ވަސްދުވުމުން ނޫޙުގެފާނު މި އަދާކުރެއްވި އަޅުކަމާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ އަދި މިފަދައިން އެކަލާނގެ ނިންމެވިއެވެ. ”⁠އިންސާނުންގެ ހިތުގައި ކުޑައިރުއްސުރެން ވެސް އުފެދޭ ޚިޔާލުތަކަކީ ނުބައިނުލަފާ ޚިޔާލުތައް ކަމުގައި ވީ ނަމަވެސް ތިމަންކަލާނގެ މިފަހަރު ކަންތައް ކުރެއްވި ފަދައިން މީގެ ފަހުން ދުވަހަކު ވެސް އިންސާނުން ކުރާ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ބިމަށް ކޯފާއެއް ނުފޮނުއްވާނަން. އަދި މިފަދައިން މީގެ ފަހުން ހުރިހާ ދިރޭ ތަކެއްޗެއް ދުވަހަކު ވެސް ނައްތައެއް ނުލައްވާނަން.


ނަމަވެސް ދުނިޔަވީ ކަންތައްތަކާ މެދު ކަންބޮޑުވެ، މުއްސަނދިކަމަށް ލޯބިކުރާ މީހުން. އަދި އެފަދަ މީހުންގެ ހިތުގައިވާ ދުނިޔަވީ އެދުންތައް ފުނިޖެހި މާތްރަސްކަލާނގެ ބަސްފުޅުތައް ފިއްތައި ހަފުސް ކޮށް އެ ބަސްފުޅުތަކުން ރަނގަޅު ނަތީޖާއެއް ނެރެވުނަކަ ނުދިން.


އެމީހުން އަލުން އުފަންވިއެވެ. އެހެނަސް އެއަކީ ޖިސްމާނީގޮތުން ނުވަތަ އިންސާނީ މެދުވެރިވުމަކުން އުފަންވި ބައެއް ނޫނެވެ. އެ އުފަންވުން އައީ މާތްރަސްކަލާނގެ ކިބަފުޅުންނެވެ.


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


ވޭތުވެ ދިޔަ ތަނުގައި މާތްރަސްކަލާނގެ އެ ޤައުމެއްގެ ބަޔަކު ދާނެ މަގަކުން ދިއުމަށް ދޫކޮށްލެއްވި.


ނަމަވެސް މާތްރަސްކަލާނގެ ވަޙީކުރެއްވި ބަސްފުޅުގައި ލިޔެވިގެން ވަނީ ހުރިހާ އެންމެން ވެސް ވަނީ ފާފައިގެ ބާރުގެ ދަށުވެފައި ކަމުގައެވެ. އެހެން ކަމުން މާތްރަސްކަލާނގެ ވަޢުދުފުޅު ކުރެއްވި ރަޙުމަތްފުޅު ލިބޭނީ ހަމައެކަނި އީސާ އަލްމަސީޙަށް އީމާންވާ މީހުންނަށް ކަމަށެވެ.


އެ ދުވަސްތަކުގައި ތިޔަބައިމީހުން ބަލަމުން ދިޔައީ ދުނިޔޭގައި ވީ ނުބައި ގޮތްތަކަށެވެ. އަދި ކިޔަމަންތެރި ވެވުނީ ޝައިތާނާއަށެވެ. މުޅި ދުނިޔޭގެ މައްޗަށް އޭނާގެ ބާރު ހިންގައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އުރެދޭ ހުރިހާ އެންމެންގެ މައްޗަށް އެ ޝައިތާނާގެ ރޫޙުގެ ބާރު ފޯރުވާނެއެވެ.


ތިޔަބައިމީހުން ކުރީގައި އުޅެމުން ގެންދިޔަ ދިރިއުޅުމާއި އެ ނަފްސު ދޫކޮށްލާށެވެ. މާޒީގައި ތިޔަބައިމީހުންގެ ޙަޔާތުގައި އުޅެމުންގެންދިޔަ މަކަރުވެރި އެދުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން އުޅެގެންނުވާނެއެވެ. އެއީ ބަރުބާދުވުމުގެ ގޮތްތަކެވެ.


މާޒީގައި ތިޔަބައިމީހުންނަކީ މާތްކަލާނގެ ޢަދުއްވުންގެ ގޮތުގައި ތިބި ބަޔަކީމުއެވެ. އެއީ އޭރު ތިޔަބައިމީހުންގެ ކިބައިގައި ވީ ދެކޮޅުވެރި ޚިޔާލުތަކާއި ފާޙިޝް އަމަލުތަކުގެ ސަބަބުންނެވެ.


އަޚުންނާއި އުޚުތުންނޭވެ! މި ހިނދު އަހަރެން ބޭނުންވަނީ މަސީޙީންގެ ތެރެއިން ނިޔާވި ފަރާތްތަކާއިމެދު ހިނގާނޭ ޙާދިސާ ތިޔަބައިމީހުންނަށް އެނގުމަށެވެ. އެއީ އުންމީދެއް ނެތިފައިވާ މީސްތަކުން ނިޔާވާ މީހުންނާމެދު ހިތާމައިގައިވާ ފަދައިން ތިޔަބައިމީހުން ހިތާމައިގައި ނުވުމަށެވެ.


އެހެންވީމާ، އަހަރެމެންނަކީ، އަނެކުން ފަދައިން ނިދީގައި ތިބި ބައެއްކަމުގައި ވެގެން ނުވާނެއެވެ! އެކަމަކު އަހަރެމެން ވާން ޖެހޭނީ ހޭލައި ތިބި އަމިއްލަ ނަފްސުގެ ހިފެހެއްޓުން ތެރި ބަޔަކަށެވެ.


ނަމަވެސް ތަނަވަސް ކަމަށް އެދުންވެރިވާ ބަޔަކު ވަސްވާސްތަކުގެ ދަންތުރައިގައިޖެހި އަނިޔާވެރިކަމާ މޮޔަ އެދުންތަކަށް ގެނބިގެންގޮސް ހަލާކުވެ ބަރުބާދު ވެދެއެވެ.


އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.


މާތްރަސްކަލާނގެއަށް ކިޔަމަންތެރިވާށެވެ. ސަބަބަކީ ތިޔަބައިމީހުންނީ އެކަލާނގެ ދަރިން ކަމުގައި ވުމެވެ. މާޒީގައި ތިޔަބައިމީހުންނަށް ކުރެވިދިޔަ ނުބައި އަމަލުތައް ކުރުމަށް އެނބުރި ނުދާށެވެ. އެކަންތައްތަކަކީ ތިޔަބައިމީހުންނަށް އެނގިގެންނުވާ ޙާލުގައި ކުރެވުނު ކަންތައްތަކެވެ.


އެބައިމީހުންގެ ލޯތަކުން ޒިނޭތަކަށް ހުށަހެޅި ގަންނާނެއެވެ. އަދި އެބައިމީހުންގެ ހިތް ފާފަތަކަށް އެދޭ އެދުމުން ހިތް ފުރޭވަރެއް ނުވެއެވެ. އެބައިމީހުން ނިކަމެތި ވެގެންވާ މީސްތަކުން ޖައްސުވާ ފާފަތައް ކުރުވާނެއެވެ. އަދި އެބައިމީހުންގެ ހިތްތައް ވާނީ ދަހިވެތިކަމުގައެވެ. ހަމަކަށަވަރުން މާތްރަސްކަލާނގެ އެބައިމީހުންނަށް ކޯފާލައްވާނެއެވެ.


ކުށްތަކުގެ ތެރޭގައި އުޅުމަށް ފަހު އެކަންތަކުން ކިރިޔާ ސަލާމަތް ވެފައި ތިބި މީހުންނަށް އެދޮގު އެދުރުންގެ އަގެއްނެތް ފޮނިބަސްތަކުންނާއި ހަށިތަކުގެ ޝަހުވަތުގެ ދަންތުރައިގައި ޖައްސައެވެ.


ދުނިޔޭގެ މިލްކުވެރިކަމުގެ ތެރޭގައި ހިމެނޭ ފާފަވެރި ނަފްސުގެ އެދުންތަކާއި ލޮލަށް ފެނި ހިތް އެދޭ ތަކެއްޗާއި، އެތަކެއްޗެއް ހާސިލުވުމުން އެމީހުން ބޮޑާވެގަންނަ ތަކެއްޗާއި ކަންކަމަކީ ބައްޕާފުޅުގެ ކިބަފުޅުން އަންނަ ތަކެއްޗާއި ކަންކަމެއް ނޫނެވެ. މިހުރިހާ އެއްޗެއް އަންނަނީ ދުނިޔެމަތިންނެވެ.


ނަމަވެސް އަހަރެން ތިޔަބައިމީހުންނަށް މި ލިޔާ އަމުރުފުޅަކީ އާ އަމުރުފުޅެކެވެ. އެހެނީ މިއަމުރުފުޅުގެ ތެދުކަން އަލްމަސީޙުގެ ޙަޔާތްޕުޅުން އަހަރެމެންނަށް ވަނީ ފެނިފައެވެ. އަދި ތިޔަބައިމީހުންގެ ދިރިއުޅުމުން ވެސް މެއެވެ. އެހެންކަމުން އަނދިރިކަން މިދަނީ ނެތެމުންނެވެ. ޙަޤީޤީ އަލިކަން މިދަނީ ބަބުޅަމުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ