ކުލޫއްސީގެ މަސީޙީންނަށް ސިޓީ 3:22 - ކިތާބުލް މުޤައްދަސާ22 އަޅުންނޭވެ! ތިޔަބައިމީހުންގެ ދުނިޔެވީ ސާހިބުންނަށް ހުރިހާ އިރެއްގައި ވެސް ކިޔަމަންތެރިވާށެވެ. ހަމަ އެކަނި މީހުންގެ ލޯމައްޗަކު އެކަންޏެއް ނޫނެވެ. އަދި މީހުންގެ ރުހުން ހޯދުމަކަށެއް ވެސް ނޫނެވެ. އެކަމަކު އެއީ މާތްސާހިބާ އަށް ޤަދަރުކޮށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިން އެދިގެން ކުރާ ކަމެއްގެ ގޮތުގައެވެ. အခန်းကိုကြည့်ပါ။ |
އެހެނީ އަޅުގަނޑަކީ ވެސް އަޅުގަނޑުގެ މައްޗަށް ތިބި އޮފިސަރުންގެ ދަށުގައި ހުރި މީހަކީން. ހަމައެހެންމެ އަޅުގަނޑުގެ އަމުރުވެރިކަމުގެ ދަށުގައި ފަހުލަވާނުން އެބަތިބި. އޭގެތެރެއިން ފަހުލާނަކަށް އަޅުގަނޑު ދާން އެންގުމުން އޭނާ ދޭ. އަދި ފަހުލަވާނަކަށް އަޅުގަނޑު އަންނަން އެންގުމުން އެ ފަހުލަވާނަކު އާދޭ. އަޅުގަނޑުގެ ނޯކަރަށް ކަމެއް ކުރުމަށް އަމުރު ކުރުމުން އެ ނޯކަރު އެކަމެއް ކުރޭ.“
އެއީ އަޅުގަނޑަކީ ވެސް އަޅުގަނޑުގެ މައްޗަށް ތިބި އޮފިސަރުންގެ ދަށުގައި ވާ މީހަކީން. ހަމައެފަދައިން އަޅުގަނޑުގެ ދަށުގައި ވާ މީހުންނަށް އަޅުގަނޑު ވެސް ދާން އެންގުމުން އެމީހުން ދޭ. އަދި އަންނަން އެންގުމުން އެމީހުން އާދޭ. އަޅުގަނޑުގެ ނޯކަރުންނަށް ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެންގުމުން އެމީހުން އެކަމެއް ކުރޭ.“
ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ގޯތިތެރޭގައި ޖަމާވެ އެތާނގައި އެމީހުންގެ ބައްދަލުވުންތައް ބާއްވައެވެ. އަދި ކޮންމެ ދުވަހަކުމެ އެމީހުންގެ ގޭގޭގައި އެކުގައި ކައްކާ އުފަލާއި ހަމަޖެހުމާއި އެކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކައި ކައިހަދައި އުޅުނެވެ.
ސަބަބަކީ މާތްރަސްކަލާނގެ އަހަރެމެންނާއިމެދު ރުހިވޮޑިގަންނަވައި ހެޔޮޚަބަރުފުޅު އަހަރެމެންނާއި ޙަވާލު ކުރެއްވިއެވެ. އެހެންވީމާ، އަހަރެމެން މުޚާތަބު ކުރަނީ މީހުންގެ ރުހުން ލިބުމަކަށް އެދިގެން ނޫނެވެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދައިންނެވެ. އަދި އަހަރެމެންގެ ހިތްތަކުގެ މަގުސަދު ފައިސަލާ ކުރައްވާނެ ފަރާތަކީ މާތްރަސްކަލާނގެއެވެ.
މިއަދު އޭނާ އަކީ ތިބާގެ ހަމައެކަނި އަޅެއް ނޫނެވެ. އެކަމަކު އަޅަކަށްވުރެ މާ މަތިވެރި މީހެކެވެ. އޭނާ އަކީ ތިބާގެ ލޮބުވެތި އަޚެއް ވެސްމެއެވެ. ޚާއްސަކޮށް އަހަރެންގެއެވެ. އެކަމަކު އަހަރެމެން ދެމީހުންނަށް އޭނާ ކިހާ މުހިންމު ތޯ؟ އަޅެއްގެ ގޮތުންނާއި އަދި އަލްމަސީޙުގެ ފަރާތުން ލިބިފައިވާ އަޚެއްގެ ގޮތުންނެވެ.