Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 2:12 - ކިތާބުލް މުޤައްދަސާ

12 ހަނދާން ކުރަންވީ، އޭރު ތިޔަބައިމީހުންނަށް އަލްމަސީޙު އެނގިގެންނުވާ ކަމެވެ. ބަނީއިސްރާއީލު ދަރިކޮޅުގެ މީހުންނަށް ތިޔަބައިމީހުންނީ ބިދޭސީންނެވެ. އަދި މާތްރަސްކަލާނގެ އެބައިމީހުންނާއިމެދު ވަޢުދު ވެވަޑައިގެންނެވި އިޤުރާރުން އެއްވެސް ޖާގައެއް ތިޔަބައިމީހުންނަށް ލިބިގެންނުވެއެވެ. ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދިޔައީ އިލާހެއް ވޮޑިގެންވާކަމުގައި ނުބަލާ އަދި އުންމީދު ގެއްލިފައިވާ ގޮތުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 2:12
51 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ އެދުވަހު އަބްރާމް އާއިއެކު ޢަހުދުނާމާއެއް ކުރައްވާ މިފަދައިން ވަޙީކުރެއްވިއެވެ. ”⁠މިޞްރުގެ ސަރަހައްދު ކައިރީގައި އޮންނަ ކޯރުން ފެށިގެން ފުރާތު ކޯރާއި ހަމަޔަށް ކަލޭގެފާނުގެ ދަރިފަސްކޮޅު އާބާދުވާނެ. އެއީ ޤައިނީންގެ ރަށާއި، ޤަނިއްޒީންގެ ރަށާއި، ޤަދްމޫނީންގެ ރަށާއި، ޙިއްޘީންގެ ރަށާއި، ފިރިއްޒީނުގެ ރަށާއި، ރަފާއީމުގެ މީހުންގެ ރަށާއި، އަމޫރީންގެ ރަށާއި، ކަންޢާނުގެ މީހުންގެ ރަށާއި، ޖިރްޖާޝީންގެ ރަށާއި، އަދި ޔަބޫސީންގެ ރަށާއި ހަމައަށް ތިބާގެ ދަރިފަސްކޮޅު ދެމިގެން ދާނެ.⁠“


ވަގުތީ މެހުމާނުންނާއި ޚާދިމުން އެއިން ކައިގެން ނުވާނެ.


މާތްރަސްކަލާނގެ މިކަލޭގެފާނު އެފޮނުއްވަނީ އަހަރެމެންގެ ކާބަފައިކަލުން އިބްރާހީމްގެފާނުގެ ދަރިކޮޅުގެ އެންމެންނަށް ރަޙުމަތެއްގެ ގޮތުގަ. އެއީ އެކަލާނގެ އިބްރާހީމްގެފާނާއެކު ގާއިމު ކުރައްވާފައިވާ ޢަހުދުނާމާއާ އެއްގޮތްވާ ގޮތުގެ މަތިން.


މިބައިގައި ނުހިމެނޭ އެހެން ކަންބަޅިތައް ވެސް އަހަރެންނަށް ލިބިގެންވޭ. އެ އެއްޗިހިވެސް އަހަރެންގެ ކައިރިއަށް އަހަރެން ގެންނާނަން. އެ އެއްޗެއްސަށް ވެސް އަހަރެންގެ އަޑު އެނގޭނެ. އޭރުން ހުންނާނީ އެންމެ ހުއިހައްޕާ މީހެއް. އަދި ތިބޭނީ ވެސް ކަންބަޅިތަކުގެ އެއްބައިގަނޑެއް.


އަހަރެން މީ މޭބިސްކަދުރު ވެޔޮ. ކަލޭމެންނީ އެވެލުގެ ގޮފިތައް. އަހަރެންނާއި ގުޅިފައިވާ މީހުން ކިބައިން އެތައް މޭވާއެއް ލިބޭނެ. ނަމަވެސް އަހަރެންނާއި ގުޅިފައި ނުވާ މީހުން ކިބައިން އެއްވެސް މޭވާއެއް ނުލިބޭނެ.


ކަލޭމެން ސަމީރިއްޔާގެ މީހުންނަށް މާތްރަސްކަލާނގެއާއި މެދު އެނގެނީ ވަރަށް ކުޑަ އެއްޗެއް. އެކަމަކު އަހަރެމެން ބަނީއިސްރާއީލު މީހުން މާތްރަސްކަލާނގެ ދަންނަން. އެއީ އިންސާނުން ދިންނަވާނެ ފަރާތް ފޮނުއްވޭނީ ބަނީއިސްރާއީލު މީހުންގެ ތެރޭން ކަމަށް ވާތީ.


މި ހަދިޔާ އަކީ ކަލޭމެންނަށާއި ކަލޭމެންގެ ދަރިންނަށާއި ދުރުގައިވާ އެންމެންނަށް ވެސް ވާ ހަދިޔާފުޅެއް. އަދި މި ހަދިޔާ އަކީ މާތްރަސްކަލާނގެ ކަނޑައަޅުއްވާ ހޮއްވަވާ އެންމެންނަށްޓަކާމެ ވާ ހަދިޔާއެއް.⁠“


އަޅުގަނޑު ތިޔަ އެންމެހާ ބޭފުޅުންގެ ކިބައިން މިއަދު މި ތަނަށް ވަޑައިގެން ދެއްވުމަށް މި އެދުނީ ތިޔަބޭފުޅުން މިކަންތައް އެނގި ދެނެގަތުމަށޭ. އަދި އަޅުގަނޑު މި ފަދައިން ހައްޔަރުވެ ހިލިހިލާގައި ޖެހިފައި މި ވަނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ބަނީއިސްރާއީލުގެ އުންމީދު ކަމުގައިވާ އަލްމަސީޙު މި ދުނިޔެއަށް ވަޑައިގެންފި ކަން ގަބޫލު ކުރުމުގެ ސަބަބުނޭ.⁠“


އެކަލާނގެ ރަސޫލުންނާއި ނަބީބޭކަލުންނަށް އެކަލާނގެ އެންގެވީ ހަމަ ތިޔަބައިމީހުންނަށް މި ކަންތައްތައް އަންގައިދިނުމަށް. އަދި މާތްރަސްކަލާނގެ ކަލޭމެންގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނަށް ކުރެއްވި ޢަހުދުނާމާއަކީ ހަމަ ކަލޭމެންނާއެކުގައި ވެސް ކުރެވިފައިވާ ޢަހުދުނާމާއެއް. އަދި މި ޢަހުދުނާމާއާ ބެހޭ ގޮތުން ކަލޭމެންނަށް ވެސް ވަނީ އެންގެވިފަ. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޙީކުރެއްވި. ’⁠ކަލޭގެ ދަރިކޮޅުގެ މީހެއް މެދުވެރިކޮށް ތިމަންކަލާނގެ މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް ރަޙުމަތް ލައްވާނަމޭ.⁠‘


ކުރިން ކަލޭމެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން ނޭނގޭއިރު ކަލޭމެން ތިބީ އެތައްބައިވަރު ދޮގުކަލުން ތަކެއްގެ ދަށުގައި އަޅުވެތިވެފައެވެ.


އެހެންވީމާ، ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން ދަރިކޮޅުގެ މީހުން ކަމުގައިވާ ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައިވާ ބައެއް ނުމެނޫންމެއެވެ. އެގޮތުން މިހާރު ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކާއި އެކުގައިވާ ރައްޔިތުންނެވެ. ތިޔަބައިމީހުން މިލްކުވެގެން ވަނީ މާތްރަސްކަލާނގެ އާއިލާއަށެވެ.


އެބައިމީހުންގެ ވިސްނުން ވަނީ މުޅިން އަނދިރިވެފައެވެ. އެހެނީ އެބައިމީހުންގެ ގޮތްދޫނުކުރުމާއި ޖާހިލުކަމުގެ ސަބަބުން މާތްރަސްކަލާނގެ އެބައިމީހުންނަށް ދެއްވާ ޙަޔާތު އެބައިމީހުންނަށް ވަނީ ގެއްލެނި ވެގެންނެވެ.


މާޒީގައި ތިޔަބައިމީހުންނަކީ މާތްކަލާނގެ ޢަދުއްވުންގެ ގޮތުގައި ތިބި ބަޔަކީމުއެވެ. އެއީ އޭރު ތިޔަބައިމީހުންގެ ކިބައިގައި ވީ ދެކޮޅުވެރި ޚިޔާލުތަކާއި ފާޙިޝް އަމަލުތަކުގެ ސަބަބުންނެވެ.


މާތްކަލާނގެ އެ މީހުންނަށް މި ފާޅު ކުރައްވަނީ ހައްދެއް ނެތްފަދަ އިއްޒަތްތެރި އަދި ސިއްރެކެވެ. މި ސިއްރަކީ ބަނީއިސްރާއީލުން ނޫން މީހުންގެ ކިބައިގައި ވެސް އަލްމަސީޙު ވާނެ ކަމުގެ ވާހަކައެވެ. އެހެންކަމުން އެކަލޭގެފާނުގެ ޖަލާލަތުކަން އައުމުން ތިޔަބައިމީހުންނާ ވެސް އެ ޖަލާލަތުކަން ޙިއްސާވެގެން ދާނެ ކަމުގެ މަތިވެރި އުންމީދު ތިޔަބައިމީހުންނަށް ލިއްބައިދޭނެ ކަމުގެ ޔަޤީންކަމެވެ.


މި ކަމަކީ އުޑުގައި ތިޔަބައިމީހުންނަށްޓަކައި ބެހެއްޓިފައިވާ ތަކެއްޗާމެދު ތިޔަބައިމީހުން ކުރާ އުންމީދުގެ ނަތީޖާއެވެ. މި އުންމީދު ތިޔަބައިމީހުންނަށް ލިބިފައި ވަނީ ހެޔޮޚަބަރުފުޅުގެ ތެދު ރިސާލަތު ތިޔަބައިމީހުންނަށް ލިބުނު ހިނދުން ފެށިގެންނެވެ.


އަޚުންނާއި އުޚުތުންނޭވެ! މި ހިނދު އަހަރެން ބޭނުންވަނީ މަސީޙީންގެ ތެރެއިން ނިޔާވި ފަރާތްތަކާއިމެދު ހިނގާނޭ ޙާދިސާ ތިޔަބައިމީހުންނަށް އެނގުމަށެވެ. އެއީ އުންމީދެއް ނެތިފައިވާ މީސްތަކުން ނިޔާވާ މީހުންނާމެދު ހިތާމައިގައިވާ ފަދައިން ތިޔަބައިމީހުން ހިތާމައިގައި ނުވުމަށެވެ.


މާތްރަސްކަލާނގެއީ ކޮންފަރާތެއްކަން އެނގިގެންނުވާ މީސްތަކުން ފަދައިން ތިޔަބައިމީހުންގެ ނަފްސުތައް ޝަހުވަތްތެރި ކަމުގެ ތެރެއަށް ވައްޓާނުލުމަށެވެ.


އަހަރެމެންގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ އަހަރެމެންދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އެކަލާނގެ އަހަރެމެންނާއިމެދު އޯގާތެރިވެ ވޮޑިގަންނަވައި ނިމުމެއް ނުވާ ހިތްހަމަޖެހުމާއި އަދި ފުރިހަމަ އުންމީދު އަހަރެމެންނަށް ދެއްވިއެވެ. އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙާއި އަދި މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު ތިޔަބައިމީހުންނަށް ހިތްވަރު ދެއްވާ، އަބަދުވެސް ހެޔޮ އަމަލު ކުރުމަށާއި ހެޔޮބަސްތައް ބުނުން މަތީގައި ދެމި ތިބުމުގައި އެހީތެރިވެ ދެއްވާށިއެވެ.


މި ސިޓީ އަކީ އީސާގެފާނުގެ މަންދޫބެއްގެ ގޮތުގައި މާތްރަސްކަލާނގެ އަދި އަހަރެމެން ހަމައެކަނި ދިންނަވާ ފަރާތުގެ އަމުރުފުޅަށް ހަމަޖެއްސެވި، އެކަލާނގެ މަންދޫބެއް ކަމުގައިވާ ޕައުލް ލިޔާ ސިޓީއެކެވެ. މި ހަމަޖެއްސެވުމަކީ އަހަރެމެންގެ އުންމީދު ކަމުގައިވާ އީސާ އަލްމަސީޙުގެ ހަމަޖެއްސެވުމެކެވެ.


އެމީހުން ގަދަފަދަ އަލިފާންގަނޑުތައް ނިއްވައި، ދުޝްމިނުންގެ ކަނޑިތަކުން ވެސް ސަލާމަތްވިއެވެ. އެމީހުންނީ ކިތަންމެ ބަލިކަށި ބައެއް ކަމުގައިވި ނަމަވެސް ބޭރުން އަރައިގެން އައި އަދާވާތްތެރިން ފައްސާލާނެ ގަދަފަދަބާރު އެމީހުންނަށް މާތްރަސްކަލާނގެ ދެއްވިއެވެ.


އެހެންވީއިރު އެކަލާނގެ ކުރެއްވި ވަޢުދާއި ހުވަޔަކީ ބަދަލުވުމެއް ނުވާ ދެ ކަންތަކެވެ. އެ އިތުބާރާއެކު އަހަރެމެން މިތިބީ މާތްކަލާނގެ ކިބަފުޅުން ސަލާމަތް ކަމަށް އެދި ދުވެފައި އައިއެވެ. މިހިނދު އެކަލާނގެ ކުރެއްވި ވަޢުދުފުޅު ކުރެއްވީ އެ އުންމީދުގައި އަހަރެމެން ބާރަށް ހިފަހައްޓައިގެން ތިބުމަށް ހިތްވަރު ދެއްވުމަށެވެ. އެކަންތައް މިވަނީ އަހަރެމެންގެ ދިމާ ކުރިމަތީގަ ފެންނާށެވެ.


އެކަމަކު މިހާރު އީސާގެފާނު ވަނީ މާމަތީ މަގާމަކަށް އުފުއްލެވި ފައެވެ. އެކަލޭގެފާނު މިހާރު މެދުވެރިވެ ވަޑައިގެން ގެނެސް ދެއްވަނީ މާ ފުރިހަމަ ޢަހުދުނާމާއެކެވެ. އެއީ މާ މަތިވެރި ވަޢުދުފުޅުތަކެއްގެ މަތީގައި ބިނާވެގެންވާ އަހުދުނާމާއެއް ވެސްމެއެވެ.


އީސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުންނަށް އީމާންތެރި ވެވެނީ އެކަލޭގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރުއްވައި މަތިވެރި ޖަލާލަތުކަން ދެއްވި ކަމުންނެވެ. އެއީ ތިޔަބައިމީހުން އެކަލާނގެއަށް އުންމީދުކޮށް އިތުބާރުކުރާނެ ގޮތް މެދުވެރި ވުމަށްޓަކައެވެ.


އެންމެހައި ޙަމްދާއި ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާ އަލްމަސީޙުގެ ބައްޕާފުޅު، މާތްރަސްކަލާނގެއަށެވެ. އަހަރެމެންނަށް އާ އުފަންވުމެއް ދެއްވީ އެކަލާނގެ މަތިވެރި ރަޙުމަތްފުޅުންނެވެ. އީސާ އަލްމަސީޙު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އަލުން ދިރިވަޑައިގެންނެވިކަމުން މިއަދު އަހަރެމެން ވޭތުކުރަމުން މިގެންދަނީ އުންމީދުން ފުރިފައިވާ ޙަޔާތެކެވެ.


އޭގެ ބަދަލުގައި ތިޔަބައިމީހުންގެ ހިތްތަކުގައި އަލްމަސީޙާއި މެދު މަތިވެރި ސާހިބާ ފަދައިން އިޙުތިރާމުކޮށް ޤަދަރު ކުރާށެވެ. އަދި ތިޔަބައިމީހުންގެ ވަނީ ކޮން އުންމީދެއްތޯ މީހަކު ތިޔަބައިމީހުންގެ ކައިރިން އަހައިފިނަމަ ކޮންމެ ވަގުތެއްގައި ވެސް ޖަވާބުދާރީވުމަށް ތައްޔާރުވެ ހުންނާށެވެ. ނަމަވެސް ތިޔަބައިމީހުން މިކަމުގައި އަމަލު ކުރަންވާނީ މަޑުމައިތިރި އަދި އެހާމެ ޤަދަރުވެރި ގޮތުގައެވެ.


އެހެންވީމާ، އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމަށް އިންތިޒާރު ކުރަމުން ގެންދާ ފަރާތްތައް ތިބޭނީ ފާފައިން އެއްކިބާވެ، އެކަލޭގެފާނު ހުންނެވި ފަދައިން ތާހިރުކަން މަތީގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ