ކުލޫއްސީގެ މަސީޙީންނަށް ސިޓީ 4:1 - ކިތާބުލް މުޤައްދަސާ1 ސާހިބުންނޭވެ! ތިޔަމީހުންގެ އަޅު ނޯކަރުންނާއިމެދު އަޅާލައި އިންސާފާއެކު އެމީހުންނާމެދު އަމަލުތައް ބަހައްޓާށެވެ. ތިޔަ ސާހިބުންނަށްޓަކައި ވެސް ސުވަރުގޭގައި ސާހިބަކު ވަޑައިގެން ވާކަން ހަނދާން ބަހައްޓާށެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް ކޮންމެއަކަސް އޭނާ އެވަޑައިގެން ރަށުގައި އޭނާއަށް ރަސްކަމުގެ ލަޤަބު ލިބިވަޑައިގެން ރަސްކަމަށް އިސްކުރެވުނު. ދެން އެއަށް ފަހު އޭނާ އެނބުރި އޭނާގެ ރަށަށް ވަޑައިގެންނެވި. ރަށަށް ވަޑައިގެން އޭނާ ފައިސާ ހަވާލުކުރި ދިހަ ނޯކަރުން އެއްކުރެއްވި. އެއީ އެމީހުން އެލާރިން ކުރި ވިޔަފާރިން ލިބުނު ފައިދާއަކީ ކޮބައިތޯ ބެލުމަށް.
އަދި ކަލޭމެންގެ ދަނޑުތަކުގައި ގޮވާން ކޮށްދިން ދަނޑުވެރިންނަށް ކަލޭމެން ޚިޔާނާތްތެރިވެ އެބައިމީހުންނަށް ލިބިދޭންޖެހޭ މަސައްކަތުގެ އުޖޫރަ ނުދިނުމުން ކަލޭމެންނާއި ދެކޮޅުވެރިވެ އެބައިމީހުން އަޑުލަނީއެވެ. އެބައިމީހުން އުޖޫރައަށް އެދި ކުރި ޝަކުވާތަކުގެ އަޑު އެންމެހާ ކަމަކަށް ކުޅަދުންވަންތަ މާތްރަސްކަލާނގެ އައްސަވާވޮޑިގެންވިއެވެ.
ޅަކަންބަޅި އާއި ދެކޮޅަށް އެބައިމީހުން ހަނގުރާމަ ކުރާނެ. ނަމަވެސް އެބައިމީހުންގެ މައްޗަށް ޅަކަންބަޅި ފަތަޙަ ހޯއްދަވާނެ. ސަބަބަކީ އެކަލޭގެފާނީ ސާހިބުންގެ ސާހިބާ. އަދި ރަސްރަސްކަލުންގެ ރަސްގެފާނު ވެސްމެ. އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ފަތަޙަ ހޯއްދަވާނީ އެކަލޭގެފާނު ގޮވާ ޚިޔާރު ކުރެއްވި އެކަލާނގެ ކިބަފުޅަށް ތެދުވެރިވި މީސްތަކުންނާއި އެކުގައި ވެސްމެ.“