ކުލޫއްސީގެ މަސީޙީންނަށް ސިޓީ 3:21 - ކިތާބުލް މުޤައްދަސާ21 ބަފައިންނޭވެ! ދަރިން ލަދުގަންނަވައި ރުޅިނާރުވާށެވެ. އެހެންނޫނީ އެކުދިންގެ ހިތްވަރު އެލިދާނެއެވެ. အခန်းကိုကြည့်ပါ။ |
އަޅުންނޭވެ! ތިޔަބައިމީހުންގެ ދުނިޔެވީ ސާހިބުންނަށް ހުރިހާ އިރެއްގައި ވެސް ކިޔަމަންތެރިވާށެވެ. ހަމަ އެކަނި މީހުންގެ ލޯމައްޗަކު އެކަންޏެއް ނޫނެވެ. އަދި މީހުންގެ ރުހުން ހޯދުމަކަށެއް ވެސް ނޫނެވެ. އެކަމަކު އެއީ މާތްސާހިބާ އަށް ޤަދަރުކޮށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިން އެދިގެން ކުރާ ކަމެއްގެ ގޮތުގައެވެ.