Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 3:23 - ކިތާބުލް މުޤައްދަސާ

23 ކުރާކޮންމެ ކަމެއް ނިކަން ގަޔާވެގެން ކުރާށެވެ. އެކަމަކީ މާތް ސާހިބާއަށްޓަކައި ކުރާ ކަމެއްކަމަށް ހިތައިގެންނެވެ. އެއީ އިންސާނުންނަށް ކޮށްދޭ ކަމެކޭ ނުހިތާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 3:23
18 ပူးပေါင်းရင်းမြစ်များ  

”⁠ތިޔަބައިމީހުން ރޯދަޔަށް ތިބޭ ހިނދު މުނާފިޤުން ފަދައިން މޫނުމަތިން މަޑުމޮޅިގޮތް ދައްކައި ނުހަދާ. އެފަދަ މުނާފިޤުން ތިބީ ރޯދައަށްކަން މީސްތަކުންނަށް ދެއްކުމުގެ ގޮތުން އެބައިމީހުންގެ މޫނުތަކުން ހިތާމަވެރިގޮތް ދައްކުވާ. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން.


އަނބިންނޭވެ. މާތްސާހިބާއަށް ކިޔަމަންތެރިކަން އަދާކުރާ ފަދައިން ތިޔަބައިމީހުންގެ ފިރިންނަށް ކިޔަމަންތެރިކަން އަދާ ކުރާށެވެ.


ތިޔަބައިމީހުން ކުރާކޮންމެ ކަމެއް މާތްސާހިބާ އީސާގެފާނުގެ ނަންފުޅު މަތީގައި ކުރާށެވެ. އެއީ އެކަލޭގެފާނު މެދުވެރިކޮށް ބައްޕާފުޅު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާށެވެ.


މިހާރު، ތިޔަބައިމީހުންގެ ނަފްސުތައް ސާފު ތާހިރުވެގެން ވަނީ އުފާވެރި ޚަބަރުފުޅާމެދު ކިޔަމަންތެރިކަމާއެކު އިތުބާރު ކުރުމުންނެވެ. އެހެންވީމާ، ތިޔަބައިމީހުން ތެދުވެރިކަމާއެކު މަސީޙީންގެ އެކަކު އަނެކަކަށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ.


ތިޔަބައިމީހުންގެ ކިބައިން މާތްރަސްކަލާނގެ އެދިވޮޑިގެންވަނީ މި މާއްދީ ދުނިޔޭގައިވާ އެންމެހައި ޤާނޫނީ ބާރުތަކަށް ބޯލަނބައި ކިޔަމަންގަތުމަށެވެ. ޚާއްސަކޮށް އެކި ސަރަހައްދުތަކުގައި ވެރިކަންހިންގާ ރަސްރަސްކަލުންނަށެވެ.


ތިޔަބައިމީހުން ވޭތުކުރަމުންގެންދާ ރީތި ދިރިއުޅުމުން ތިޔަބައިމީހުންނާއި މެދު ޙަޤީޤަތެއް ނެތް ތުހުމަތުތައް ކުރަމުން ދާ ފަރާތްތަކުގެ އަނގަ ބަންދުކުރުމަށް މާތްރަސްކަލާނގެ އެދިވޮޑިގެންވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ