18 އަނބިންނޭވެ! ތިޔަބައިމީހުންގެ ފިރިންނަށް ތަބާވެ ތިބޭށެވެ. އެހެނީ އެއީ މާތް ސާހިބާ ރުހިވަޑައިގަންނަވާ ގޮތެވެ.
އަންހެނާއަށް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ ކަލޭގެ ވިހެއުމުގެ ވޭންވަރު އެތައް ގުނައަކަށް އިތުރުކުރާ ހުށީން. ކަލޭ ދަރިން ވިހާނީ ވަރަށް ވެސް ގަދަ ވޭނާއެކު. ކަލޭގެ އެދުންތައް ވާނީ ކަލޭގެ ފިރިމީހާގެ މައްޗަށް. އެހެނަސް ކަލޭގެ މައްޗަށް އޭނާ ވެރިކަން ކުރާނެ.“
ޕަތަރަސްއާއި އެހެން ވެސް މަންދޫބުން މި ފަދައިން ބުނެ ޖަވާބުދިނެވެ. ”އަޅުގަނޑުމެން ކިޔަމަން ވަނީ އިންސާނުންގެ ބަސްތަކަކަށް ނޫން. އަޅުގަނޑުމެން ކިޔަމަން ވަނީ މާތްރަސްކަލާނގެ ބަސްފުޅަށް.
އަނބިންނޭވެ. މާތްސާހިބާއަށް ކިޔަމަންތެރިކަން އަދާކުރާ ފަދައިން ތިޔަބައިމީހުންގެ ފިރިންނަށް ކިޔަމަންތެރިކަން އަދާ ކުރާށެވެ.
ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ ބައެކެވެ. އެހެންވީމާ، ތިޔަބައިމީހުންގެ ތެރޭގައި ޖިންސީ ފާފަވެރިކަން އަދި ނުތާހިރު ދިރިއުޅުން އަދި ދަހިވެތިކަން ވުމަކީ އެއްގޮތަކަށް ވެސް ހުރެގެންވާނެ ކަންތައްތަކެއް ނޫނެވެ.
އެހެނީ، މިފަދަ އަލިކަމެއް އުފެއްދޭނީ ތިޔަބައިމީހުންގެ ކިބައިގައި ހެޔޮކަމާއި، ސާލިޙުވަންތަކަމުގެ އިތުރުން ތެދުވެރިކަން ވެސް އެވެ.
އަދި ފިރިހެނުންގެ މައްޗަށް އަންގައިދީ ބާރު ފޯރުވުމަށް އެކަނބަލުންނަށް އަހަރެން ހުއްދައެއް ނުކުރާނަމެވެ. އެކަނބަލުން ތިބެންޖެހޭނީ ހީމާންކަމާއެކު އަޑުއެހުމަށެވެ.