16 މި ސިޓީ ކިޔުމަށް ފަހު ތިޔަބައިމީހުން ލަވުދީކިޔާގެ މަސީޙީ ޖަމާޢަތަށް މި ސިޓީ ފޯރުކޮށްދޭށެވެ. އަދި އަހަރެން އެމީހުންނަށް ލިޔާ ސިޓީ ތިޔަބައިމީހުން ވެސް ކިޔަން ވާނެއެވެ.
އަހަރެންގެ އެދުމަކީ ތިޔަބައިމީހުންގެ އިތުރުން ލަވުދީކިޔާގެ މަސީޙީ ޖަމާޢަތަށާއި އަދި އަހަރެންނާ ބައްދަލުނުވެ ތިބި އެންމެނަށްޓަކައި އަހަރެން މިކުރާ ބުރަ މަސައްކަތާއި އުފުލަމުން މިގެންދާ ވޭންތައް ތިޔަ އެންމެން ދެނެގަތުމެވެ.
ތިޔަބައިމީހުންނަށާއި ލަވުދީކިޔާ އާއި ހީރާޕުލިސްގެ އެންމެހާ މަސީޙީންނަށް އެހީތެރިވުމަށްޓަކައި އޭނާ ނުހަނު ބުރަ މަސައްކަތް ކުރަމުން ގެންދާ ކަމުގެ ޔަޤީންކަން އަހަރެން ތިޔަބައިމީހުންނަށް ދެމެވެ.
އަދި ލަވުދީކިޔާގެ އެންމެހާ މަސީޙީންނަށް އަހަރެންގެ ތަހުނިޔާ ރައްދު ކޮށްދިނުން އެދެމެވެ. ޚާއްސަކޮށް ނިމްފާއަށް އަހަރެންގެ ތަހުނިޔާ ރައްދު ކޮށްދޭށެވެ. އަދި އެކަނބުލޭގެ ގޭގައި ބައްދަލުވެ ހެދި މަސީޙީންނަށް ވެސްމެއެވެ.
އީމާންތެރިކަމުގައިވާ ހުރިހާ އެންމެންނަށް މި ސިޓީ ކިޔައިދިނުމަށް މާތްސާހިބާ ދެއްވި އަމުރުވެރިކަމުގައި އަހަރެން ތިޔަބައިމީހުންނަށް ބުނަމެވެ.
މި ސިޓީގައި އަހަރެމެން އަންގާފައިވާ ކަންތައްތަކާއި މެދުގައި ކިޔަމަންތެރިވުމަށް ދެކޮޅު ހަދާ ފަރާތްތައް ފާހަގަކޮށް އެމީހުންނާ އެކަހެރިވާށެވެ. އޭރުން އެބައިމީހުން ލަދުވެތިވެ ބަދަލުވެދާނެއެވެ.