އެފޭސުސްގެ މަސީޙީންނަށް ސިޓީ 1:13 - ކިތާބުލް މުޤައްދަސާ13 މި ހިނދު ތިޔަބައިމީހުންނަށް މާތްކަލާނގެ ތިޔަބައިމީހުން ވެސް ދިންނަވާކަމުގެ ހެޔޮޚަބަރުފުޅު ވަނީ އިވިފައެވެ. ތިޔަބައިމީހުން އީސާގެފާނަށް އީމާންވުމުން ތިޔަބައިމީހުންނަށް ކުރީއްސުރެން ވަޢުދު ކުރައްވާފައިވާ ފަދައިން މާތްކަލާނގެ އަމިއްލަބަޔަކަށް ވެއްޖެކަން އަންގައިދިނުމަށް މާތްރޫޙުފުޅުން ވަނީ ތިޔަބައިމީހުގެ ގައިގައި ފާހަގަ ޖައްސަވާފައެވެ. အခန်းကိုကြည့်ပါ။ |
ކުނިވެ ހަލާކުވެދާ ފަދަ ކާތަކެތި ހޯދުމަށްޓަކައި މަސައްކަތް ނުކުރޭ. ނަމަވެސް އަބަދުވެސް ތާޒާކޮށް ހުންނަ އޭގެ ސަބަބުން ނިމުންނުވާ ޙަޔާތް ލިބޭނެފަދަ ކާތަކެތި ހޯދުމަށް މަސައްކަތް ކުރޭ. އެއީ އިންސާނާގެ ދަރިކަލުން ކަލޭމެންނަށް ދެއްވާނެ ކާނާ. އެހެނީ މާތްރަސްކަލާނގެ، އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އެކަލާނގެ މަތިވެރި ބާރުފުޅު އެކަލޭގެފާނަށް ހިބަކޮށް ދެއްވާފަ.“
މީގެތެރެއިން އެއްފަހަރަކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ކޭންބައްލަވަން އިންނަވާފައި އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން ޖެރޫސަލަމުން ބޭރަށް ނުގޮސް މަޑު ކުރޭ. ބައްޕާފުޅު ދެއްވުމަށް ވަޢުދުފުޅު ވެފައިވާ ކަމުގައި ތިމަންކަލޭގެފާނު ކަލޭމެން ކާރީ ބުނި ހަދިޔާ ދެއްވަންދެން، ކަލޭމެން ޖެރޫސަލަމުގައި މަޑު ކުރޭ.
އިބްރާހީމްގެފާނުގެ ދަރިކޮޅުގެ އެންމެ ހާ އަޚުންނޭ، އަޑުއަހާ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށްޓަކައި މި ތަނަށް އެއްވެތިބި ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ މީހުންނޭ، ސަމާލުވޭ. މާތްރަސްކަލާނގެ ދެއްވާފައި މިވާ ދިންނެވޭނެ މަގު މިއީ އަހަރެމެންނަށް މާތްރަސްކަލާނގެ ދެއްވާފައިވާ ދިންނެވުމެއް.
މާތްރަސްކަލާނގެ އީސާގެފާނު އުޑަށް އުފުއްލަވައިފި. އެކަލޭގެފާނު މިހާރު ވަނީ އެކަލާނގެ ކަނާއަތް ފަރާތުގައި ސުވަރުގޭގައިވާ އެންމެ މަތިވެރި ތަހުތުކޮޅުގަ. ބައްޕާފުޅު ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން އީސާގެފާނަށް މާތްރޫޙުފުޅު ދެއްވި. އަދި އީސާގެފާނު އެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި. ތިޔަބައިމީހުންނަށް ތި ފެނި އިވޭ ކަންތައްތަކަކީ އެއީ.
މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޢުދުކުރެއްވި ރަޙުމަތްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ލިބޭނެ މަގު އީސާގެފާނު އެކުރެއްވި ކަންތަކުގެ ސަބަބުން ފަހިވެއްޖެއެވެ. އަދި އީސާގެފާނަށް އީމާންވުމުން އެންމެންނަށް ދެއްވުމަށް މާތްރަސްކަލާނގެ ވަޢުދުފުޅުކުރެއްވި އެކަލާނގެ މާތްރޫޙުފުޅު ވެސް އަހަރެމެންނަށް ލިބޭނެއެވެ.
އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް އަބަދާއި އަބަދު ޝުކުރުވެރިވާ އެހެން ސަބަބެއް ވެސް ވެއެވެ. ތިޔަބައިމީހުންގެ މެދުގައި މާތްރަސްކަލާނގެ ބަސްފުޅު އަހަރެމެން ގެނެސްދިން ހިނދު ތިޔަބައިމީހުން އެ ޚަބަރުފުޅު އަހައި ބަލައިގަތުމުންނެވެ. ތިޔަބައިމީހުން އެ ބަސްފުޅު ބަލައިގަތީ އިންސާނަކު ގެނެސްދިން ބަސްތަކެއްގެ ގޮތުގައި ނޫންކަމެވެ. ނަމަވެސް ހަމަޔަޤީނުން ވެސް މާތްރަސްކަލާނގެ ބަސްފުޅު ކަމުގައެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ ތިޔަބައި މީހުންގެ މެދުގައި އެ ބަސްފުޅު މަސައްކަތް ކުރައްވަމުންގެންދެއެވެ.
މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.
”މީގެ ކުރީގައި ތިޔަބައިމީހުންނީ އެކަލާނގެ ޚިޔާރު ކުރެއްވި ބައެއްއްނޫނެވެ. ނަމަވެސް މިހާރު ތިޔަބައިމީހުންނީ އެކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. މީގެކުރިން ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަޙުމަތްފުޅަކީ ކޮބައިކަން އެނގިގެން ނުވެއެވެ. ނަމަވެސް މިހާރު ތިޔަބައިމީހުންނަށް އެކަލާނގެ ރަޙުމަތްފުޅު ލިބިއްޖެއެވެ.“
އަދި އިރުމަތީ ފަރާތުން ދިރިދެމިވޮޑިގެންވާ ރަސްކަލާނގެ ގެ ސިއްކަ ހިއްޕަވައިގެން އިތުރު މަލާއިކަތަކު ވަޑައިގަންނަވަނިކޮށް ވެސް އަހަރެން ދުށީމެވެ. އެއްގަމާއި އަދި ކަނޑަށް ގެއްލުން ދިނުމުގެ ބާރު މާތްރަސްކަލާނގެ ދެއްވާފައިވާ ހަތަރު މަލާއިކަތުންނަށް ހަރުއަޑުން އެމަލާއިކަތާ މިފަދައިން ވިދާޅުވަމުން ގެންދެވިއެވެ.