Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 4:18 - ކިތާބުލް މުޤައްދަސާ

18 އަހަރެން، ޕައުލް، ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވުމަށް މިސިޓީގައި މިލިޔާ ބައި ލިޔަމުން މިގެންދަނީ އަހަރެންގެ އަތު ލިޔުމުންނެވެ. އަހަރެން ޖަލުގައި ހައްޔަރުވެ ހިލިހިލާ ޖެހިފައިވާކަން ތިޔަބައިމީހުންގެ ހަނދާނުގައި ބެހެއްޓުމަށް އެދެމެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަބައިމީހުންނާ އެކުގައި ވާށިއެވެ!

အခန်းကိုကြည့်ပါ။ ကော်ပီ




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 4:18
14 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުން އެންމެންނާ މެދު އަހަންނަށް އިހުސާސް ކުރެވެނީ ހަމަ ރަނގަޅަށެވެ. ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ ހިތުގައި ޚާއްސަ ޖާގައެއް ވެއެވެ. އެއީ އުފާވެރި ޚަބަރު ފުޅާއިމެދު ޔަޤީންކަން އުފެއްދުމުގައިއާއި އެ ޚަބަރުފުޅުގެ ދިފާޢުގައި އަހަރެން ފެއްޓި މަސައްކަތުގައި އަހަރެން ޖަލުގައި ބަންދުވެފައި މިވާ ވުމުގައި އެކަލާނގެ ދެއްވި ޚާއްސަ ނިޢުމަތުގައި ތިޔަބައިމީހުން ވެސް ހިމެނޭތީއެވެ. އެއީ ތަބިޢީ ގޮތުން އަހަރެން ކުރަމުން މިގެންދާ މަސައްކަތުގައިވާ އިހުސާސްތަކުންނެވެ. މާތްރަސްކަލާނގެ އަހަރެންނަށް ދެއްވި މި ނިޢުމަތުގައި އަހަންނާއިއެކު ތިޔަބައިމީހުން ޙިއްސާ ކުރަމެވެ. އެއީ ޖަލުގައި އަހަރެން މިހެން ހައްޔަރުވެހުރެ، ހެޔޮޚަބަރުފުޅު ދިފާޢުކޮށް މި އުފާވެރި ޚަބަރުފުޅު އަންގައިދެމުން ގެންދާ ހިނދުގައި ވެސްމެއެވެ.


އަދި ތިޔަބައިމީހުން ދުޢާކުރާ ހިނދު އަހަރެމެންނަށްޓަކައި ވެސް ދުޢާކޮށްދޭށެވެ. އެއީ މާތްރަސްކަލާނގެ ރިސާލަތު އަންގައި ދިނުމަށް ގިނަ ފުރުސަތު ލިބުމަށް އެދިއެވެ. އަދި އަލްމަސީޙާ ބެހޭގޮތުން ކުރީގައި އެނގިފައި ނުވާ ޚަބަރުފުޅުތައް ހުރިހާ އެންމެންނަށް އުނގަންނައި ދެވޭނެ ގޮތް މެދުވެރި ވުމަށް އެދިއެވެ. އަހަރެން ޖަލުގައި ހައްޔަރު ކުރެވި ހިލިހިލާ ޖެހިފައި ވަނީ ވެސް އެ ސަބަބަށްޓަކައެވެ.


އަހަރެން ޕައުލް މި ތަހުނިޔާ މިލިޔަނީ އަހަރެންގެ އަމިއްލަ އަތުންނެވެ. އެއީ އަހަރެންގެ ހުރިހާ ސިޓީތައް ވަކިކުރުމަށްޓަކައި ނިޝާނެއްގެ ގޮތުގައެވެ. އެއީ އަހަރެން ލިޔާގޮތެވެ.


ބައެއް މީހުން ތާކުންތާކު ނުޖެހޭ ކަންތައްތަކުގެ ފަހަތުން ގޮސް އީމާންތެރިކަން ނަގާލާ މިސްރާބެއް ނެތި ދަތުރު ކުރެއެވެ. މާތްރަސްކަލާނގެ ތިޔަ ހުރިހާ އެންމެންނަށް ނިޢުމަތް ލައްވާށިއެވެ! އާމީން.


އެހެންވީމާ، މާތްރަސްކަލާނގެ އާއިމެދު މީސްތަކުންނަށް އަންގައި ދިނުމުގައި ތިބާ ލަދުވެތި ނުވާށެވެ. އަދި އަހަރެން އީސާ އަލްމަސީޙަށްޓަކައި ހުރަގޭގައި ހައްޔަރުވެފައި ވާތީވެ އަހަރެންނާމެދުގައި ވެސް ލަދުވެތި ނުވާށެވެ. އަދި މާތްރަސްކަލާނގެ ތިބާއަށް ދެއްވި މަތިވެރި ބާރާއެކު އަހަރެންނެކޭ އެއްފަދައިން އެ ހެޔޮޚަބަރުފުޅު އިޢުލާންކުރާއިރު ވޭން އުފުލުމަށް ތިބާ ވެސް ތައްޔާރުވެ ހުންނާށެވެ.


މާތްސާހިބާ ރޫޙީގޮތުން ތިބާއާއެކުގައި ވާށިއެވެ. އަދި ތިޔަ އެންމެންނަށް އެކަލޭގެފާނުގެ ނިޢުމަތް ލައްވާށިއެވެ. އާމީން!


މިތާނގައި ތިބި އެންމެންގެ ތަހުނިޔާ ތިޔަބައިމީހުންނަށް ފޮނުވަމެވެ. އަހަރެންގެ ތަހުނިޔާ އީމާންކަމުގެ ތެރޭގައި ތިބި އަހަރެމެންދެކެ ލޯބިވާ ފަރާތްތަކަށް ރައްދުކޮށް ދޭށެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަ އެންމެނާއެކުގައި ވާށިއެވެ. އާމީން!


މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅު ކަލޭމެން އެންމެނާއެކުގައި ވާށިއެވެ!


އަދި ޖަލުގައި ވީ މީހުންނާއެކު ކަލޭމެންވެސް ވާކަމަށް ދެކެ އެމީހުންނާ މެދު އަޅާލާން ވެސް ހަނދާންކުރާށެވެ. އެގޮތުން ވޭން އުފުލުންމަތީގައި ތިބި މީހުންގެ މަތިން ހަނދާން ނައްތާނުލާށެވެ. އެމީހުންނާއެކު ކަލޭމެން ވެސް ތިބީ އެ ވޭނުގައިކަން ހިތަށް ގެންނާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ