ކުލޫއްސީގެ މަސީޙީންނަށް ސިޓީ 2:6 - ކިތާބުލް މުޤައްދަސާ6 ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަކީ ތިޔަބައިމީހުންގެ ސާހިބާ ކަމަށް ގަބޫލުކޮށްގެންނެވެ. ވީމާ ތިޔަބައިމީހުން އެގޮތުގެ މަތިން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ކުރިއަށްދާށެވެ. အခန်းကိုကြည့်ပါ။ |
މިހާރު އަހަންނަކީ ކުރީގައި އުޅުނު މީހާއެއް ނޫން. އަހަރެންގެ ކިބައިގައި ދިރި މިވަނީ އީސާގެފާނު. އަހަރެން މިދިރިއުޅެނީ އެކަލޭގެފާނުގެ މައްޗަށް އޮތް އީމާންކަމެއްގެ ބާރުގައި. އެ ދިރިހުރުމަކީ އަހަރެން ދެކެ ނުހަނު ލޯބިފުޅުވާ މާތްކަލާނގެ ދަރިކަލުން އަހަންނަށްޓަކައި އެކަލޭގެފާނުގެ ފުރާނަފުޅު ޤުރުބާން ކުރައްވައިގެން ދެއްވި ދިރިހުރުމެއް.
މި ހިނދު، އަހަރެންނަށް ދެވުނަސް އަދި ނުދެވުނަސް އެންމެ މުހިންމު ކަމަކީ ތިޔަބައިމީހުންގެ ދިރިއުޅުން އިންޖީލުގައި އަލްމަސީޙު އެދިވަޑައިގަންނަވާ ގޮތަށް ބިނާ ކުރުމެވެ. އޭރުން ތިޔަބައިމީހުން އެއްބައިވަންތަ ކަމާއެކުގައި ފުރިހަމައަށް ގާއިމުވެ ތިބެ ކުރިޔަށް ދިޔައީ އިންޖީލުގައި އަލްމަސީޙު އެންގެވި މަގުސަދާ އެއްގޮތްވާ ގޮތުގެ މަތިން އެންމެންއެކީގައި އީމާންތެރިކަމުގެ ރޫޙުގައި ހިތްވަރު ކުރަމުން ދާ ކަން އަހަރެންނަށް އެނގޭނެއެވެ.
އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތިޔަބައިމީހުންނަށް އުނގަންނައިދިނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ ޙަޔާތެއް ވޭތު ކުރާނޭ ގޮތަކާ މެދުގައެވެ. އަދި ތިޔަބައިމީހުން ޙަޔާތް ވޭތުކުރަމުން ތިޔަ ގެންދަނީ އެފަދައިން ވެސްމެއެވެ. މިހާރު އަހަރެމެން ތިޔަބައިމީހުންގެ ގާތު އާދޭހާއެކު މިއެދެނީ މާތްސާހިބާ އީސާގެފާނުގެ ކިބައިން ހިތްވަރު ލިބި ތިޔަގޮތުގައި އިތުރަށް ކުރިއަށް ދިއުމަށެވެ.
މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.
މަގޭ ލޮބުވެތި ރަޙުމަތްތެރިންނޭވެ! އަހަރެމެން ޙިއްސާ ކުރަމުން މިގެންދާ ދިންނެވުމާއިމެދު ތިޔަބައިމީހުންނަށް ލިޔަން އަހަރެން ވަރަށް ޝައުޤުވެރިވަމެވެ. ނަމަވެސް މިކަމާއިގުޅިގެން އަހަރެން ތިޔަބައިމީހުންނަށް އެހެން ކަމަކާއި ބެހޭގޮތުން ލިޔަން ވެސް ބޭނުންވެއެވެ. އެއީ އަހަރެމެންގެ ޢަގީދާ ދިފާޢުކުރުމަށް ތިޔަބައިމީހުންގެ ކިބައިން އެދޭ އެދުމުގެ ވާހަކައެވެ. ބަދަލުވުމެއްނެތް ޙަޤީޤީ ރިސާލަތު މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނާ ހަވާލުކުރަނީ އެންމެ ފަހު ފަހަރަށެވެ.