ކުލޫއްސީގެ މަސީޙީންނަށް ސިޓީ 4:7 - ކިތާބުލް މުޤައްދަސާ7 އަހަރެމެންނާއި އެކުގައި މާތްސާހިބަށް އީމާންތެރިކަމާއެކު ޚިދުމަތްކުރުން މަތީގައިވާ ޚާދިމު، އަދި އަހަރެމެންގެ ލޮބުވެތި އަޚު، ތިޚީކުސް އަހަރެމެންގެ ހާލުއަހުވާލު ތިޔަބައިމީހުންނަށް އަންގައިދޭނެއެވެ. အခန်းကိုကြည့်ပါ။ |
ތިޔަ ސަހަރުގެ އަހުލުވެރިއެއް ކަމުގައިވާ އެފަފުރާސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އޭނާއަކީ ވެސް އީސާ އަލްމަސީޙުގެ ޚާދިމެކެވެ. އޭނާ އަބަދުވެސް ވަރަށް ޖޯޝާއެކު ތިޔަބައިމީހުންނަށްޓަކައި ދުޢާކުރެއެވެ. ރޫޙާނީގޮތުން ކުރިއަރަމުން ދިއުމަށް އެދިއާއި އަދި ތިޔަބައިމީހުންނަށް ހިތްވަރާއި ކުރިއެރުމާއި ފުރިހަމަކަން އެކަލާނގެ އެދިވޮޑިގަންނަވާނެ ފަދަޔަކުން ދެއްވުން އެދި އޭނާ ދުޢާ ކުރެއެވެ.