Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 2:2 - ކިތާބުލް މުޤައްދަސާ

2 އެ ދުވަސްތަކުގައި ތިޔަބައިމީހުން ބަލަމުން ދިޔައީ ދުނިޔޭގައި ވީ ނުބައި ގޮތްތަކަށެވެ. އަދި ކިޔަމަންތެރި ވެވުނީ ޝައިތާނާއަށެވެ. މުޅި ދުނިޔޭގެ މައްޗަށް އޭނާގެ ބާރު ހިންގައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އުރެދޭ ހުރިހާ އެންމެންގެ މައްޗަށް އެ ޝައިތާނާގެ ރޫޙުގެ ބާރު ފޯރުވާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 2:2
64 ပူးပေါင်းရင်းမြစ်များ  

އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން އައީ ރަލާއި އާދައިގެ ކާނާ ކައިގެން. ވީމާ އެމީހުން ބުނޭ. ’⁠ނިކަން ދެކެބަލަ! އޭނާއަކީ ކެއުމަށް ވަރުހުންނަ ރާބޯ މީހެކޭ. އަދި ޓެކްސް ނަގާ މީހުންނާއި އެންމެ ނުބައި ފާފަވެރިންގެ ވެސް އެކުވެރިއެކޭ.⁠‘ ނަމަވެސް، ނަތީޖާއެއްގެ ގޮތުން މާތްރަސްކަލާނގެ ޙިކުމަތްވަންތަކަން ދައްކަވައިދެއްވާނެ.⁠“


އަދި ކަށިގަސްތަކުގެ ތެރެއަށް އެޅުނު އޮށްތަކުގެ މިސާލަކީ އެއީ މާތްރަސްކަލާނގެ ބަސްފުޅުތައް އަޑުއިވުނު. އެކަމަކު އެމީހުންގެ ހިތުގައިވާ ދުނިޔަވީ ފިކުރުތަކާއި މުއްސަނދިކަމުގެ ވަސްވާސްތައް އެ ބަސްފުޅުތަކުގެ މައްޗައް އަރައި ފިއްތާލުމުގެ ސަބަބުން އެބަސްފުޅުތަކުގެ އެއްވެސް ފައިދާއެއް ނުލިބުނު މީހުން.


ދަނޑަކީ ދުނިޔެ. އަދި ރަނގަޅު އޮށްތަކަކީ މާތްރަސްކަލާނގެ ރަސްކަންފުޅު ގަބޫލު ކުރާ މީހުން. އަދި ވިނަގަސްތަކަކީ ޝައިތާނާގެ ބާރުގެ ދަށުގައިވާ މީހުން.


ނަމަވެސް ދުނިޔަވީ ކަންތައްތަކާ މެދު ކަންބޮޑުވެ، މުއްސަނދިކަމަށް ލޯބިކުރާ މީހުން. އަދި އެފަދަ މީހުންގެ ހިތުގައިވާ ދުނިޔަވީ އެދުންތައް ފުނިޖެހި މާތްރަސްކަލާނގެ ބަސްފުޅުތައް ފިއްތައި ހަފުސް ކޮށް އެ ބަސްފުޅުތަކުން ރަނގަޅު ނަތީޖާއެއް ނެރެވުނަކަ ނުދިން.


މި މުއްސަނދި މީހާ އޭނާގެ މި މަކަރުވެރި މެނޭޖަރަށް ސާބަސް ދިން. އެއީ އޭނާ އެ ކަންތައް ކުރިލެއް ހުޝިޔާރު ކަމުން. އެއީ މާތްރަސްކަލާނގެ ދެއްވި ތެދު އަލިމަގުގައި ވާ މީހުންނަށް ވުރެ އެކަލާނގެއަށް އީމާން ނުވާ މީހުން އެކަކު އަނެކަކާއި މެދު ކަންތައް ކުރާއިރު މާ ހުޝިޔާރުވާނެ.


”⁠ޝަމްއޫނު، ޝަމްއޫނު. އިބިލީސް ކަލޭމެން ގޮދަންތަކެއް ފަދައިން ފުރާނާލުމަށް އެދެފި.


ދެން އީސާގެފާނު އެއްވެފައި ތިބި މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠މި ދުނިޔޭގެ މީސްތަކުންގެ މައްޗަށް ހިސާބުބެއްލެވުމުގެ ވަގުތު ޖެހިއްޖެ. މި ދުނިޔޭގެ ވަލީޢަހުދު ކަމުގައިވާ ޝައިތާނާ ދެން ބޭރުކޮށްލެވިދާނެ.


އެރޭ ފަރިއްކޮޅު ފެށުނު ވަގުތު ސައިމަން އިސްކަރިޔޮތުގެ ދަރި ޔުދާސް ލައްވައި އީސާގެފާނަށް ޚިޔާނާތްތެރި ވުމަށް ލަޢުނަތްލެއްވި އިބިލީސް ވަނީ ވަސްވާސް ކޮށްފައެވެ.


ހަމަ އެވަގުތު ޝައިތާނާ ޔުދާސްގެ މައްޗަށް ވެރިވިއެވެ. އީސާގެފާނު ވިދާޅުވިއެވެ. ”⁠ޔުދާސް ކަލޭ ކުރަން ތިޔަ އުޅޭ ކަންތައް ކުރަން އަވަހަށް ދޭ.⁠“


އަހަރެން ކަލޭމެންނާއި ވާހަކަދައްކަން ހުރުމަށް މާކަ ގިނަވަގުތެއް ދެން ނެތް. އެއީ ދުނިޔޭގެ ވަލީޢަހުދު ކަމުގައިވާ ޝައިތާނާ އަހަންނާ ދިމާއަށް އެބައާދޭ. ނަމަވެސް އޭނާގެ ކިބަޔަކު އަހަރެންގެ މައްޗަށް ބާރު ފޯރުވުމުގެ ބާރެއް ނުވޭ.


ކަލޭމެން ވެސް ތީ ދުނިޔެވީ މީހުން ކަމުގައިވާނަމަ އެ މީހުން ކަލޭމެން ދެކެ ލޯބިވާނެ. އެކަމަކު މިހާރު ކަލޭމެން ތީ އެފަދަ ބައެއް ނޫން. އަހަރެން ޚިޔާރު ކުރީ ކަލޭމެން އެ ދުނިޔެއިން ބޭރަށް ނެރެލުމަށް. ކަލޭމެން ދެކެ އެމީހުން ރުޅި އަންނަނީ އެހެން ވީމާ.


އަދި އެމީހުން ހިސާބު ބެއްލެވުމާ މެދު އެދެކެނީއަކީ ރަނގަޅަކަށެއް ނޫން. އެގޮތަކީ މިހާރު ވެސް މީހަކު ވަނީ ކުށްވެރިވެ ނިމިފައި. އެމީހަކީ މި ދުނިޔޭގެ ވަލީޢަހުދު، ޝައިތާނާ.


ދުނިޔޭގެ މީސްތަކުންނަކަށް ކަލޭމެން ދެކެ ނަފުރަތެއް ނުވެވޭނެ. ނަމަވެސް އެމީހުން އަހަރެން ދެކެ ރުޅިއައިސް އަހަރެންނަށް ނަފްރަތުކުރޭ. އެއީ އެމީހުން ކުރާ ނުބައިކަންތައް އެމީހުންނަށް ދައްކައި ހާމަކޮށްދޭތީ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ތިރީ ދުނިޔޭގެ މީހުން. އަހަރެން މިއީ މަތީ ދުނިޔޭގެ މީހެއް. ކަލޭމެންނަކީ މި ދުނިޔޭގެ މީހުން. ނަމަވެސް އަހަރެންނަކީ މިދުނިޔޭގެ މީހެއް ނޫން.


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


ދެން އެންމެފަހުން އެ ރަށުގެ ވެރިއަކު އެތަނަށް އައިސް މީސްތަކުން މައިތިރިކުރިއެވެ. ދެން އޭނާ އެމީހުންނަށް ބުންޏެވެ. ”⁠އޭ އެފޭސުސްގެ މީސްތަކުންނޭ، އެފޭސުސްއަކީ އަރުތޭމިސް ކަލާނގެ އެންމެ މުހިންމު ފައްޅި ވާ އަދި އެކަލާނގެއަށް އަޅުކަން ކުރެވޭ ތަންތަނުގެ ވެރިރަށް ކަން ނޭނގެނީ ކާކަށް ހޭ؟ އަދި އެކަލާނގެ ސިފަފުޅުގައި ސީދާ އުޑުން ވެއްޓުނު ހިލަގަނޑު ވެސް ވަނީ މި ރަށުގައި ކަން ވެސް ނޭނގެނީ ކާކަށް ހޭ؟


ޕަތަރަސް ބުންޏެވެ. ”⁠އަނާނިޔާހު އޭ، ކަލޭގެ ހިތަށް ޝައިތާނާ ވެރިވިޔަ ތިޔަ ދިނީ ކީއްވެ؟ ކަލޭގެ ބިން ވިއްކާލާ ލިބުނު ލާރިން ބައެއް ފޮރުވާ މާތްރޫޙުފުޅަށް ތިޔަ ދޮގުހެދީ ކީއްވެ؟


އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތީ އަހަރެމެންގެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުންނެވެ. އެއީ ޒަމާނުގައި އެކުލެވޭ ފާހިޝް ކަންތަކުން މީސްތަކުން ސަލާމަތް ކޮށް ދެއްވުމަށް އުޑުގައި ވޮޑިގެންވާ ބައްޕާފުޅު، މާތްރަސްކަލާނގެ، ރާއްވަވާފައިވާ ގޮތުގެ މަތިންނެވެ.


އެހެނީ އެންމެހާ ވެރިންގެ މައްޗަށާއި، ބާރާއި ނުފޫޒުވެރި ހުރިހާ އެންމެންގެ މައްޗަށާއި އަދި ރަސްރަސްކަލުންގެ މައްޗަށް އަލްމަސީޙު ވެރިކަން ހިންގަވާނީ މި ޒަމާނުގައި އެކަންޏެއްމެ ނޫނެވެ. ނަމަވެސް އަންނާން އޮތް ޒަމާނުގައި ވެސް މިފަދައިން ވެރިކަން ހިންގަވާނެއެވެ.


އުފަންވުމުގައި ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން މީސްތަކުންނާ މެދުގައި ޚިތާނު ކުރެވިގެން ނުވާ ބައެއް ކަމުގައި ބަނީއިސްރާއީލުން ބުނެއެވެ. އަދި ބަނީއިސްރާއީލުން އެބައިމީހުންނާއި މެދުގައި އެބައިމީހުންނަކީ ޚިތާނު ކުރެވިގެންވާ ބައެއް ކަމުގައި ބުނެއެވެ. (މިކަން ޙަވާލާދެނީ ޖިސްމާނީ ގޮތުން އިންސާނުން ކުރާ ކަމެއް ކަމުގައެވެ.) މާޒީގައި ތިޔަބައިމީހުން ތިބި ޙާލަތާއި މެދުގައި ތިޔަބައިމީހުން ހަނދާންކުރާށެވެ.


އޭރު ތިޔަބައިމީހުން މާތްރަސްކަލާނގެއާއި ދުރުގައި ވިނަމަވެސް މިއަދު ތިޔަބައިމީހުން ވަނީ އަލްމަސީޙު އީސާގެފާނާއި އެކު އެއްބައިވަންތަކަމުގައެވެ. އަލްމަސީޙު އެކަލޭގެފާނުގެ މުޅި ޙަޔާތުގެ ލޭފޮދު ޤުރުބާން ކުރައްވާ މާތްރަސްކަލާނގެއާއި ތިޔަބައިމީހުން ގާތްކުރެއްވިއެވެ.


އަހަރެމެން އެންމެން ވެސް މާޒީގައި ޙަޔާތު ވޭތުކުރީ އެފަދައިންނެވެ. އަހަރެމެންގެ ޖިސްމާއި ބުއްދީގެ މައްޗަށް ބާރު ހިންގީ އަމިއްލަ އެދުންތަކެވެ. އަހަރެމެންގެ އަމަލުތަކުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާގެ ވޭން އަހަރެމެން އުފުލަން ޖެހޭނެވެ. އޭރު އަހަރެމެން ހުރިހާ އެންމެންނަކީ އެފަދަ މީހުންނާއި ތަފާތެއްނެތް ބައެކެވެ.


މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ ފަރާތްތަކެކޭ އެއްފަދައިން މޮޔަ ޙަޔާތެއްގައި އުޅުން ހުއްޓާލުމަށް މާތްސާހިބާއަށް އީމާންވާ މީހެއްގެ ޙައިޘިއްޔަތުން ތިޔަބައިމީހުންނަށް އަހަރެން އަމުރު ކުރަމެވެ. އެބައިމީހުން ވަނީ އުންމީދެއް ނެތް އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ.


ތިޔަބައިމީހުން ކުރީގައި އުޅެމުން ގެންދިޔަ ދިރިއުޅުމާއި އެ ނަފްސު ދޫކޮށްލާށެވެ. މާޒީގައި ތިޔަބައިމީހުންގެ ޙަޔާތުގައި އުޅެމުންގެންދިޔަ މަކަރުވެރި އެދުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން އުޅެގެންނުވާނެއެވެ. އެއީ ބަރުބާދުވުމުގެ ގޮތްތަކެވެ.


މީސްތަކުންގެ މޮޔަ ވާހަކަތަކުގެ މަކަރުގައި ތިޔަބައިމީހުން ނުޖެހޭށެވެ. އެކަލާނގެއަށް އުރެދިގެންވީ ފަރާތްތަކުން ކުރަމުން ގެންދާ މިފަދަ އަމަލުތަކަށް އެކަލާނގެ ޢުޤޫބާތް ހުށަހެޅިގެންވެއެވެ.


މާޒީގައި ތިޔަބައިމީހުން ޙަޔާތު ވޭތުކުރީ އަނދިރީގައެވެ. ނަމަވެސް މާތްސާހިބާ އާއިއެކުގައި މިއަދު ތިޔަބައިމީހުން އެއްބައިވަންތަ ވުމުން ތިޔަބައިމީހުންނަށް ވަނީ އަލިކަން ލިބިފައެވެ. އެހެންވީމާ، އަލިކަން ލިބިފައިވާ ބަޔަކުފަދައިން އަޚުލާޤު ބަހައްޓާށެވެ.


އަހަރެމެން ހަނގުރާމަ ކުރަމުން މިގެންދަނީ މަހާއި ލެއިން އެކުލެވޭ އަދާވާތްތެރިންނަކާއެއް ނޫނެވެ. އެއީ ނުފެންނަ ދުނިޔެއެކެވެ. އަހަރެމެން ހަނގުރާމަ ކުރަނީ އެއަނދިރި ދުނިޔޭގެ ޝައިތާނީ ވެރިންތަކާއި ބާރުވެރިންނާއި އުޑުތަކުގައިވާ ނުބައިވެގެންވީ ގަދަފަދަބާރުތަކާއި ރޫޙުތަކާ ދެކޮޅަށް ވެސް މެއެވެ.


މާޒީގައި ތިޔަބައިމީހުންނަކީ މާތްކަލާނގެ ޢަދުއްވުންގެ ގޮތުގައި ތިބި ބަޔަކީމުއެވެ. އެއީ އޭރު ތިޔަބައިމީހުންގެ ކިބައިގައި ވީ ދެކޮޅުވެރި ޚިޔާލުތަކާއި ފާޙިޝް އަމަލުތަކުގެ ސަބަބުންނެވެ.


ސަބަބަކީ ދެމާސް ދުނިޔޭގައި ވީ ތަކެއްޗަށް އޮތް ލޯތްބަކާ ހެދި އަހަރެން ދޫކޮށް ތިސަލޯނިކާއަށް ހިނގައްޖެއެވެ. ކިރީސްކީސު ވަނީ ގަލާތިޔާއަށް ގޮސްފައެވެ. އަދި ތީތުސް ދިޔައީ ދަލްމާތިޔާއަށެވެ.


މާތްރަސްކަލާނގެ މަތިވެރި ބައްޕާފުޅުގެ ޙަޟްރަތުގައި ސާފު އަދި ސައްޙަ ދީނަކީ މުހުތާދެއްގައިވާ ޔަތީމުންނާއި ހުވަފަތް އަންހެނުންނަށް އެހީތެރިވެ އަޅާލުމާއި އަދި ދުނިޔަވީ ނުތާހިރުކަމުން ސަލާމަތް ވެގެން ވުމެވެ.


މިފަދަ މީހުންނަށް މާތްރަސްކަލާނގެ ކިބަފުޅުން އެއްވެސް ކަމެއް ލިބިދޭނޭ ކަމަށް އުންމީދު ކުރުމުގެ ބޭނުމެއް ނެތެވެ.


އޭ ބޭވަފާތެރިންނޭވެ! މާތްރަސްކަލާނގެ އާއި އެކަލާނގެ އެންގެވި މަގުން އުޅެމުން ނުދާ ދުނިޔެވީ އުފަލަށް ލޯބިކުރާ މީހުން ފަދައިން ކަލޭމެން ވެސް ޙަޔާތު ވޭތުކުރުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައެވެ. މި ދުނިޔަވީ އުސޫލުތަކުގައި ކަލޭމެން ޝާމިލުވުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައި ވެސްމެއެވެ.


މާތްރަސްކަލާނގެއަށް ކިޔަމަންތެރިވާށެވެ. ސަބަބަކީ ތިޔަބައިމީހުންނީ އެކަލާނގެ ދަރިން ކަމުގައި ވުމެވެ. މާޒީގައި ތިޔަބައިމީހުންނަށް ކުރެވިދިޔަ ނުބައި އަމަލުތައް ކުރުމަށް އެނބުރި ނުދާށެވެ. އެކަންތައްތަކަކީ ތިޔަބައިމީހުންނަށް އެނގިގެންނުވާ ޙާލުގައި ކުރެވުނު ކަންތައްތަކެވެ.


ކަލާނގެވަންތަކަން ގަބޫލުނުކުރާ ފަރާތްތަކުން މާޒީގައި އުފާކުރި ކަންތައްތަކުގައި ތިޔަބައިމީހުންގެ ވަގުތުތައް ވެސް ވަނީ ބޭކާރު ކޮށްލާފައެވެ. ޖިންސީ ފާފަވެރިކަމާއި، ފާޙިޝް އެދުންތަކާއި، މަސްތުވުމާއި، ދިޔޯގެކުޅި ކުޅުމާއި، މަސްތުވުމަށްޓަކައި ބޮޑެތި ޖާފަތްތައް ބޭއްވުމާއި އަދި މާތްރަސްކަލާނގެ ފިޔަވައި އެހެނިހެން ތަކެއްޗަށް އަޅުކަން ކޮށްފައެވެ.


އެބައިމީހުންގެ ލޯތަކުން ޒިނޭތަކަށް ހުށަހެޅި ގަންނާނެއެވެ. އަދި އެބައިމީހުންގެ ހިތް ފާފަތަކަށް އެދޭ އެދުމުން ހިތް ފުރޭވަރެއް ނުވެއެވެ. އެބައިމީހުން ނިކަމެތި ވެގެންވާ މީސްތަކުން ޖައްސުވާ ފާފަތައް ކުރުވާނެއެވެ. އަދި އެބައިމީހުންގެ ހިތްތައް ވާނީ ދަހިވެތިކަމުގައެވެ. ހަމަކަށަވަރުން މާތްރަސްކަލާނގެ އެބައިމީހުންނަށް ކޯފާލައްވާނެއެވެ.


މާތްރަސްކަލާނގެ ދަރިންނާއި އަދި ޝައިތާނާގެ ދަރިންނާ ދެމެދުގައިވާ ތަފާތު އަހަރެމެންނަށް އެނގެނީ މިގޮތުންނެވެ. އެމީހަކީ ޞާލިޙުކަން މަތީ ނޫޅޭ މީހަކުނަމަ ނުވަތަ އެމީހާގެ އަޚުންނާއި އުޚުތުންނާ މެދު ލޮބުވެތި ކަން ނުބާއްވާ މީހެއް ނަމަ، އެފަދަ މީހަކީ މާތްރަސްކަލާނގެ ދަރިއެއް ކަމުގައެއް ނުވާނެއެވެ.


ފާފަކުރުން މަތީގައި ދެމިހުންނަ މީހަކީ ޝައިތާނާއަށް މިލްކުވެގެންވާ މީހެކެވެ. ސަބަބަކީ ދުނިޔެ ފެށުނީއްސުރެން ޝައިތާނާ ވަނީ ފާފަކުރުންމަތީގައެވެ. މާތްރަސްކަލާނގެ ދަރިކަލުން މި ދުނިޔެއަށް ވަޑައިގެންނެވީ ޝައިތާނާގެ އެންމެހާ އަމަލުތަކެއް ނެތިކުރެއްވުމަށެވެ.


ދަރިންނޭވެ! ތިޔަބައިމީހުންނީ މާތްރަސްކަލާނގެ ދަރިންނެވެ. އަދި ތިޔަބައިމީހުން ވަނީ އެފަދަ އެންމެހާ މީހުންގެ ދޮގު ފަތުވާތަކުގެ މައްޗަށް ފަތަޙަ ހޯދާފައެވެ. ތިޔަބައިމީހުންނަށް މިފަދަ ހިތްވަރެއް ލިބިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ ކިބައިގައި ވާތީއެވެ. ސަބަބަކީ އެ މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ އަކީ ކޮބައިކަން ނޭނގޭ މީހުންގެ މައްޗަށް ބާރުހިންގާ ޝައިތާނާގެ ރޫޙަށް ވުރެން މާ މަތިވެރި ބާރެއް ކަމުންނެވެ.


އަހަރެމެންނަކީ މާތްކަލާނގެ ދަރިންކަން އަހަރެމެން ޔަޤީން ކުރަމެވެ. އެކަމަކު އަހަރެމެންގެ ވަށައިގެންވާ ދުނިޔެ މިވަނީ ޝައިތާނާގެ ބާރުގެ ދަށުގައެވެ.


އެކަލާނގެ ކޮންމެ ދަރިއަކަށް ވެސް ޝައިތާނީ ދުނިޔޭގެ މައްޗަށް ފަތަޙަ ހޯދުމުގެ ކުޅަދާނަކަން ލިބިފައިވެއެވެ. މި ފަތަޙަ އަހަރެމެންނަށް ލިބެނީ އަހަރެމެންގެ އީމާންތެރިކަމުންނެވެ.


އެ ޑްރޭގަން ނަގައި އެއްލާލެވުނެވެ. އެއީ ގަދީމީ ހަރުފަ ވެސްމެއެވެ. އޭގެ ނަމަކީ: އިބިލީސް، ނުވަތަ ދުނިޔޭގެ ކެހިވެރިޔާ ކަމުގައި ވާ ޝައިތާނާއެވެ. އެ ޝައިތާނާ ދުނިޔޭގެ ތެރެއަށް އެއްލާލެވުނެވެ. އޭނާ އާއިއެކު އޭނާގެ މަލާއިކަތުން ވެސް އެއްލާލެވުނެވެ.


ކަނޑު ދާއްބައިގެ ކުރިމަތީގައި ބިމު ދާއްބައަށް ލިބިގެންވާ ބާރުގެ ބޭނުންކޮށްގެން އޭތި ދެއްކި މުޢުޖިޒާތްތަކުން ދުނިޔޭގައި ތިބި މީސްތަކުން މޮޔަހެއްދުވިއެވެ. ކަނޑު ދާއްބައިގެ ސޫރަ ހަދައި އެއަށް އިޙްތިރާމް ކުރުމަށް ބިމު ދާއްބަ މީސްތަކުންނަށް އަމުރު ކުރިއެވެ. އެހެނީ މި ކަނޑު ދާއްބައަކީ ކަނޑިން ޒަޚަމްވެ ދިޔަ ހިނދު ވެސް މަރުނުވެ ދިރިހުރި ފަރާތެއް ކަމުގައި ވާތީއެވެ.


ދުނިޔޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންގެ ތެރެއިން ދުނިޔެ ޚަލްޤު ކުރެއްވުމުގެ ކުރިން ޤަތުލުކުރެވިފައިވާ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެން ނުވާ ހުރިހާ ފަރާތްތަކެއް މި ކަނޑު ދާއްބައަށް އަޅުކަން ކުރާނެއެވެ.


އެންމެފަހުން، ހަތްވަނަ މަލާއިކަތާ އެ މަލާއިކަތާގެ ބޯތަށިކޮޅު ވައިގެ ތެރެއަށް އޮއްސާލެއްވިއެވެ. މާތްކަލާނގެ ގެކޮޅުގެ ތެރޭގައި ހުރި ތަޚުތުން ހަރުއަޑަކުން ވިދާޅުވިއެވެ. ”⁠ހުރިހާކަމެއް ނިމިއްޖެ!⁠“


އެ މަލާއިކަތާ އެ ޑްރޭގަން އަތުލައިގަނެ އެއްހާސް އަހަރުވަންދެން ހިލިހިލާ ޖެހިއެވެ. އެ ޑްރޭގަނަކީ އެންމެ ގަދީމީ ހަރުފަވެސްމެއެވެ. އެއީ އިބިލީސް އަދި ޝައިތާނާގެ ނަމުން މުޚާތަބު ކުރެވޭ ފަރާތް ވެސްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ