ކުލޫއްސީގެ މަސީޙީންނަށް ސިޓީ 3:5 - ކިތާބުލް މުޤައްދަސާ5 އެހެންވީމާ، ތިޔަބައިމީހުންގެ ހަވާނަފްސުގެ އެދުންތައް މަރާ ލާށެވެ. ފާޙިޝް އަމަލުތަކާއި ނުތާހިރުކަންކަމާއި ޝަހުވަތުގެ ބޭނުންތަކާއި އަދި ހުރިހާ ބާވަތެއްގެ ނުބައިވެގެންވީ ހިތުގެ އެދުންތަކާއި ދަހިވެތިކަމާއި ދުރުހެލިވެ ތިބޭށެވެ. ދަހިވެތިކަމަކީ ބުދަށް އަޅުކަން ކުރުން ފަދަ ކަމެކެވެ. အခန်းကိုကြည့်ပါ။ |
މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިދުނިޔޭގައި ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައި ވީ ބައެކެވެ. އެހެންވީމާ، ޖިސްމާނީ ފާހިޝް ހުރިހާ އެދުންތަކުން ދުރުހެލިވެ ތިބުމަށް އަހަރެން ތިޔަބައިމީހުންނަށް އެދެމެވެ. ސަބަބަކީ ތިޔަބައިމީހުންގެ ފުރާނައާއި ދެކޮޅަށް އެފަދަ ކަންތައްތައް ހަނގުރާމަ ކުރާނެކަމެވެ.
ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.“