Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 2:19 - ކިތާބުލް މުޤައްދަސާ

19 އެހެނީ އެފަދަ މީހުންނަކީ އީސާގެފާނާ ގުޅިފައިވާ ބަޔެއް ނޫނެވެ. އެކަލޭގެފާނަކީ ޖަމާޢަތުގެ އިސް ވެރިޔާ ކަމުގައި ވީ އިރު ވެސް މެއެވެ. އެކަލޭގެފާނަކީ ހަށިގަނޑު ގެ ބޮލެވެ. އެހެންކަމުން ހަށިގަނޑު ވާނީ އެކަލޭގެފާނުގެ އިޚުތިޔާރުގެ ދަށުގައެވެ. ހުރިހާ ހުޅުހުޅުތަކާއި ގުނަވަންތައް އެކަލޭގެފާނާ ގުޅިފައިވުމުން މާތްކަލާނގެ އިރާދަފުޅާ އެކުގައި އެ ހަށިގަނޑު ހެދިބޮޑުވަމުން ދެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 2:19
33 ပူးပေါင်းရင်းမြစ်များ  

ރޯ މޭބިސްކަދުރުގެ ދިޔަ އަޅަންވާނީ އާ ހަމަކަށް.


އަޅުގަނޑުގެ ދުޢާއަކީ އެމީހުން އެކަތިގަނޑަކަށް ހައްދަވައި ދެއްވުން. ބައްޕާފުޅާ! އަޅުގަނޑުގެ ކިބައިގައި ބައްޕާފުޅު ވާފަދައިން އަދި ބައްޕާފުޅުގެ ކިބައިގައި އަޅުގަނޑު ވެސް ވާފަދައިން އެމީހުން ވެސް ބައްޕާފުޅާއި އަޅުގަނޑުގެ ކިބައިގައި ލައްވާށި. އޭރުން ދުނިޔޭގެ މީސްތަކުންނަށް އަޅުގަނޑު ފޮނުއްވީ ބައްޕާފުޅުކަން ގަބޫލުކޮށް އީމާންވެވޭނެ.


އީސާގެފާނަށް އީމާންވެގެންވީ އެންމެން އެއްބައިވަންތަވެ އެކަކު އަނެކަކާއި ދޭތެރޭ ވަރަށް ގާތްކަން ބާއްވާ އެކުވެރިކަން މަތީ އުޅުނެވެ. އަދި އެކަކުގެ މުދަލާއި ތަކެއްޗަކީ ވެސް އަނެކަކުގެ ވެސް އަމިއްލަ އެއްޗިހި ކަމަށް ދެކި ދީލަތިކަމާއި އެކު އެމީހުންގެ މެދުގައި އެ ތަކެތިން ހަމަހަމަ ގޮތުގައި ބޭނުންކޮށް އުޅުނެވެ.


އަދި އަލްމަސީޙުގެ ބާރުގެދަށަށް އެންމެހާ ތަކެތި މާތްރަސްކަލާނގެ ލެއްވިއެވެ. ހަމައެހެންމެ މަސީޙީ ޖަމާޢަތަށް ފައިދާ ކުރުވަނިވި އެންމެހާ ކަންތައް ކުރުމުގެ ބާރުތައް ވެސް އެކަލާނގެ ވަނީ އެކަލޭގެފާނަށް ދެއްވާފައެވެ.


އަދި މަސީޙީ ޖަމާޢަތަކީ އަލްމަސީޙުގެ ހަށިކޮޅެވެ. އަދި މަސީޙީ ޖަމާޢަތް ފުރާފުރިހަމަ ކޮށްދެއްވާނީ އަލްމަސީޙު އެވެ. އެކަލޭގެފާނީ އެންމެހާ ތަނެއްގައި ވީ އެންމެހާ ތަކެއްޗެއް އެކަލޭގެފާނުގެ ޒާތުފުޅުގައި ފުރާފުރިހަމަ ކޮށްދެއްވާ ފަރާތެވެ.


މުޅި އެ ޢިމާރާތުގެ އެކިއެކި ބައިތައް އަލްމަސީޙާއި ގުޅި ލާމެހި އެއްބައިވަންތަކަމުގައި ވެއެވެ. އަދި އެކަލޭގެފާނުގެ ސަބަބުން މި ޢިމާރާތް ހެދި ބޮޑުވެ މުޤައްދަސް ބިނާއެއްގެ ގޮތުގައި މާތްސާހިބާއަށް ހުށަހެޅިގެންވެއެވެ.


މާތްރަސްކަލާނގެ މާތްރޫޙުފުޅުން އެންމެ އެދެވޭގޮތުގައި ތިޔަބައިމީހުންގެ ހިތްތަކުގައި އެއްބައިވަންތަކަން ބިނާ ކުރުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. ސުލްޙަވެރި ގޮތުގައި ތިބެ މިކަންތައް ކުރާށެވެ.


އެއްވެސް އިންސާނަކު އޭނާގެ ނަފުސާމެދު ނަފުރަތެއް ނުކުރާނެއެވެ. ނަމަވެސް އޭނާގެ ނަފުސާމެދު ކުލުނާއި އަޅާލުން ބަހައްޓައެވެ. ހަމައެފަދައިން އަލްމަސީޙު ވެސް މަސީޙީ ޖަމާޢަތާމެދުގައި އެ އުސޫލުން އަމަލު ކުރައްވައެވެ.


މި ހިނދު، އަހަރެންނަށް ދެވުނަސް އަދި ނުދެވުނަސް އެންމެ މުހިންމު ކަމަކީ ތިޔަބައިމީހުންގެ ދިރިއުޅުން އިންޖީލުގައި އަލްމަސީޙު އެދިވަޑައިގަންނަވާ ގޮތަށް ބިނާ ކުރުމެވެ. އޭރުން ތިޔަބައިމީހުން އެއްބައިވަންތަ ކަމާއެކުގައި ފުރިހަމައަށް ގާއިމުވެ ތިބެ ކުރިޔަށް ދިޔައީ އިންޖީލުގައި އަލްމަސީޙު އެންގެވި މަގުސަދާ އެއްގޮތްވާ ގޮތުގެ މަތިން އެންމެންއެކީގައި އީމާންތެރިކަމުގެ ރޫޙުގައި ހިތްވަރު ކުރަމުން ދާ ކަން އަހަރެންނަށް އެނގޭނެއެވެ.


މިހެންވުމުން ތިޔަބައިމީހުންގެ އުޅުން އަބަދުވެސް ހުންނާނީ މާތްސާހިބާ ރުހިވަޑައިގަންނަވާނޭ ގޮތުގެ މަތިންނެވެ. އަދި ތިޔަބައިމީހުންގެ އަމަލުތަކުގައި ރަނގަޅު މޭވާއަޅައި ފައްކާވަމުން ދާނެއެވެ. އެހުރިހާ އިރަކު ތިޔަބައިމީހުން މާތްކަލާނގެއާ ބެހޭ ކަންތައް އެނގި ދަސްވަމުން ދާނެއެވެ.


އެކަލޭގެފާނީ މަސީޙީ ޖަމާޢަތުގެ ބޮލެވެ. އެކަލޭގެފާނަކީ އެ ހަށިގަނޑަށް ދިރިހުރުން ގެނަސްދޭ ވަސީލަތް ވެސް މެއެވެ. އެކަލޭގެފާނަކީ އެންމެ ފުރަތަމަ ފެށުމެވެ. މަރުވުމަށް ފަހު އެންމެ ކުރީން އަލުން ދިރުއްވާފައި ވަނީ ވެސް އެކަލޭގެފާނެވެ. އެއީ ހުރިހާ ތަކެއްޗެއްގެ ތެރޭން އެންމެ ފުރަތަމަ މަޤާމު އެކަލޭގެފާނަށް ދެއްވުމަށްޓަކައެވެ.


އަހަރެންގެ މަގުސަދަކީ އެމީހުންނަށް ހިތްވަރު ދިނުމެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ލޮބުވެތިވެ އެއްބައިވަންތަކަމާއެކު ގުޅި ލާމެހިފައިވުމެވެ. އަހަރެންގެ އެދުމަކީ އެމީހުންނަށް މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ރޭވުންތަކާ ބެހޭ ޚަބަރުތައް ކަމަށްވާ އަލްމަސީޙާ ބެހޭ ޚަބަރުތައް، އެމީހުންނަށް ފުރިހަމައަށް ޔަޤީންކުރެވި އޮޅުންފިލުވައި ދިނުމެވެ.


ހަމައެހެންމެ، މަސީޙީ ޖަމާޢަތުގެ މެދުގައްޔާއި އަދި ހުރިހާ އެންމެންގެ މައްޗަށް އޮތް ލޯބި މާތްސާހިބާ ބަދަހި ކޮށްދެއްވާށިއެވެ. އަހަރެމެން ތިޔަބައިމީހުން ދެކެ ލޯބިވާ ފަދައިންނެވެ.


އަދި މެސެޑޯނިޔާގެ ސަރަހައްދުގައިވާ އެންމެހާ މަސީޙީންދެކެ ތިޔަބައިމީހުން ތެދުވެރި ގޮތުގައި ލޯބިވެއެވެ. އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނަށް އަހަރެން މި ހިނދު ހިތްވަރު މިދެނީ އެބައިމީހުންދެކެ އިތުރަށް ލޯބިވުމަށެވެ.


އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުވެސް އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެފަދައިން އަހަރެމެން އަމަލު ކުރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އެއީ ތިޔަބައިމީހުން އީމާންތެރިކަމުގައި ހެދިބޮޑުވެދާ ދިއުމާއި އަދި އެކަކު އަނެކަކަށް ދެމުން ދާ ލޯބި ތިޔަބައިމީހުންގެ ތެރޭގައި އިތުރުވެ ދިއުމުގެ ސަބަބުންނެވެ.


ޚުލާސާގޮތެއްގައި ލިޔަމެވެ. ތިޔަބައިމީހުން އެއްވިސްނުމެއްގައި ތިބެ، އެކަކު އަނެކަކާ މެދު ހަމްދަރުދީވެ، އެކަކު އަނެކަކަށް ނިއަނެތިކަމާއި ހިތްތިރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ.


އަދި އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙު ދެއްވާ ނިޢުމަތާއި ޢިލްމާއިއެކު ހެދި ބޮޑުވަމުން ދިއުމަށެވެ. އެންމެހައި ޖަލާލަތުކަމެއް މި ހިނދު ގައްޔާއި އަދި އަބަދުގެ އަބަދަށް ވާހުށީ އެކަލޭގެފާނަށެވެ! އާމީން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ