ކުލޫއްސީގެ މަސީޙީންނަށް ސިޓީ 3:20 - ކިތާބުލް މުޤައްދަސާ20 ދަރިންނޭވެ! އަބަދުވެސް މައިންބަފައިންގެ ކިޔަމަނުގައި ވާށެވެ. މާތްސާހިބާ އެދިވަޑައިގަންނަވާ ގޮތަކީ އެއީއެވެ. အခန်းကိုကြည့်ပါ။ |
އެއާއެކު، ތިޔަބައިމީހުން ފޮނުވި ހުރިހާ ތަކެއްޗެއް އަހަރެންނަށް ލިބިއްޖެއެވެ. އަދި މިތަކެތި ފުދޭވަރަށް ވުރެން ވެސް އިތުރު ކަމުގައި ބުނަމެވެ. ތިޔަބައިމީހުން ފޮނުވި ތަކެތި އެފަފުރޮދިތު އަހަރެންނަށް ގެނެސް ދިނެވެ. އެތަކެތި ވަނީ މާތްރަސްކަލާނގެއަށް ވެދުން ކުރެވޭ ހުނވަދު ފަދައިންނެވެ. ނޫނީ އެތަކެއްޗަކީ މާތްރަސްކަލާނގެއަށް ޤުރުބާން ކުރެވޭ ތަކެތީގެ ތެރެއިން އެކަލާނގެ އެދިވޮޑިގަންނަވާ ފަދަ ތަކެއްޗެވެ.
އަޅުންނޭވެ! ތިޔަބައިމީހުންގެ ދުނިޔެވީ ސާހިބުންނަށް ހުރިހާ އިރެއްގައި ވެސް ކިޔަމަންތެރިވާށެވެ. ހަމަ އެކަނި މީހުންގެ ލޯމައްޗަކު އެކަންޏެއް ނޫނެވެ. އަދި މީހުންގެ ރުހުން ހޯދުމަކަށެއް ވެސް ނޫނެވެ. އެކަމަކު އެއީ މާތްސާހިބާ އަށް ޤަދަރުކޮށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިން އެދިގެން ކުރާ ކަމެއްގެ ގޮތުގައެވެ.
އަހަރެންގެ ދުޢާއަކީ އަހަރެމެން އެންމެންގެ ކިބައިގައި އެ މަތިވެރި ކަލާނގެ ރުހިވޮޑިގެންވާނެ ފަދަ ހެޔޮކަންތައް ކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ލެއްވުމެވެ. އީސާގެފާނު މެދުވެރިވެ އެކަލާނގެ ރުހިވޮޑިގަންނަވާ ފަދައިން ކަންތައް ކުރެވޭނެ ގޮތް އަހަރެމެންގެ ކިބައިގައި ލައްވާށިއެވެ. ހުރިހާ ވެސް ޖަލާލަތުކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!