Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 2:23 - ކިތާބުލް މުޤައްދަސާ

23 ފެންނަފެނުމުގައި ހީވަނީ މިފަދަ ޤާނޫނުތަކަކީ ޙިކުމަތްތެރި އެއްޗެއްހެންނެވެ. އެއީ އަމިއްލަ ގޮތް ހަދައި ކުރާ އަޅުކަންތަކާއި، ދެއްކުމުގެ މަޑުމޮޅިކަމާއި، ހަށިގަނޑަށް ވޭން ދިނުމަށް ކުރާ އަނިޔާތަކެއް ކަމަށްވާތީއެވެ. ނަމަވެސް އޭގައި އެއްވެސް ޙަޤީޤީ އަގެއް ނުވެއެވެ. ޖިސްމާނީ އެދުންތައް ހުއްޓުވުމަށް ލިބޭ އެހީތެރިކަމެއް ވެސް އެއަކު ނޯވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 2:23
10 ပူးပေါင်းရင်းမြစ်များ  

އެއްވެސް އިންސާނަކު އޭނާގެ ނަފުސާމެދު ނަފުރަތެއް ނުކުރާނެއެވެ. ނަމަވެސް އޭނާގެ ނަފުސާމެދު ކުލުނާއި އަޅާލުން ބަހައްޓައެވެ. ހަމައެފަދައިން އަލްމަސީޙު ވެސް މަސީޙީ ޖަމާޢަތާމެދުގައި އެ އުސޫލުން އަމަލު ކުރައްވައެވެ.


ތިމާ އަކީ މާ މާތް ތަޤުވާވެރި މީހެއްކަމަށް ބުނެ އަމިއްލަ ނަފްސު މާދަށްކޮށް، ބައެއްކަންތައް ކުރުމަށް އަމިއްލަ ނަފްސަށް މަނާކޮށް، ތިމަންމެންނަށް އިލާހީ ސޫރަވުންތައް ފެންނަ ކަމަށާއި އަދި އެސޫރަވުންތަކުގެ ތަފްސީލުތައް ލިބޭކަމަށް ބުނެ، މަލާއިކަތުންނަށް އަޅުކަން ކުރާ އެކަކަށް ވެސް ކަލޭމެން ކުށްވެރިވިޔަ ނުދޭށެވެ. އެފަދަ މީހުން ބޮޑާ ކުރުވާފައި އެވަނީ ހަމައެކަނި އެމީހުންގެ ސިކުނޑީގެ ފާފަވެރިވިސްނުމުންނެވެ.


މިފަދަ އަމުރުތަކަކީ އިންސާނީ ބުނެދިނުން ތަކެވެ. އެއީ ބޭނުންކުރުމުން ނެތިގެންދާ ފަދަ ތަކެއްޗާމެދު އޮންނަ ޤާނޫނުތަކެވެ.


އެއްވެސް މީހަކު ދައްކާ ޙަޤީޤަތެއް ނެތް ހުސްވާހަކަތަކާއި އޮޅުވާލުމުގެ ފަލްސަފާތަކުގެ މަޅީގައި ތިޔަބައިމީހުން ނުޖެހޭށެވެ. އެފަދަ ވާހަކަތައް ބިނާވެފައި ވަނީ އިންސާނީ ވިސްނުމުގެ މައްޗަށެވެ. އެއީ ކާއިނާތުގެ މައްޗަށް ވެރިވެގެންފައިވާ ރޫހުތަކުގެ އާދަކާދަތަކާ އެއްގޮތްވާ އަސާސްތަކެވެ. އެޔަކީ އަލްމަސީޙުގެ ފަރާތްޕުޅުން އަންނަ ޙިކުމަތްތަކެއް ނޫނެވެ.


އެމީހުން ދައުވާ ކުރަމުން ދިޔައީ ކައިވެނި ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ވަކި ބާވަތްތަކެއްގެ ތަކެތި ކެއުމަށް މަނާ ކުރުވަމުންނެވެ. ނަމަވެސް އެކަލާނގެ މިތަކެތި ހެއްދެވީ ތެދު ޙަޤީޤަތް އެނގިފައިވާ އީމާންވީ މީސްތަކުން މިތަކެތި ކާހިނދު އެމީހުން އެކަމަށްޓަކައި ޝުކުރުވެރި ވާނެ ފަދައިން ވުމަށެވެ.


ޖިސްމާނީ ތަމްރީނުތަކުގައި މިންވަރެއްގެ އަގެއް ހިމެނިގެން ވިޔަސް ރޫޙާނީ ތަމްރީނުތައް އެއަށް ވުރެން މާ މުހިންމެވެ. އެއީ ވަޢުދުވެ ވަޑައިގެންވީ ފަދައިން މިކަމުގެ ޖަޒާ ލިބިދެނީ މި ޙަޔާތުގެ އިތުރުން އަބަދަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ