Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 3:16 - ކިތާބުލް މުޤައްދަސާ

16 އީސާއަލްމަސީޙުގެ ރިސާލަތު އޭގެ މުއްސަނދިކަމާއެކު ތިޔަބައިމީހުންގެ ކިބައިގައި އެކުލަވާށެވެ. އަދި އެކަކު އަނެކަކަށް އޭގެ ޙިކުމަތްތައް ކިޔައިދީ ވިސްނައިދީ ހަދާށެވެ. މިއާއެކު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވައި މަދަހަ ސަނާ ކިޔައި ރޫހާނީ ލަވަޔާއި ތަރާނާތައް ކިޔަމުން ދާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 3:16
62 ပူးပေါင်းရင်းမြစ်များ  

ބުއްދިވެރިންނަށް އެމީހުން ދާނެ މަގު ފެންނާން އޮވެއެވެ. މޮޔަ މީހާ އަމިއްލަ ނަފްސު އޮޅުވާލައެވެ.


ގުޅުންކުޑަ މީހާ ބަލާނީ އަމިއްލަ ފައިދާއަށެވެ. އެމީހުން ހެޔޮ ނަސޭހަތަށް ޖެއްސުން ކުރާނެއެވެ.


ދެން އެބޭކަލުން ހަމްދާ ސަނާގެ ލަވައެއް ކިޔުމަށް ފަހު ޒައިތޫނި ފަރުބަދަ މައްޗަށް ދިޔައެވެ.


ދެން އީސާގެފާނު އެބައިމީހުންނާއިއެކު އެނބުރި ނާޒަރަތަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ހުރިހާ ކަމެއްގައި ވެސް އެދެކަނބަލުންނަށް ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. މަރިޔަމްގެފާނު މި ވެދިޔަ ހުރިހާ ކަންތައްތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވިއެވެ.


ކަލޭމެން އަހަންނާ އަދި އަހަރެންގެ ބަސްތަކާ ގުޅިފައިވާނަމަ، ކަލޭމެން ކޮންމެ ކަމަކަށް އެދި ދެންނެވިޔަސް އެކަމެއް މާތްރަސްކަލާނގެ ހިންމަވައި ދެއްވާނެ.


އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ، ތިޔަބައިމީހުންނަށް ރޫޙާނީ ޙިކުމަތްތެރިކަމަކާއި އަދި ފުރިހަމަ އިލްހާމެއް ދެއްވުމަށް އެދިދަންނަވަމެވެ. އޭރުން ތިޔަބައިމީހުންނަށް އެކަލާނގެ ފުރިހަމައަށް އެނގިގެންވާނެއެވެ.


އެހެންވީމާ، ބުއްދިނުކުރާ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ. ނަމަވެސް އޭގެ ބަދަލުގައި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކީ ކޮބައިތޯ ބަލާށެވެ.


އޭރުން، އަނެކުންނާއި މުޢާމަލާތް ކުރާ ހިނދު ހިތްވަރު ދިނުމަށްޓަކައި ޒަބޫރުގެ ފަތްފުށްތަކުންނާއި މަދަޙައިގެ މަދަހައިންނާއި ރޫޙާނީ ލަވަތަކުން މުޢާމަލާތް ކުރެވޭނެއެވެ. މިފަދަ ރާގުތަކުން ތިޔަބައިމީހުންގެ ހިތްތަކުގައި މާތްސާހިބާއަށްޓަކައި ރާގު އުފައްދާށެވެ. މާތްސާހިބާ އަށް ހަމްދާ ސަނާ ކިޔާށެވެ.


އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ މަސީޙީ ޖަމާޢަތް ކަރާމާތްތެރިކޮށް ތާހިރު ކުރެއްވުމުގެ ގޮތުންނެވެ. އެހެނީ އެކަލޭގެފާނުގެ ބަސްފުޅުންނާއި ތައުބާގެ ހިނެވުމުން އެބައިމީހުން ހިނަވައިދެއްވައި ތާހިރުކޮށްދެއްވިއެވެ.


އެހެންކަމުން އަހަރެމެން ހުރިހާ އެންމެންގެ ގާތު ވެސް އީސާއަލްމަސީޙާ ބެހޭ ވާހަކަތައް ދައްކައި މާތްކަލާނގެ ދެއްވި ޙިކުމަތްފުޅާ އެއްގޮތްވާ ގޮތުގެ މަތިން އެމީހުންނަށް ނަސޭހަތްދީ އިންޒާރުކޮށް ހަދަމެވެ. އަހަރެމެންގެ މަގުސަދަކީ އެމީހުން އަލްމަސީޙާ ގުޅުވައި ފުރިހަމަ ބައެއްގެ ގޮތުގައި މާތްކަލާނގެ ޙަޟްރަތަށް ގެންގޮސްދިނުމެވެ.


ތިޔަބައިމީހުންނާއި ބެހޭ ޚަބަރުތައް އަހަރެމެންނަށް އަޑު އިވުނީއްސުރެ ތިޔަބައިމީހުންނަށްޓަކައި ދުޢާކުރުން އަހަރެމެން ހުއްޓައެއް ނުލަމެވެ. އަދި އެކަލާނގެ މާތް ރޫޙުފުޅުން ދެއްވާ ހުރިހާ ޙިކުމަތްތަކާއި ވިސްނުންތެރިކަމުން އެކަލާނގެ އެދިވޮޑިގެންވާ ކަންތައްތަކުގެ ފުރިހަމަ އިލްމު ތިޔަބައިމީހުންނަށް ދެއްވުން އެދި އަހަރެމެން މެދުނުކެނޑި ދުޢާކުރަމެވެ.


ހިތްގައިމުކަމާއި ޝައުގުވެރިކަން އެކުލެވޭ ގޮތުގައި އެމީހުންނާ ވާހަކަ ދައްކާށެވެ. އޭރުން އެމީހުންގެ ސުވާލުތަކަށް ރަނގަޅުގޮތުގައި ޖަވާބު ދެވޭނެއެވެ.


އެއީ ތިޔަބައިމީހުން މެދުވެރިކޮށް މެސެޑޯނިޔާއާއި އަކޭޔާގެ އެންމެންނަށް މާތް ސާހިބާއާއި ބެހޭ ޚަބަރުފުޅު ދިނުމުން އެކަންޏެއްމެ ނޫނެވެ. އަދި މީގެ އިތުރުން މާތްރަސްކަލާނގެ އާއި މެދުގައި ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަމުގެ ޚަބަރު އެންމެހައި ކަންކޮޅުތަކަށް ފެތުރިގެން ދިޔައީތީ ވެސްމެއެވެ. ވީމާ އިތުރަށް އަހަރެމެން ބުނަންޖެހޭ ވާހަކައެއް ނެތެވެ.


އެހެންވީމާ، މިބަސްތަކުން އެކަކު އަނެކަކަށް ހިތްވަރު ދޭށެވެ.


އެބައިމީހުންނީ ތިޔަބައިމީހުންގެ ޢަދުއްވުން ކަމުގައި ނުވިސްނާށެވެ. އެހެނަސް އީމާންތެރިކަމުގައިވާ އަޚަކު ނުވަތަ އުޚުތަކު ނަސޭޙަތްތެރިވާ ފަދައިން އިންޒާރު ކުރާށެވެ.


މިދުނިޔޭގައި ވީ މުއްސަނދި މަހުޖަނުންނަށް އަންގާށެވެ. މުއްސަނދި ކަމުގައި ބޮޑާވެގެން ނުދާށެވެ. އަދި އެބައިމީހުންގެ ފައިސާތަކަށް އިތުބާރު ނުކުރާށެވެ. އިސާހިތަކު އެތަކެތި ފަނާވެ ހިނގައިދާނެއެވެ. އެކަމަކު ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއާއިމެދު އިތުބާރު ކުރާށެވެ. އަހަރެމެންގެ އުފާވެރި ކަމަށްޓަކައި އިންތިހާ ދަރަޖައިގެ އެ ނިޢުމަތް ދެއްވީ އެކަލާނގެއެވެ.


ތިބާ ތުއްތު އިރުންސުރެން މުޤައްދަސް ފަތްފުށްތައް ތިބާ ދިޔައީ އުނގެނެމުންނެވެ. އެތަކެތިން ތިބާއަށް އެނގިގެންވީ ޙިކުމަތާއި ދިންނެވުން ލިބިދެނީ އީސާ އަލްމަސީޙާއި މެދުގައި ވީ ފުރިހަމަ އިތުބާރަކުން ކަމުގައެވެ.


އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންގެ މައްޗަށް ތަނަވަސްކޮށް ފުރިހަމަ ކޮށްދެއްވީ އީސާ އަލްމަސީޙު، އަހަރެމެން ދިންނަވާ ފަރާތް މެދުވެރި ކުރައްވައެވެ.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތު ވޭތުކުރުމުގެ ޙިކުމަތް ކަލޭމެންގެ ތެރެއިން އެއްވެސް މީހަކަށް ލިބިގެންނުވާނަމަ އެކަލާނގެ ކިބަފުޅަށް އެމީހަކު އެދި ދަންނަވާށެވެ. އަދި އެފަދައިން އެދޭ ހުރިހާ އެންމެންނަށް ފާޑުކިޔުމެއްނެތި ދީލަތިކަމާއެކު އެކަލާނގެ ޙިކުމަތް ދެއްވާނެއެވެ.


ނަމަވެސް މާތްރަސްކަލާނގެ ދެއްވާ ޙިކުމަތްތެރިކަން ލިބިގެންވާ ފަރާތްތައް ވާނީ ހެޔޮ ގޮތުގައި ތާހިރުވެގެންނެވެ. އެބައިމީހުން އަނެކުންނާއެކު ސުލްޙަވެރިކަން މަތީ ޙަޔާތު ވޭތުކުރެއެވެ. އެބައިމީހުންނީ ހިތްތިރި ބައެކެވެ. ކެތްތެރި ކަމުގައިވެ އަނެކުންގެ ވާހަކަތައް އެހުމުގައިވެއެވެ. އެބައިމީހުންނީ އޯގާތެރި ކަމާއި އެހީތެރިކަމުގައިވާ ބައެއް ވެސްމެއެވެ. އެއްބަޔަކަށް ވުރެން އަނެއްބަޔަކަށް އެބައިމީހުން އިސްކަމެއް ނުދެއެވެ. އެބައިމީހުންނީ ދެފުށް ދެގޮތް ބައެއް ވެސް ނުމެނޫންމެއެވެ.


ކަލޭމެންގެ ތެރެއިން މީހަކު މުސީބާތުގައި ވާނަމަ މާތްރަސްކަލާނގެ ކިބަފުޅުން އެހީތެރިކަމަށް އެދި ދުޢާ ދަންނަވާށެވެ. ކަލޭމެންގެ ތެރެއިން މީހަކު އުފަލުގައި ވާނަމަ މާތްރަސްކަލާނގެ ކިބަފުޅަށް މަދަޙައިން ޙަމްދު ސަނާ ދަންނަވާށެވެ.


ބަފައިންނޭވެ! ތިޔަ ބަފައިންނަށް އަހަރެން މިފަދައިން ލިޔާ ސަބަބަކީ ދުނިޔެ ފެށުމުގެ ކުރީގައި ހުންނެވި ކަލާނގެ ތިޔަ ބަފައިންނަށް އެނގިފައިވާތީއެވެ. ޒުވާނުންނަށް އަހަރެން މިފަދައިން މިލިޔާ ސަބަބަކީ ތިޔަ ޒުވާނުންގެ ބާރުގަދަ ކަމުންނެވެ. އަދި ތިޔަ ޒުވާނުންގެ ހިތްތަކުގައި މާތްރަސްކަލާނގެ ބަސްފުޅު އެކުލެވިގެން ވާތީއެވެ. އޭގެ އިތުރުން ޝައިތާނާގެ މައްޗަށް ތިޔަ ޒުވާނުން ފަތަޙަ ހޯދާފައިވާތީ ވެސް މެއެވެ.


އަލްމަސީޙަށް ތިޔަބައިމީހުން އީމާންވި ހިނދު ތިޔަބައިމީހުންނަށް އިންޖީލުން ދަސްވި ކަންތައް ތިޔަބައިމީހުންގެ ހިތްތަކުގައި ހަރުލައްވާށެވެ. އަދި އެގޮތުގައި ތިބެ، އެ ޚަބަރުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ތިޔަބައިމީހުން އުޅެމުން ގެންދާނަމަ މަތިވެރި ބައްޕާފުޅު އަދި އެކަލާނގެ ދަރިކަލުން، އީސާގެފާނާއި އެކުގައި އެއްބައިވަންތަ ގުޅުމެއް މަތީ ތިޔަބައިމީހުން ދެމިތިބޭނެވެ.


ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ލެއްވިއެވެ. އަދި އެ މާތްރޫޙުފުޅު ތިޔަބައިމީހުންނާއި އެކުގައި ވުމުން އިތުރު އެދުރެއްގެ އުނގަންނައިދިނުމެއް ތިޔަބައިމީހުންނަކަށް ބޭނުމެއް ނުވެއެވެ. މާތްރަސްކަލާނގެ މާތްރޫޙުފުޅުން ޙައްޤު ތެދުމަގަކީ ކޮބައިކަން އަންގަވައި ދެއްވައެވެ. އަދި މާތްރަސްކަލާނގެ އެ މާތްރޫޙުފުޅު ތިޔަބައިމީހުންނަށް އެންމެހާ ތަކެތި އުނގަންނައި ދެއްވައެވެ. އެހެންވީމާ، އަލްމަސީޙާއި އެކުގައި ޙަޔާތް ވޭތުކުރުމުގައި ކުރިއަށް ދާށެވެ. އެއީ އެމަތިވެރި ރޫޙުފުޅު ތިޔަބައިމީހުންނަށް އުނގަންނައި ދެއްވިގޮތުގެ މަތިންނެވެ.


ތިޔަބައިމީހުންދެކެ އަހަރެމެން ލޯބިވުމުގެ ސަބަބަކީ މިހާރު އަހަރެމެން އެންމެންގެ ހިތުގައި ތެދު ޙަޤީޤަތް ވާތީއެވެ. އަދި އަބަދުގެ އަބަދަށް އެކަން އެގޮތުގައި ވާނޭތީ ވެސްމެއެވެ.


މި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުން ތަޚުތުކޮޅުގެ ކުރިމަތީގައިއާއި، ދިރިހުރި ހަތަރު މަޚުލޫގުންގެ ކުރިމަތީގައާއި އަދި ބޮޑުންގެ ކުރިމަތީގައި ކޮއްޅަށް ތިއްބެވެ. އެބައިމީހުން އާ ޙަމްދު ސަނާގެ ލަވައެއް ކިޔަމުން ގެންދިޔައެވެ. އެބައިމީހުން ފިޔަވައި އެއްވެސްމީހަކަށް މި ލަވަ ނޭނގެއެވެ. ބަޔާންވެ ދިޔަ އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުންނަކީ މުޅި އިންސާނީ ދަރިފަސްކޮޅުން ފިދުޔަ ދެއްވާފައިވާ ފަރާތްތައް ވެސްމެއެވެ.


އަދި މާތްރަސްކަލާނގެ ޚާދިމު މޫސާގެފާނު ވިދާޅުވި ޙަމްދު ސަނާގެ ލަވަ އެބައިމީހުން މިފަދައިން ކިޔަމުން ދިޔައެވެ. އަދި މި ލަވައަކީ ޅަކަންބަޅީގެ ވެސް ލަވައެވެ. ”⁠ސާހިބުވަންތަ މާތްރަސްކަލާނގެއީ ކުޅަދުންވަންތަ ރަސްކަލާނގެ. އިނބަރަސްކަލާނގެ މަތިވެރި އަމަލުފުޅުތައް ނުހަނު އަޖައިބު ކުރުވާ! އިނބަރަސްކަލާނގެއީ އެންމެހާ ޤައުމުތަކެއްގެ ރަސްގެފާނުމެ. އަދި އިނބަރަސްކަލާނގެ އަބަދުވެސް އިންސާފު ކުރައްވަނީ ޢަދުލުވެރި ކަމާއި ތެދުވެރިކަމާއެކުގައި ވެސްމެ.


އަހަރެން އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ. ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި އަދި އީސާގެފާނާއި މެދު ހެކިވަނިވި ފަރާތްތަކާއި އެއްފަދައިން މާތްރަސްކަލާނގެ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރަން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް! އެހެނީ އީސާގެފާނާއިމެދު ހެކިދޭ ކޮންމެ މީހަކުމެ ބުނެދެނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން.⁠“


އެބައިމީހުން އާ ސަނާގެ ލަވައެއް ކިޔެވެ: ”⁠ފޮތް ނެގުމަށް އެކަށީގެން ވަނީ ކަލޭގެފާނު. އަދި ސިލު ކަނޑާލުމަށް ވެސްމެ. ކަލޭގެފާނު ވީ ގަތުލު ކުރެވިފަ. އަދި ކަލޭގެފާނު އަވަހާރަވެ ވަޑައިގެން ޤުރުބާންވި، އަދި ކަލޭގެފާނުގެ ލެއިން ކަލޭގެފާނު މާތްކަލާނގެއަށްޓަކައި މީހުން ގަނެދެއްވައިފީމު. އޭގެތެރޭގައި އެންމެހައި ޤަބީލާތަކުންނާއި، ބަހުރުވަތަކުންނާއި، ނަސްލުތަކުންނާއި، ޤައުމުތަކުން އައި މީހުން ހިމެނޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ