ކުލޫއްސީގެ މަސީޙީންނަށް ސިޓީ 2:16 - ކިތާބުލް މުޤައްދަސާ16 އެހެންވީމާ، ތިޔަބައިމީހުން ކައިބޮއި ހަދާ ތަކެއްޗާއި ދީނީ އިޙުތިފާލުތަކާއި ހުޅެވިހަނދުގެ މުނާސަބާތަކާއި ސަބަތުގެ ދުވަސް ފާހަގަކުރުމާ ބެހޭގޮތުން އެކަކަށް ވެސް ފާޑުކިޔަން ތަން ނުދޭށެވެ. အခန်းကိုကြည့်ပါ။ |
އޭގެ ބަދަލުގައި އަހަރެންނަށް ފެންނަނީ އަހަރެމެން އެމީހުންނަށް ސިޓީއެއް ލިޔެ މި ފަދައިން އެންގުމަށް. އެއީ އެމީހުން އެއްވެސް ކަލާނގެއަކަށް ޤުރުބާންކޮށް ހުށައަޅާފައިވާ ކާއެއްޗެހި ނުކެއުމަށާއި އަދި ކަރުއަނބުރާ މަރާލެވޭ ޖަނަވާރުތަކުގެ މަސް ނުކެއުމަށާ އަދި އެއްވެސް ޖަނަވާރެއްގެ ލޭ ނުބުއިމަށާއި އެއްވެސް ކަހަލަ ޖިންސީ ފާފައެއް ނުކުރުމަށް އެންގުމަށް.
ތިޔަބައިމީހުން ތިޔަވަނީ އީސާއަލްމަސީޙު އަވަހާރަވުމާ ގުޅިގެން މަރުވެ ގޮސްފައެވެ. އެހެންކަމުން ތިޔަބައިމީހުންގެ މައްޗަކަށް ކާއިނާތުގެ ބަދު ރޫހުތަކުގެ ބާރެއް ނުހިނގާނެއެވެ. އެހެންވީ އިރު މި ދުނިޔެމަތީގެ ބައެއް ފަދައިން ތިޔަބައިމީހުން އުޅެމުން ދާންވީ ކީއްވެހެއްޔެވެ؟ އެފަދަ ޤާނޫނުތަކަށް ތިޔަބައިމީހުން ތަބާވާންވީ ކީއްވެހެއްޔެވެ؟
އަޚުންނާއި އުޚުތުންނޭވެ! އެކަކު އަނެކަކަށް ހިތުގައި ޖެހޭ ފަދަ ބަސްތައް ބުނެ ނަހަދާށެވެ. ކަލޭމެން އެކަކު އަނެކަކަށް ފާޑުކިޔައި އަދި އެކަކު އަނެކަކު ކުށްވެރި ކުރުމުގައި ނުވާށެވެ. އެހެނީ ކަލޭމެންނަށް ފާޑު ކިޔައި ކުށްވެރި ކުރެވެނީ މާތްރަސްކަލާނގެ މަތިވެރި ޤާނޫނަށެވެ. އަދި ކަލޭމެން އެޤާނޫނަށް އިންސާފު ކުރުމުގައިވާނަމަ ކަލޭމެންނީ އެ ޤާނޫނަށް ކިޔަމަންތެރިކަން އަދާކުރާނޭ ބައެއް ނޫނެވެ. ނަމަވެސް އެއާއި މެދު އިންސާފު ކުރުމަށް އެދޭނޭ ފަރާތެއްމެއެވެ.