Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 3:10 - ކިތާބުލް މުޤައްދަސާ

10 އަދި އޭގެ ބަދަލުގައި ތިޔަބައިމީހުންގެ ގައިގައި މުޅިން އާ ތަބީޢަތެއް ލެވި އާވަމުން ދާނެއެވެ. ތިޔައިމީހުން އުފެއްދެވި ޚާލިގުވަންތަ ކަލާނގެ ތިޔަބައިމީހުން އެކަލާނގެ ސޫރަފުޅާ އެއްގޮތްވާ ގޮތުގެ މަތިން އާ ކުރައްވަމުން ދާނެއެވެ. އެއީ ތިޔަބައިމީހުންނަށް އެކަލާނގެ އަކީ ކޮބައިކަން ފުރިހަމަޔަށް އަންގަވައި ދެއްވުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 3:10
33 ပူးပေါင်းရင်းမြစ်များ  

މިއީ އާދަމްގެފާނުގެ ދަރިފަސްކޮޅު އުފެދުނު ގޮތުގެ ވާހަކައެވެ. މާތްކަލާނގެ އިންސާނުން ހެއްދެވީ އެކަލާނގެ ސިފަފުޅާ އެއްގޮތަށެވެ.


ނިމުންނުވާ ދިރިހުރުން ލިބުމުގެ މާނައަކީ ހަމައެކަނި މުޠުލަގުވަންތަ ކަލަކީ ކޮބައިކަން އެނގުމާއި އަދި އިނބަރަސްކަލާނގެ ފޮނުއްވި އީސާ އަލްމަސީޙު އަކީ ކޮބައިކަން އެނގި ކަށަވަރު ވުން.


ކަލޭމެން ތައުބާގެ ހިނެވުމުން ހިނައިގަތް ހިނދު، ގައިގައި ލީ ހެދުމެއް ފަދައިން، ކަލޭމެންގެ ގައިގައި ވެސް އީސާގެފާނު ހެދުމެއް ފަދައިން ލެވިގެން ދިޔައެވެ.


ޚިތާނު ކުރުމާއި ނުކުރުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫނެވެ. މުހިންމު ކަމަކީ އަހަރެމެންނަކީ ބަދަލުވެފައިވާ އާ ބަޔަކަށް ވުމެވެ.


އަހަރެމެންނަކީ މާތްރަސްކަލާނގެ އުފެއްދި އުފެއްދެވުމެވެ. އެކަލާނގެ އަހަރެމެން އަލްމަސީޙު އީސާގެފާނާއި ގުޅި އަލުން އުފެއްދެވީ އެކަލާނގެ ކުރައްވަން އެދިވޮޑިގަންނަވާ ހެޔޮކަންތައް ކުރުމަށެވެ. އެއީ އެކަލާނގެ މާކުރީގައި ވެސް އަހަރެމެން ލައްވާ ކުރުވަން ހަމަޖައްސަވާފައިވާ ކަންތައްތަކެކެވެ.


ތިޔަބައިމީހުންނަކީ މާތްކަލާނގެ ހޮއްވަވާފައިވާ ބަޔަކަށްވެ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ބަޔަކަށް ވާތީ ތިޔަބައިމީހުންގެ ކިބައިގައި ހިތްހެޔޮކަމާއި، ރަހުމާއި، އޯގާވެރިކަމާއި، ހިތްތިރިކަމާއި، މަޑުމައިތިރިކަމާއި، އަދި ކެތްތެރިކަމުގެ ފޭރާމުން ފޭރާން ލާށެވެ.


މި ހުރިހާ ކަމަކަށް ވުރެން ވެސް ބޮޑަށް ތިޔަބައިމީހުންގެ ކިބައިގައި ލޯބީގެ ފޭރާމުން ފޭރާން ލާށެވެ. އެއީ އަހަރެމެން އެންމެން އެކަކުއަނެކަކާއެކު ފުރިހަމަ ގޮތުގައި އެކުލަވައިގެން ތިބެވޭނެ ގޮތް ވުމަށެވެ.


އަހަރެން ދުޢާކުރަނީ، ތިބާ އަލްމަސީޙު ޤަބޫލުކުރާ މީހެއްގެ ގޮތުގައި އަހަރެމެންނާއި ބައިވެރިވާ ބައިވެރި ވުމުން، އަހަރެމެންނާއި އަލްމަސީޙާއި ގުޅިފައި ވުމުގެ ސަބަބުން އަހަރެމެންނަށް ލިބިފައިވާ ބަރަކާތްތަކާއި ބެހޭ ފުން ވިސްނުން ތިބާއަށް ދެއްވުމަށެވެ.


މިހެން ކަންތައް ވެފައި ހުރެމެ އެމީހުން އީމާންކަން ދޫކޮށްލައިފިނަމަ އަލުން އެމީހުން ތައުބާ ކުރުވައިގެން އީމާންކަމުގެ ތެރެއަށް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ކަންތައް ކުރުމުން އެމީހުން ދެވަނަ ފަހަރަށް މާތްރަސްކަލާނގެ ދަރިކަލުން ސަލީބަށް އަރުވައި މީސްތަކުންގެ ކުރިމަތީގައި އެކަލޭގެފާނު ލަދުގަންނަވާލަނީއެވެ.


އަހަރެމެންނަށް މާތްރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރެވެނީނަމަ އަހަރެމެންނަށް އެކަލާނގެ އެނގޭކަން ކަށަވަރުވެއެވެ.


ނަމަވެސް އަހަރެމެން އެކަލާނގެ ބަސްފުޅުތަކަށް ކިޔަމަންތެރި ވާނަމަ އަހަރެމެންނީ އެކަލާނގެއާއިމެދު ފުރިހަމަޔަށް ލޯބިވާ ބައެއްކަން ހާމަވާނެއެވެ. އަހަރެމެން އެކަލާނގެއާ އެއްބައިވެ ތިބިކަން އަހަރެމެންނަށް އެނގޭނީ މިގޮތުންނެވެ.


އެއަށް ފަހު، ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުން ވަޙީ ކުރެއްވިއެވެ. ”⁠އަދި ހުރިހާ ތަކެއްޗެއް އާ ތަކެތި ކަމުގައި އަހަރެން މިހާރު ހަދާނަން!⁠“ މީގެ އިތުރުން އެފަރާތުން އަހަރެންނަށް ވަޙީކުރެއްވިއެވެ. ”⁠މި ބަސްފުޅު ލިޔޭ، ސަބަބަކީ މި ބަސްފުޅަކީ ތެދު ބަސްފުޅު. އަދި އިތުބާރު ކުރެވޭ ބަސްފުޅު ވެސްމެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ