އެފޭސުސްގެ މަސީޙީންނަށް ސިޓީ 1:1 - ކިތާބުލް މުޤައްދަސާ1 މި ސިޓީ އަކީ އީސާ އަލްމަސީޙުގެ މަންދޫބެއްގެ ގޮތުގައި މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ޕައުލްގެ ފަރާތުން ފޮނުވާ ސިޓީ އެކެވެ. މި ސިޓީ މި ލިޔަނީ އެފޭސުސްގައިވާ މާތްކަލާނގެ މުޤައްދަސް ކުރެއްވި އަލްމަސީހަށް އީމާންވާ ހުރިހާ އެންމެންނަށެވެ. އެ ހުރިހާ އެންމެންނަކީ އީސާ އަލްމަސީޙަށް ވަފާތެރިވެ އީމާންކަން މަތީވާ ފަރާތްތައް ވެސް މެއެވެ. အခန်းကိုကြည့်ပါ။ |
ލީދިޔާ އާއި އޭނާގެ ގޭގެ އެންމެން ތައުބާގެ ހިނެވުމުން ހިނެވުނު ދުވަހު އަހަރެމެންނަށް އޭނާގެ ގެއަށް އައުމަށް ދައުވަތު ދީ ލީދިޔާ މި ފަދައިން ބުންޏެވެ. ”އަހަރެން މިއީ ތެދު ގޮތުގައި އީސާގެފާނަށް އީމާންވެގެންވާ މީހަކު ކަމުގައި ކަލޭމެން ގަބޫލު ކުރަނީ ނަމަ ކަލޭމެން އަހަރެންގެ ގޭގައި ތިބޭ.“ އަދި އޭނާ ކުރުނުކޮށް އެދެމުން ގެންދިއުމުން އެންމެފަހުން އަހަރެމެން އެއްބަސްވެ އެގެއަށް ދިޔައީ އެވެ.
ތިޔަބައިމީހުން މާތްސާހިބާ އީސާގެފާނަށް ތަބާވެ އީމާންވީ ކަމާއި، އަދި މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ހުރިހާ އެންމެންނާއި މެދު ތިޔަބައިމީހުންގެ ހިތުގައިވާ ލޯތްބާއި ކުލުނުވާ ޚަބަރު އިވުމުން ތިޔަބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރުން އަހަރެން ހުއްޓައި ނުލަމެވެ. އަބަދާ އަބަދު ތިޔަބައިމީހުންނަށްޓަކައި އަހަރެން ދުޢާ ދަންނަވަމެވެ.
ޅަކަންބަޅި އާއި ދެކޮޅަށް އެބައިމީހުން ހަނގުރާމަ ކުރާނެ. ނަމަވެސް އެބައިމީހުންގެ މައްޗަށް ޅަކަންބަޅި ފަތަޙަ ހޯއްދަވާނެ. ސަބަބަކީ އެކަލޭގެފާނީ ސާހިބުންގެ ސާހިބާ. އަދި ރަސްރަސްކަލުންގެ ރަސްގެފާނު ވެސްމެ. އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ފަތަޙަ ހޯއްދަވާނީ އެކަލޭގެފާނު ގޮވާ ޚިޔާރު ކުރެއްވި އެކަލާނގެ ކިބަފުޅަށް ތެދުވެރިވި މީސްތަކުންނާއި އެކުގައި ވެސްމެ.“
ތިޔަބައިމީހުން މުސީބާތުގައި ވުމުން އެކަމާއި ކަންބޮޑު ނުވެ ދެކިބަލަ! ޝައިތާނާ ތިޔަބައިމީހުން ޖަލުގައި ހައްޔަރު ކުރާނެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުމަށް. އަދި އެ މުސީބާތުގައި ދިހަ ދުވަސް ތިޔަބައިމީހުން ހޭދަ ކުރާނެ. ނަމަވެސް ތިޔަބައިމީހުން މަރުވެދިޔުމާއި ހަމައަށް އީމާންތެރިކަމުގައި ސާބިތުވެ ތިބޭ! އޭރުން ޙަޔާތުގެ ތާޖު އަހަރެން ތިޔަބައިމީހުންނަށް ދޭނަން.
ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދަނީ ކޮން ތަނެއްގައިކަން އަހަރެންނަށް އެނގޭ. އަދި އެއީ އެތަނެއްގައި ޝައިތާނާގެ ތަޚުތު ބެހެއްޓިފައި ހުރި ތަން ވެސްމެ. ނަމަވެސް ތިޔަބައިމީހުން އަހަރެންނަށް ތެދުވެރިވީމު. އަދި އަހަރެންގެ ވަފާތެރި ހެކިވެރިޔާ ކަމުގައިވާ އަންތިޕާސް ތިޔަބައިމީހުންގެ ތެރޭގައި އުޅުނު ހިނދު އެތަނެއްގައި ޝައިތާނާ ދިރިއުޅެމުން ގެންދާ ތިޔަބައިމީހުންގެ ސަހަރުގައި އަންތިޕާސް ޝަހީދުކުރެވުނު. އެހެނަސް އަހަރެންނާއިމެދު ތިޔަބައިމީހުންގެ ކިބައިގައި ހުރި އީމާންތެރިކަން ދޫކޮށްނުލަން.