އެފޭސުސްގެ މަސީޙީންނަށް ސިޓީ 1:8 - ކިތާބުލް މުޤައްދަސާ8 އެއީ އެކަލާނގެ އަހަރެމެންގެ މައްޗަށް އޯގާތެރިވެ ވޮޑިގަންނަވާ މިންވަރު ދެއްކެވުމަށެވެ. އެކަލާނގެ ޙިކުމަތްވަންތަކަމާއި ދެނެވޮޑިގަތުމުގެ މަތިވެރިކަމާއެ! အခန်းကိုကြည့်ပါ။ |
އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން އައީ ރަލާއި އާދައިގެ ކާނާ ކައިގެން. ވީމާ އެމީހުން ބުނޭ. ’ނިކަން ދެކެބަލަ! އޭނާއަކީ ކެއުމަށް ވަރުހުންނަ ރާބޯ މީހެކޭ. އަދި ޓެކްސް ނަގާ މީހުންނާއި އެންމެ ނުބައި ފާފަވެރިންގެ ވެސް އެކުވެރިއެކޭ.‘ ނަމަވެސް، ނަތީޖާއެއްގެ ގޮތުން މާތްރަސްކަލާނގެ ޙިކުމަތްވަންތަކަން ދައްކަވައިދެއްވާނެ.“
ހަމައެހެންމެ މަލާއިކަތް ބޭކަލުންނާއި ދިރިހުރި މަޚުލޫގުންނާއި ބޮޑުން އެކުގައިވެ ހަރުއަޑުން ސަނާ ކިޔަމުން ގެންދިޔައެވެ: ”ގަތުލު ކުރެވުނު ޅަކަންބަޅި އެކަށީގެންވޭ! އާރާއި ބާރާއި، ތަނަވަސްކަމާއި، ޙިކުމަތާއި އަދި ހަކަތަ އެކަންބަޅިއަށް ލިބިދިނުމަށް ވެސްމެ. އަނެކުންގެ ކިބައިން ގަދަރާއި ޖަލާލަތާއި އަދި ޙަމްދު ލިބިދިނުމަށް ވެސް މި ޅަކަންބަޅި އެކަށީގެންވޭމެ!“