Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 4:10 - ކިތާބުލް މުޤައްދަސާ

10 އަހަރެންނާއި އެކުގައި ޖަލުގައި ހައްޔަރު ކުރެވިފައިވީ އަރިސްތާރުކު ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އަދި ބަރުނައްބާސްގެ ދެބެއިންގެދެދަރި މަރުކުސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައިދިނުމަށް އަހަރެންގެ ކިބައިން އެދުނެވެ. ތިޔަބައިމީހުންނަށް ވާނީ މި މަރުކުސް އާމެދު ކަންތައް ކުރާނެގޮތް ބުނެދީފައެވެ. އޭނާއަށް ތިޔަބައިމީހުންގެ ގާތަށް ދެވިއްޖެނަމަ އޭނާއަށް މަރުޙަބާ ކިޔާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 4:10
17 ပူးပေါင်းရင်းမြစ်များ  

ޕަތަރަސްއަށް މި ވީނުވީ ގޮތް އެނގުމުން އޭނާ ދިޔަގޮތަށް ދިޔައީ ޔޫޙަންނާގެ މަންމަ މަރިޔަމުގެ ގެއަށެވެ. މި ޔޫޙަންނާގެ އަނެއް ނަމަކީ މަރުކުސްއެވެ. އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ތެރެއިން އެތައް ބަޔަކު އެގެއަށް އައިސް ދުޢާ ކުރުމަށް ތިއްބެވެ.


ބަރުނައްބާސް އާއި ޝާއުލް ޖެރޫސަލަމުގައި އެމީހުން ކުރަން ނިންމި ހުރިހާ ކަންތައްތައް ކުރުމަށް ފަހު ޔޫޙަންނާ މަރުކުސް ގޮވައިގެން އަންތީޔޮކުއަށް އެނބުރި ދިޔައެވެ.


ޕައުލް އާއި އޭނާގެ ބައިވެރިން އޮޑިއެއްގައި ޕާފޮސް އިން ދަތުރުކޮށް ޕަންފީލިޔާގެ ރަށެއް ކަމުގައި ވާ ޕެރުގާއަށް ދިޔައެވެ. އެ ރަށުގައި ޔޫޙަންނާ މަރުކުސް ބަރުނައްބާސް އާއި ޕައުލް ދޫކޮށް ޖެރޫސަލަމަށް އެނބުރި ދިޔައެވެ.


އެ ރަށުގެ ސަލާމިސްއޭ ކިޔުނު އަވަށުގައި ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒުތަކުގައި ބަރުނައްބާސް އާއި ޝާއުލް މާތްރަސްކަލާނގެ ބަސްފުޅުތައް ކިޔާދީ މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ. ޔޫޙަންނާ މަރުކުސް ވެސް އެމީހުންނާއި އެކު އެމީހުންގެ އެހީތެރިއެއްގެ ގޮތުގައި މި މަސައްކަތުގައި އުޅުނެވެ.


މުޅި ރަށުގައި ހަމަނުޖެހުންފެތުރި ވާނުވާ ނޭނގެން ފެށިއެވެ. ދެން ބަޔަކު ގާޔުސް އާއި އަރިސްތާރުކު އާއި ހިފާ ހައްޔަރުކޮށް އެ ރަށުގެ އެންމެ ބޮޑު ސުޓޭޖު އެޅިފައިވާ ދަނޑަށް ގެންދިޔައެވެ. ގާޔުސް އާއި އަރިސްތާރުކު އަކީ މެސެޑޯނިޔާގެ ދެ މީހުންނެވެ. މި ދެމީހުން އެ ރަށަށް އައީ ޕައުލް އާއި އެކުގައެވެ.


އެދަތުރުގައި ޕައުލް އާއިއެކު ދިޔަ މީހުންނަކީ ތިމޮތީ އާއި، ބެރޭއާގެ މީހެއް ކަމުގައި ވީ ޕިއްރުސްގެ ދަރި ސޮއްޕަތެރު އާއި ތިސަލޯނިކާގެ ދެމީހުން ކަމުގައި ވީ އަރިސްތާރުކުއާއި، ސެކުންދުސް އާއި، ދެރުބޭގެ މީހެއް ކަމުގައި ވީ ގާޔުސް އާއި، އަދި އޭޝިޔާގެ ދެމީހުން ކަމުގައި ވީ ތިޚީކުސް އާއި، ތުރޯފިމުސް އެވެ.


އަހަރެމެން އިޓަލީއަށް ދިއުމަށް ދަތުރު ފެށީ އަދުރަމީތުންގެ އޮޑިއެއްގައެވެ. މި އޮޑި ވަނީ މި ދަތުރުގައި އޭޝިޔާގެ ތަފާތު ބަނދަރުތަކަށް ދިއުމަށް ވެސް ހަމަޖެހިފައެވެ. އޭރު މެސެޑޯނިޔާގެ ރަށެއް ކަމަށްވާ ތިސަލޯނިކާގެ އަރިސްތާރުކު އޭ ކިޔުނު މީހަކު ވެސް މި ދަތުރުގައި އެއޮޑިން އަހަރެމެންނާއި އެކު ދިޔައެވެ.


އީސާގެފާނަށް އީމާންވީ މީސްތަކުންގެ ތެރެއިން މި ފަދައިން ކަން ކުރި އެކަކީ ލާވީގެ ދަރިކޮޅުގެ ޔޫސުފުއެވެ. މި ޔޫސުފަކީ ސައިޕުރަސްގެ މީހެކެވެ. އޭނާގެ އަތުގައި ވީ ދަނޑުބިމެއް ވިއްކާލާ އެ ލާރި ގެނެސް އީސާގެފާނުގެ މަންދޫބުންނާއި އޭނާ ހަވާލު ކުރިއެވެ. މި ޔޫސުފުއަށް މަންދޫބުން ބަރުނައްބާސް އޭ ކިޔާ ނަންދިނެވެ. ބަރުނައްބާސްގެ މާނައަކީ އެހެން މީހުންނަށް ހިތްވަރު ދޭ މީހާ އެވެ.


އަހަރެންގެ ކައިރީގައި ހުރީ ލޫކާސް އެކަންޏެވެ. ތިބާ އަންނައިރު މަރުކުސް ހޯދައި އޭނާ ގޮވައިގެން އައުން އެދެމެވެ. އެހެނީ އަހަރެންގެ މި މަސައްކަތަށް އޭނާގެ އެހީތެރިކަން އަހަންނަށް ލިބޭނެއެވެ.


ހަމައެއާއެކު އީސާ އަލްމަސީޙަށްޓަކައި ހައްޔަރުވެފައި އަހަރެންނާއެކު ހުރި އަހަރެންގެ ބައިވެރިއެއް ކަމަށްވާ އެފަފުރާސްގެ ތަހުނިޔާ ތިބާއަށް ފޮނުވައެވެ.


މީގެ އިތުރުން އަހަރެންގެ އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރަމުން ދާ މަރުކުސް އާއި، އަރިސްތާރުކު އާއި، ދެމާސް އާއި އަދި ލޫކާސް ވެސް ތިބާއަށް ތަހުނިޔާ ފޮނުވައެވެ.


ތިޔަބައިމީހުން ފަދައިން މާތްކަލާނގެ އިޚްތިޔާރު ކުރައްވާފައިވާ ރޯމުގެ ޖަމާޢަތުގެ ހެޔޮ އެދުމާއި ތަހުނިޔާތައް ތިޔަބައިމީހުންނަށް ފޮނުވައެވެ. އަދި އަހަރެންގެ ދަރިއެއްފަދައިން ދެކޭ މަރުކުސްގެ ފަރާތުން ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ