ކުލޫއްސީގެ މަސީޙީންނަށް ސިޓީ 2:15 - ކިތާބުލް މުޤައްދަސާ15 އެ ސަލީބު މަތީ އޮންނަވާ ޝައިތާނީ ހުރިހާ އަމުރުތަކާއި ބާރުތަކެއް އެކަލޭގެފާނު ނައްތަވާލެއްވިއެވެ. އަދި އެންމެންގެ ކުރިމަތީގައި ނަސްރު ހޯއްދަވައި އެ ބާރުތައް ލަދުގަންވާލެއްވިއެވެ. အခန်းကိုကြည့်ပါ။ |
އެހެނީ އުޑުގައި ވާނަމަ ވާހައި ތަކެއްޗަކާއި ބިމުގައިއާއި އަދި ފެންނަ ނުފެންނަ ހުރިހާ ތަނެއްގައިވާހައި އެއްޗެއްމެ މާތްކަލާނގެ އުފެއްދެވީ އެކަލޭގެފާނު މެދުވެރިކުރައްވައެވެ. އަދި އެހުރިހާ ތަކެއްޗެއް އުފެއްދެވީ ވެސް އެކަލޭގެފާނަށްޓަކައެވެ. އެއީ ދުނިޔޭގެ ވެރިކަމާއި، އެވެރިކަމުގެ ބާރާއި އެވެރިކަން ކުރާ ރަސްރަސްކަލުންނާއި އެރަސްރަސްކަލުންގެ ތަޙުތުތައް ކަމުގައި ވިޔަސްމެ އެވެ.
އެކަލޭގެފާނު، ދަރިން ކަމަށް އެވިދާޅުވާ މީހުންނަކީ އަހަރެމެން ފަދައިން މަހާއި ލެއިންވާ މީހުންނެވެ. ޚުދު އީސާގެފާނު ވެސް އެމީހުން ފަދައިން ވެވަޑައިގަންނަވައި އެމީހުންނާއެކު އިންސާނީ ފިތުރަތު ޙިއްސާ ކުރެއްވިއެވެ. އެކަލޭގެފާނު އެ ގޮތަށް އަވަހާރަވެ ވަޑައިގަތީ މެރުމުގެ ބާރު ލިބިގެންވާ ޝައިތާނާ ހަލާކު ކޮށްލެއްވުމަށް ޓަކައެވެ.