Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 2:17 - ކިތާބުލް މުޤައްދަސާ

17 ވީމާ، އަލްމަސީޙު ވަޑައިގެން ހެޔޮޚަބަރުފުޅު ހުރިހާ އެންމެންނަށް ސުލްޙަވެރިކަން ގެނެސްދެއްވުމަށް ވަޢުޡު އިއްވައި ދެއްވިއެވެ. އެހެނީ މާތްރަސްކަލާނގެ ޙަޟްރަތާއި ދުރުގައިވާ ބަނީއިސްރައީލެއް ނޫން ދަރިކޮޅުގެ މީހުންނާއި އަދި މާތްރަސްކަލާނގެ ޙަޟްރަތާއި ކައިރީގައިވާ ބަނީއިސްރާއީލުގެ ދަރިކޮޅަށް ވެސް މެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 2:17
22 ပူးပေါင်းရင်းမြစ်များ  

އެ ގޭގައި ތިބި މީހުންނީ ހަރުދަނާ ރަނގަޅު ބަޔަކު ކަމުގައިވާނަމަ، ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅުން އެބައިމީހުންނަށް ބަރަކާތާއި ސުލްޙަވެރިކަން ދެއްވުމަށް އެދުމުން އެ ބަރަކާތް އެބައިމީހުންގެ މައްޗަށް ދެމިހުންނާނެ. އެކަމަކު އެބައިމީހުންނީ ހަރުދަނާ ރަނގަޅު ބަޔަކު ކަމުގައި ނުވާނަމަ، އެބައިމީހުންގެ މައްޗަށް ދެއްވުމަށް އެދި ދެންނެވި ބަރަކާތާއި ސުލްޙަވެރިކަން އެބައިމީހުންގެ ކިބައިން އަނބުރާ ނެންގުމަށް މާތްރަސްކަލާނގެ ކިބަފުޅަށް އެދި ދަންނަވާ.


އަދި އީސާގެފާނު މި މާނަފުން ވާހަކަ ވެސް އެބައިމީހުންނަށް ވިދާޅުވެ ދެއްވިއެވެ. ”⁠މިސާލަކަށް އަންހެނެއްގެ އަތުގައި ރިހި ދިހަލާރި ވި. އަދި މީގެ ތެރެއިން އެއްލާރި ގެއްލުނު. މިހެން ކަންތައް ދިމާވި ހިނދު އެއަންހެން މީހާ ކަންތައް ކުރާނީ ކޮން ފަދައަކުން؟ އޭނާ ބައްތި ދިއްލައި ގޭތެރެ އަލިކޮށް މުޅި ގޭތެރެ ކުނިކަހާ މި ރިހިލާރި ފެނޭތޯ މުޅި ގޭތެރޭގެ ހުރިހާ ތަނެއް ހޯދާނެ.


”⁠މަތިވެރިވެ ވޮޑިގެންވާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ހުރި! ދުނިޔޭގައި އެކަލާނގެ ރުއްސެވުން ލިބިފައިވާ މީހުންނަށް އެކަލާނގެ ދެއްވާ ސުލްޙަ އަމާންކަމުގެ މަގު ދެއްވާނެ!⁠“


ކަލޭމެންނަށް ވެސް އެނގޭނެ ފަދައިން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ އެންގެވި ހެޔޮޚަބަރުފުޅަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައި ވާ އީސާ އަލްމަސީޙު މެދުވެރިކޮށް އިންސާނުންނާއި މާތްރަސްކަލާނގެއާއި ދެމެދު ސުލްޙައާއި ހަމަޖެހުން ގާއިމު ވި ކަމުގެ ޚަބަރުފުޅޭ. އީސާގެފާނަކީ އެންމެންގެ ވެސް ވެރި މާތްސާހިބާއޭ.


މި ހަދިޔާ އަކީ ކަލޭމެންނަށާއި ކަލޭމެންގެ ދަރިންނަށާއި ދުރުގައިވާ އެންމެންނަށް ވެސް ވާ ހަދިޔާފުޅެއް. އަދި މި ހަދިޔާ އަކީ މާތްރަސްކަލާނގެ ކަނޑައަޅުއްވާ ހޮއްވަވާ އެންމެންނަށްޓަކާމެ ވާ ހަދިޔާއެއް.⁠“


އެކަލޭގެފާނީ ޙައްޤު ތެދުމެއެވެ. އަދި އެކަލޭގެފާނާއިމެދު ތިޔަބައިމީހުން އަޑުއަހާ އުނގެނިގަތީމުއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ