Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 4:3 - ކިތާބުލް މުޤައްދަސާ

3 އަދި ތިޔަބައިމީހުން ދުޢާކުރާ ހިނދު އަހަރެމެންނަށްޓަކައި ވެސް ދުޢާކޮށްދޭށެވެ. އެއީ މާތްރަސްކަލާނގެ ރިސާލަތު އަންގައި ދިނުމަށް ގިނަ ފުރުސަތު ލިބުމަށް އެދިއެވެ. އަދި އަލްމަސީޙާ ބެހޭގޮތުން ކުރީގައި އެނގިފައި ނުވާ ޚަބަރުފުޅުތައް ހުރިހާ އެންމެންނަށް އުނގަންނައި ދެވޭނެ ގޮތް މެދުވެރި ވުމަށް އެދިއެވެ. އަހަރެން ޖަލުގައި ހައްޔަރު ކުރެވި ހިލިހިލާ ޖެހިފައި ވަނީ ވެސް އެ ސަބަބަށްޓަކައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 4:3
27 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ޚިޔާރު ކުރެވިފައި ވަނީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ސިއްރުތައް ދެނެގަތުމަށް ޓަކައި. ނަމަވެސް އަނެކުންނަށް އެފަދަ ސިއްރުތައް އެނގިގެންނުވޭ.


ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުއަށް އެނބުރި އައިސް އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތް އެއްކޮށް އެމީހުންގެ އެދަތުރުގައި ކަންތައްތައް ވީ ގޮތުގެ ހުރިހާ ވާހަކައެއް އެމީހުންނަށް ކިޔާދިނެވެ. މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ހިތުގައި އެކަލާނގެ އީމާންކަން ލެއްވި ގޮތުގެ ވާހަކަތައް ކިޔާދީ ބަޔާން ކޮށްދިނެވެ.


އަހަރެން ގައިދީއެއްގެ ގޮތުގައި ޖަލުގައި ހައްޔަރުވެފައި މިވަނީ އީސާ އަލްމަސީޙުގެ ސަބަބުންނެވެ. އެއީ އެކަލޭގެފާނާއި ބެހޭ ދިންނެވުން ލިބިދޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު ދަރިކޮޅު ނޫން ފަރާތްތައް ކަމުގައިވާ ތިޔަބައިމީހުންނަށް އިޢުލާނު ކުރަމުން ގެންދާތީވެއެވެ.


ޙަޤީޤަތުގައި އަހަރެންގެ މި ސިޓީގައި ތިޔަބައިމީހުންނަށް ބުނެދީފައިވާނީ މާތްރަސްކަލާނގެ އެކަލާނގެ ވަންހަނާ ކުރައްވާފައިވާ ރޭއްވެވުމާއިމެދު އަހަރެންނަށް ދައްކުވައި ދެއްވި ގޮތުގެ ވަރަށް މަދު މިންވަރެކެވެ.


ތިޔަބައިމީހުން މި ސިޓީ ކިޔަމުން ދާހިނދު ތިޔަބައިމީހުންނަށް އެނގިގެންދާނީ އަލްމަސީޙާ ބެހޭ އޮޅުންނުފިލާ ސިއްރު އަހަރެންނަށް ދޭހަވެފައިވާ މިންވަރެވެ.


އަދި މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވީ ރޭއްވެވުން ފުރިހަމަ ވެފައި ވަނީ ކޮންގޮތަކަށްތޯ މީސްތަކުންނަށް ދައްކައި ދިނުމަށެވެ. މާތްރަސްކަލާނގެއީ އެންމެހާ ތަކެތި ޚަލްޤު ކުރެއްވި ފަރާތެވެ. މާޒީވެ ދިޔަ ޒަމާންތަކުގައި އެކަލާނގެ ވަންހަނާ ކުރެއްވި ސިއްރު ވަނީ ހިފަހައްޓަވާފައެވެ.


މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި އެކަލާނގެ މީސްތަކުންފަދައިން އެދެވޭ ގޮތުގައި ޙަޔާތާއިގެން ކުރިއަށް ދިއުމަށް މާތްސާހިބާގެ ގައިދީއެއްގެ ގޮތުން އަހަރެން ތިޔަބައިމީހުންނަށް އިލްތިމާސް ކުރަމެވެ.


އަދި މި އުފާވެރިކަމުގައި ދެމިހުންނާނަމެވެ. ސަބަބަކީ އަހަންނާއިމެދު ތިޔަބައިމީހުން ދުޢާ ކުރާނެކަން އެނގޭތީއެވެ. އަދި އީސާ އަލްމަސީޙުގެ މާތްރޫޙުފުޅު އަހަރެންނަށް އެހީތެރިވެދެއްވާ ސަލާމަތް ކޮށްދެއްވާނެއެވެ.


ތިޔަބައިމީހުން އެންމެންނާ މެދު އަހަންނަށް އިހުސާސް ކުރެވެނީ ހަމަ ރަނގަޅަށެވެ. ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ ހިތުގައި ޚާއްސަ ޖާގައެއް ވެއެވެ. އެއީ އުފާވެރި ޚަބަރު ފުޅާއިމެދު ޔަޤީންކަން އުފެއްދުމުގައިއާއި އެ ޚަބަރުފުޅުގެ ދިފާޢުގައި އަހަރެން ފެއްޓި މަސައްކަތުގައި އަހަރެން ޖަލުގައި ބަންދުވެފައި މިވާ ވުމުގައި އެކަލާނގެ ދެއްވި ޚާއްސަ ނިޢުމަތުގައި ތިޔަބައިމީހުން ވެސް ހިމެނޭތީއެވެ. އެއީ ތަބިޢީ ގޮތުން އަހަރެން ކުރަމުން މިގެންދާ މަސައްކަތުގައިވާ އިހުސާސްތަކުންނެވެ. މާތްރަސްކަލާނގެ އަހަރެންނަށް ދެއްވި މި ނިޢުމަތުގައި އަހަންނާއިއެކު ތިޔަބައިމީހުން ޙިއްސާ ކުރަމެވެ. އެއީ ޖަލުގައި އަހަރެން މިހެން ހައްޔަރުވެހުރެ، ހެޔޮޚަބަރުފުޅު ދިފާޢުކޮށް މި އުފާވެރި ޚަބަރުފުޅު އަންގައިދެމުން ގެންދާ ހިނދުގައި ވެސްމެއެވެ.


މި ރިސާލަތަކީ އިސްވެ ދިޔަ ގަރުނުތަކާއި ދަރިފަސްކޮޅުތަކަށް ސިއްރު ކުރެވިފައިވާ ކަންތަކެއް ވެސް މެއެވެ. އެކަމަކު މިއަދު މިވަނީ މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނަށް އެކަންތައް އެނގި ފާޅުވެފައެވެ.


އަހަރެން، ޕައުލް، ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވުމަށް މިސިޓީގައި މިލިޔާ ބައި ލިޔަމުން މިގެންދަނީ އަހަރެންގެ އަތު ލިޔުމުންނެވެ. އަހަރެން ޖަލުގައި ހައްޔަރުވެ ހިލިހިލާ ޖެހިފައިވާކަން ތިޔަބައިމީހުންގެ ހަނދާނުގައި ބެހެއްޓުމަށް އެދެމެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަބައިމީހުންނާ އެކުގައި ވާށިއެވެ!


އަޚުންނާއި އުޚުތުންނޭވެ. އަހަރެމެންނަށްޓަކައި ދުޢާ ކުރާށެވެ.


މާތްރަސްކަލާނގެ އޮނިސެފޯރަސް އާއި އޭނާގެ އާއިލާއަށް ރަޙުމަތް ލައްވާށިއެވެ. އޭނާ އަހަންނަށް ގިނަގިނައިން ހިތްވަރު ދީ ހެދިއެވެ. އަހަރެން ޖަލުގައި ގައިދުވެފައި ހުރީތީ އެކަމަކާ އޭނާ ލަދެއް ނުގަނެއެވެ.


އަހަރެން އަންގައިދޭ މި ހެޔޮޚަބަރުފުޅުގެ ސަބަބުން އަހަރެން މިހާރު މިވަނީ ޖިނާއީ ކުށްވެރިއެއް ފަދައިން ހިލިހިލާޖެހި ވޭން ލިބިދޭ ގޮތެއްގައި ހައްޔަރު ވެފައެވެ. ނަމަވެސް މާތްރަސްކަލާނގެ ބަސްފުޅަކު ހިލިލާޖެހި ހައްޔަރެއް ނުކުރެވޭނެއެވެ.


މާތްރަސްކަލާނގެ ބަސްފުޅުން މީސްތަކުންނަށް ޚުތުބާ އިއްވާށެވެ. ވަގުތާއި ޙާލަތުގައި ހިތްހަމަޖެހިގެން ވިޔަސް ނުވިޔަސް މިގޮތުގައި ދެމިހުރުމަށެވެ. ތިބާގެ އުނގަންނައި ދިނުމުގައި މަޑުމައިތިރި ކަމާއެކު ނަސޭހަތްދީ އިސްލާޙުކޮށް އަދި ހިތްވަރު ދިނުމަށެވެ.


ހަމަ އެހެންމެ އަހަންނަށްޓަކައި މެހުމާނުންގެ ކޮޓަރިއެއް ތައްޔާރުކޮށް ދިނުން އެދެމެވެ. އެއީ ތިޔަބައިމީހުންގެ ދުޢާތަކަށް މާތްރަސްކަލާނގެ ޖަވާބު ދެއްވާ ތިޔަބައިމީހުންގެ ކައިރިއަށް އަހަރެން ފޮނުއްވައި ދެއްވާނެ ކަމަށް އަހަރެން އުންމީދު ކުރާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ