ކުލޫއްސީގެ މަސީޙީންނަށް ސިޓީ 2:10 - ކިތާބުލް މުޤައްދަސާ10 އަދި އަމުރާއި އިޚުތިޔާރުގެ ވެރިފަރާތް ކަމަށްވާ އަލްމަސީޙާއި ގުޅުމުގެ ސަބަބުން ތިޔަބައިމީހުންގެ ދިރިއުޅުން ތިޔަވަނީ ފުރިހަމަވެފައެވެ. အခန်းကိုကြည့်ပါ။ |
މި އާ ޙަޔާތުގައި އެއްވެސް މީހަކު އަނެކާއަށްވުރެ މަތިވެރިއެއް ނޫނެވެ. އެއީ ޚިތާނު ކުރެވިފައިވާ މީހެއް ކަމުގައި ވިޔަސް، ނުވަތަ ޚިތާނު ނުކުރެވި ހުރި މީހެއްކަމުގައި ވިޔަސް، ނުވަތަ ބަނީއިސްރާއީލީއަކު ކަމުގައި ވިޔަސް، ނުވަތަ ޣައިރު ބަނީއިސްރާއީލީއަކު ކަމުގައިވިޔަސް އަދި ތަރައްޤީނުވާ މީހަކު ނުވަތަ ނާތަހުޒީބު މީހަކު ނުވަތަ އަޅަކު ނުވަތަ މިނިވަނަކު ވިޔަސްމެއެވެ. ހުރިހާ އެންމެންނަށްވުރެ އެންމެ މުހިންމީ އީސާއަލްމަސީޙުއެވެ. އެކަލޭގެފާނު ތިޔަ އެންމެންގެ ކިބައިގައި ވެއެވެ.