Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 1:22 - ކިތާބުލް މުޤައްދަސާ

22 އަދި އަލްމަސީޙުގެ ބާރުގެދަށަށް އެންމެހާ ތަކެތި މާތްރަސްކަލާނގެ ލެއްވިއެވެ. ހަމައެހެންމެ މަސީޙީ ޖަމާޢަތަށް ފައިދާ ކުރުވަނިވި އެންމެހާ ކަންތައް ކުރުމުގެ ބާރުތައް ވެސް އެކަލާނގެ ވަނީ އެކަލޭގެފާނަށް ދެއްވާފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 1:22
18 ပူးပေါင်းရင်းမြစ်များ  

ކަލެއާއި އަންހެނާއާއި ދެމެދު އެކަކު އަނެކަކަށް ތިމަންކަލާނގެ ނަފްރަތުކަން ލައްވާނަން. އަދި އޭނާގެ ދަރިންނާއި ކަލޭގެ ދަރިންނާއި ދެމެދުގައި ވެސް ނަފްރަތުކަން ދެމިހުންނާނެ. އަންހެނާގެ ދަރި ކަލޭގެ ބޯ ޗިސްކޮށްލާނެ، އަދި ކަލޭ އެދަރީގެ ފުންނާބުގައި ދަތް އަޅާނެ.⁠“


އަހަރެން ތިބާއަށް ބުނަން. އަހަރެން ތިބާއާއި މުޚާތަބު ކުރާނީ ޕަތަރަސްގެ ނަމުން. އަހަރެންގެ ޖަމާޢަތް އަހަރެން ބިނާ ކުރާނީ ތިޔަ ހިލައިގެ މަތީގައި. މަރަކަށް ވެސް އަދި ޝައިތާނާއަކަށް ވެސް އެ ޖަމާޢަތުގެ މައްޗަށް ބާރެއް ނުފޯރުވޭނެ.


އެހެން ކަމުން އަހަރެން ކަލޭމެންނަށް ބުނަން. ކަލޭމެންގެ އަމިއްލަ ނަފްސުތަކާ މެދު ބަލައިގެން ރައްކާތެރިވެގެން އުޅޭ. އަދި މާތްރޫޙުފުޅު ކަލޭމެންނާއި ހަވާލު ކުރި މީހުން ކަމުގައި ވާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުންގެ މައްޗަށް ގެރިބަކަރި ހުއިހައްޕާ މީހަކު އޭނާގެ ގެރިބަކަރިތަކަށް ކާންދީ ބަލަހައްޓާ ފަދައިން ކަމޭހިތައިގެން ބަލާތި. އެ ޖަމާޢަތުގެ މީހުންނަކީ ޚޮދު އެކަލޭގެފާނުގެ ލޭ ފޮދުން އަގު ދައްކާ ގަނެފައިވާ ބަޔެއް. އެމީހުންގެ މައްޗަށް ކަލޭމެން ބޮޑުން ކަމުގައި ލެއްވީ މާތްރޫޙުފުޅު.


މާތްރަސްކަލާނގެއީ އަބަދަށްމެ މަސީޙީ ޖަމާޢަތުގައްޔާއި އީސާ އަލްމަސީޙާއި މެދުގައި ވީ އުޖާލާކަމެއް ކަމުގައިވާށި އެވެ! އާމީން.


އަނބިންގެ މައްޗަށް ފިރިންގެ ބާރު ހިނގަނީ މަސީޙީ ޖަމާޢަތާއި މެދުގައި އަލްމަސީ ބާރުފުޅު ހިނގާ ފަދައިންނެވެ. އެހެނީ އެކަލޭގެފާނުގެ ހަށިކޮޅު ކަމަށްވާ އެ ޖަމާޢަތަށް ދިންނެވުން ދެއްވަނީ އެކަލޭގެފާނެވެ.


އެކަލޭގެފާނީ މަސީޙީ ޖަމާޢަތުގެ ބޮލެވެ. އެކަލޭގެފާނަކީ އެ ހަށިގަނޑަށް ދިރިހުރުން ގެނަސްދޭ ވަސީލަތް ވެސް މެއެވެ. އެކަލޭގެފާނަކީ އެންމެ ފުރަތަމަ ފެށުމެވެ. މަރުވުމަށް ފަހު އެންމެ ކުރީން އަލުން ދިރުއްވާފައި ވަނީ ވެސް އެކަލޭގެފާނެވެ. އެއީ ހުރިހާ ތަކެއްޗެއްގެ ތެރޭން އެންމެ ފުރަތަމަ މަޤާމު އެކަލޭގެފާނަށް ދެއްވުމަށްޓަކައެވެ.


ތިޔަބައިމީހުންގެ ކިބައިގައި މާތްރޫޙުފުޅުން އުފެދިފައިވާ ލޯތްބާ ބެހޭގޮތުން އޭނާ އަހަރެމެންނަށް މައުލޫމާތު ދިނެވެ.


އަދި އަމުރާއި އިޚުތިޔާރުގެ ވެރިފަރާތް ކަމަށްވާ އަލްމަސީޙާއި ގުޅުމުގެ ސަބަބުން ތިޔަބައިމީހުންގެ ދިރިއުޅުން ތިޔަވަނީ ފުރިހަމަވެފައެވެ.


އެހެނީ އެފަދަ މީހުންނަކީ އީސާގެފާނާ ގުޅިފައިވާ ބަޔެއް ނޫނެވެ. އެކަލޭގެފާނަކީ ޖަމާޢަތުގެ އިސް ވެރިޔާ ކަމުގައި ވީ އިރު ވެސް މެއެވެ. އެކަލޭގެފާނަކީ ހަށިގަނޑު ގެ ބޮލެވެ. އެހެންކަމުން ހަށިގަނޑު ވާނީ އެކަލޭގެފާނުގެ އިޚުތިޔާރުގެ ދަށުގައެވެ. ހުރިހާ ހުޅުހުޅުތަކާއި ގުނަވަންތައް އެކަލޭގެފާނާ ގުޅިފައިވުމުން މާތްކަލާނގެ އިރާދަފުޅާ އެކުގައި އެ ހަށިގަނޑު ހެދިބޮޑުވަމުން ދެއެވެ.


އެހެންވީމާ، ހިނދުކޮޅެއްގެ ވަގުތު ކޮޅަކަށް ނަމަވެސް ތިބާއާއި ބައްދުލުވުން ލަސްވިކަމުގައި ވިޔަސް މާތްރަސްކަލާނގެ ދަރުބާރުތަކުގައި މީސްތަކުން ތަރުބިއްޔަތު ކުރާނޭ ގޮތް ތިބާއަށް އަންގައި ދިނުމަށްޓަކައެވެ. އެ ދަރުބާރަކީ ދިރިދެމިވޮޑިގެންވާ ކަލާނގެ ކަނީސާއެވެ. އެއީ ޙައްޤުތެދުގެ ބިންގަލާއި ތަނބު ވެސް މެއެވެ.


އަދި ހުރިހާ އެއްޗެއްގެ މައްޗަށް އަމުރުވެރި ކުރެއްވިއެވެ.⁠“ އެ އަންގަވަނީ ”⁠ހުރިހާ އެއްޗެއްގެ މައްޗަށް އަމުރުވެރި ކުރެއްވި⁠“ ކަމަށެވެ. އެހެނަސް އިންސާނުން އެހުރިހާ އެއްޗެއްގެ މައްޗަށް އަމުރު ހިންގާތަނެއް އަހަރެމެންނަކަށް މިއަދަކު ނުފެނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ